ޓްރާންސްޕޯޓު މިނިސްޓަރު އެއާ އެމްބިއުލާންސް ބައްލަވާލައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
18 މާޗް 2025 - 16:37
އެއާ އެމްބިއުލާންސް ހިދުމަތް ދޭން ފެށިތާ އެއް އަހަރުވީ އިރު މިހާތަނަށް ހާހެއްހާ ބަލި މީހުން އުފުލިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނު މިއަދު ވިދާޅުވެއްޖެ އެވެ.
އެކަން ފާހަގަކުރުމަށް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުން އެކަން ކުރިން ކުރަމުން ދިޔައީ، ޖާގަ ލިބޭ ވަރަކުން ކަމަށެވެ. އެކަމަކު މިހާރު އަބަދުވެސް ތައްޔާރީ ހާލަތުގައި އޮތް އެއާ އެއާބިއުލާންސްގައި ކުއްލި ހާލަތެއްގައި ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ޑެޑިކޭޓެޑް ކްރޫން އެބަ ތިބި. ޑެޑިކޭޓެޑް މަތިންދާބޯޓެއް މިއޮތީ. މީގެ އިތުރުން ރިކުއާމެންޓެއް އަތުވެއްޖިއްޔާ އެމަޖެންސީ ހާލަތުގައި އޮޕަރޭޓު ކުރެވޭނެ ކަމަށް ސަރުކާރުން ހަމަޖައްސާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
އެއާ އެމްބިއުލާންސްގެ ސްޓްރެޗާ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ، އެއް އަހަރުވީ އިރު ލިބޭ އެންމެ ބޮޑު އުފަލަކީ އެމަޖެންސީ ހާލަތުގައި ބޭނުންވާ ހުރިހާ ހިދުމަތަކާ އެކީގައި އެކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، މިދިޔަ އަހަރުގެ މާޗް 1 ވަނަ ދުވަހު ފެށި އެއާ އެމްބިއުލާންސް ހިދުމަތް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އެއާ އެމްބިއުލާންސްގައި ހަރުކުރަން ޖެހޭ ހުރިހާ އެއްޗެއް ހުންނާނެ ކަމަށެވެ.
އެއާ އެމްބިއުލާންސް. ކުއްލި ހާލަތްތަކުގައި ދޭ ގިނަ ހިދުމަތްތަކެއް ވަނީ ގާއިމްކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
"ހެލްތު ނިޒާމެއްގައި ވަރަށް މުހިއްމު ކަމެއް އެމަޖެންސީ ހިދުމަތް ރަނގަޅަށް ދެވޭނެ ގޮތެއް ހަމަޖެހިފައި އޮތުން. ހާއްސަކޮށް ޖިއޮގްރަޕީ ގޮތުން މިގޮތަށް އުފެދިފައި އޮތް ގައުމެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ވަރަށް މުހިއްމު ހިދުމަތެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޭތުވެދިޔަ އެއް އަހަރު ތެރޭ، އެއާ އެމްބިއުލަންސްގައި 700 އަށް ވުރެ ގިނަ ދަތުރުކުރި ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ވެސް ހިދުމަތް އިތުރަށް ރަނގަޅު ކުރާނެ ކަމަށާއި އެއާ އެއްކޮށް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތައް ވެސް ރަނގަޅު ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސް
19 March 2025
ދޮގެއް ނޫންބާ، 1000 އުފުލުމޭ ބުނީމަ އެއީ މަހަކަށް 83 މީހުން އެވްރެޖް ކޮށް.
ބްލަޑް
19 March 2025
ދުނިޔޭގެ ރެކޯރޑަކަށް ވާނެ.
އަކްމެޑް
19 March 2025
ބްރޯ އެކަމަކު ކިޑްނީ ބޭހާ ތައިރޮއިޑް ބޭސް ނުލިބޭ. ސޭޑް ލައިފް
އަސްލު......
18 March 2025
އުފާކުރަން ހައްގު މަސައްކަތެއްކަމަށް ބައްލަވައި ސަރުކާރުން އުފާފާޅުކޮށް މިހައްދަވަނީ މިސަރުކާރު ގައުމާއި ހަވާލުވި ފަހުން މިދިޔަ އަހަރު ދުވަހުގެތެރޭގައި ރައްތަކުގެ ސިއްޙީ ހިދުމަތުގެ ފެންވަރު ދައްކަމުން މަޖުބޫރު ވެގެން މާލެ ގެނެވުނު ބަލި ހާލު ބޮޑު ބަލިމީހުންގެ އަދަދު އެއްހާސް އަށް ވުރެ މައްޗަށް އެރީމަ..... ސާބަސް....
މަނާލް ސަލީމް
18 March 2025
އެމްޑީޕީ އިން މިކަމަށް ކިޔާނީ ކޯއްޗެއް ބާއޭ މަގޭ ހިތަށްއަރާ. ހަމަޔަގީނުންވެސް މީ ސަރުކާރުން ކުރި އެންމެ ރަނގަޅު ކަންތައް
އަންސޫދާ
18 March 2025
ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެއް ކަންތައް ރައީސް ތި ކޮށްދެއްވީ. ވަރަށް ބޮޑަށް ޝުކުރިއްޔާ
ލާމިއު މުހައްމަދު
18 March 2025
މަށަށް ދައްކަބަލަ ރ.މުއިއްޒު އާ ގާތަށްވެސް ރައްޔިތުންނަށްޓަކައި މިފަދަ ބޮޑު ލުޔެއް ދިން ދެވަނަ ވެރިއެއް ؟
އަސް
19 March 2025
މުއިއްޒު ނޫން ހުރިހާ ވެރިން، ސާފް ވެއްޖެތަ.
ނާހިލް ނައީމް
18 March 2025
މިކަމަކީ ކިތަންމެހާވެސް ރަނގަޅަށް ސަރުކާރުން ކުރި ކަމެއް.
ރާހިލް ރަޝީދު
18 March 2025
ކިތައް ފުރާނަ މި ސަލާމަތްވީ. ހިތާމައަކީ ބައެއް މީހުން މިކަމުގެ އަގުވަޒަން ނުކުރާތީ. ރައްޔިތުންނަށްޓަކައި އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫން މީކީ
ޝައުފާ އިދްރީސް
18 March 2025
ބަޔަކު އުޅުނު މިވެސް ބޭކާރު ހަރަދެކޭ ކިޔާފަ. ބައްލަވާ 1000 ރައްޔިތުންނަށް އަވަސް ފަރުވާ މި ލިބުނީ. އާސަންދަ އިން. އިތުރު ހަރަދެއް ނުގޮސް
ޭެެިދޖދ
18 March 2025
އިތުރު ހަރަދެއް ނުކޮށްތޯ؟ އެއާ އެމްބިއުލާންސް ދުއްވަންވެސް ހަރަދު ދޭ، ހަމަ ސަރުކާރުން ދަރަނި ވެގެން ކުރާ ހަރަދު އެއީ
ބަކަމޫން
19 March 2025
ދެންކޮންތާކުންބާ ތިބުނާ އެމްބިޔުލޭންސަށްދާ ޚަރަދު ދެނީ؟ ކަނޑުކޮސް ވާހަކަ ނުދައްކާ.
އަފްރާސިޔާބު
19 March 2025
ބަލަ އެއިން ގެނައި އެއްވެސް މީހެއްގެ ދިރިހުރިތޯ ބަލަންވީނުން؟ ތިޔަ އެއްޗެއް ނެތިގެންތާ ގއ. ވިލިނގިލީ ގެ ދެމައިންވެސް މަރުވެގެން ދިޔައީ.