ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައްލަވާލައްވަނީ -- ފޮޓޯ: މިނިސްޓްރީ
08 މާޗް 2025 - 12:48
މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ، އެ މަސައްކަތް ފެށީ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ލިބެމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.
އެ މަސައްކަތް މިނިސްޓްރީން މިއަދު ހެނދުނު ފެށީ މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.
ކާނު ސާފު ކުރުމުގެ މަސައްކަތްތައް މިއަދު އެކި ހިސާބުތަކުގައި ފަށާފައިވާއިރު، މިނިސްޓަރު އާދަމް ޝަރީފް ވަނީ އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.
މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން ގެންދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ. އެކަމާ މިނިސްޓްރީން ހަވާލުވުމުން މާލޭގޭ މޭޔަރު އާދަމް އާޒިމް ވަނީ މިނިސްޓްރީއަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެގޮތުން، މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން މިއަދު ފަށައިފި. ކާނު ސާފުކުރުމުގެ… pic.twitter.com/6C17Ot6L06
— Ministry of Cities, Local Government, Public Works (@MoCLPmv) March 8, 2025
އާޒިމް، "އެކްސް" ގައި ވިދާޅުވީ ކާނުތައް ސާފުކުރުމަށް ކޮންމެ ދުވަހަކު ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިވެދޭން ނިންމީތީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އަމާޒަކީ ހުރިހާ މުއައްސަސާއަކާއި ރައްޔިތުންގެ އެހީތެރިކަމާ އެކު މާލެއަކީ ރީތި، ސާފު، ފެހި އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި އޮތުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްސު
09 March 2025
މާލޭ ސިޓީ ކައުންސިލަށް ނުވާތީ އަނެއްކާ ބަޔަކަށް މުސާރަދީގެން ޑިޕާޓްމެންޓެއް ހަދައިގެން ދެބައިމީހުން މިކުރަނީ އެއްމަސައްކަތެއް. ހަމަ ވޭސްޓްކުރަނީ ރައްޔިތުންގެ ފައިސާ. ތިޔަ މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ މަޝްވަރާކޮށްގެން ކުރުވަބަލަ....މިއަައްވުރެ ތަހުޒީބު ވާންޖެހޭ.
ބޯހަލާކު
09 March 2025
މިއީ މި ސަރުކާރަށް ހިންގޭ އެންމެ ބޮޑެތި ޕްރޮޖެކްޓްތައް! ރަސްފަންނާއި ސަލްޓަން ޕާކާއި ކާނު ސާފުކުރުން.
ކާކު ކުރާ ކަމެއް
08 March 2025
ކާކު ކުރަންޖެހޭ ކަމެއް އެނގޭ މީހަކުވެސް ނެތް.
ބިއްލެ
08 March 2025
އަހަރެން މިއުޅެނީ ގަރާޖުސިޓީ ވިއްކަންފަށަން. މަހަކު 1 ސިޓީ ވިއްކާލެވުނަސް 50000 ރުފިޔާ ލިބޭނެ.
ައަހުމަދު އާ
08 March 2025
ކިހިނެށް މިވަނީ؟ މިގޭ މަގުގަ ހުރި ކާނުތަށް ސާފުކުރި މީގެ 3 ދުވަސް ކުރިން. އެމީހުން ތިބީ ސިޓީ ކައުންސިލް ޔުނީފޯމް ލާފަ
އޮނަރަބަލް ކުޑަ މުދިންބެ ކުރުސީ
08 March 2025
ވެހިލާއިރަށް މަގުތަކަށް ނުކުމެ ފޮޓޯ ނަގާ ޓުވީޓު ކޮށް ސޯސަލް މީޑިޔާ ޓީވީތަކުން ދައްކާފައި ފިލާ ބައެއް ޢެންމެ ފަހުން މާލެއަށް ކުރި ވިއްސާރައިގައި ބޮޑުވި ފެންތައް ބޭރުކުރީ އާންމުން ނުކުމެ ..އެތަނަށް ވެސް ގޮސް ފޮޓޯ ނަގާ އަމިއްލަކުރަން އުޅުނު. ފަހުން ހަދާނެއް ނެތް ...އަނެއްކާވެސް ވެހި ލީމައި އެންމެ ގިނަ މީހުނަށް ފެންނަ ދިމާލުން ކާނެއްގެ މަތި ނަގާ ފޮޓޯ އެއް ކަޑާލީ. ބޮޑު ޖޯކަކަށް ވެއްޖެ ކަމެއް. .
މާމަތީބަޔަކީތަ
08 March 2025
ތިރަށުގެ އާންމުން ނިކުމެ ރަށުތެރޭ ހުންނަ އެކަހަލަ ކަންކަން ކުރުމަކީ މާބޮޑުކަމަކީތަ. ރާއްޖޭ އެހެން ހުރިހާ ރަށެއްގަ އެންމެކުޑަމިނުން މަގުތަކު ކުނިކަހަނީވެސް ރައްޔިތުން.
އައީވެސް ޖެހިގަނެގެން ވަކިދައުލަތް ހަދައިގެން
08 March 2025
އާޒިމްއަށް ނުވާކަން ދައްކަން ވަރަށް ސަޅި، ބޮޑު މީހާގެ އަޚްލާގެއް ނެތް ދެއްތޮ މިކަން ރަނގަޅު ކޮށްލަން ބުނާހާވެސް.
ބޯޓުދެލި
08 March 2025
އެޓޯލްސްއިން ތިކަހަލަ ކަންކަމުގެ ތެރެއަށް ވަދެގެންއުޅެންޏާ މީހުން ދެން ބުނާނީކީކޭ.
އަފްސަލް އާދަމް މަނިކް
08 March 2025
އިބޫ ދައުރުގަ 5 އަހަރު ނިމިގެން ދިޔައީ މާލެއަށް އެއް ކަމެއްވެސް ކޮށްނުދީ. އެކަމް މިސަރުކާރަށް އަހަރެއްވެގެން މިދިޔައީ މާލެއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާތަން ފެނިގެންމިދަނީ
ދަގަތްފާނު
08 March 2025
އެއްރަށްދައުލަތުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ މިނިސްޓްރީއަކުން އެންމެރަށަކަށް ބަލަދުއަރައިގެން ކުރާ ސާފުކުރުމެއްތޯ.
ޠެސް
08 March 2025
ޢާން. މާލެ ސަރުކާރު
ޕިކްސް
08 March 2025
ބަލަ އެއްރަށެކޭ ކިޔާއިރު އެތަނުގަ އެބައުޅެއޭ ދިވެހި ކޮންމެ 2 ރައްޔިތަކުން އެކަކު.