25 މާޗް 2025 - 21:38
އެލައިޑް އިންޝުއަރެންސް އިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ރޯދަ ވީއްލަން އިފްތާރު ޕެކުތައް ބެހުމުގެ ހަރަކާތެއް ހިންގަމުން އަންނަ ކަމަށް ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިހާތަނަށް އިފްތާރު ޕެކް ބަހާފައި ވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތުގަ އެވެ.
ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މާލެ ސަރަހައްދުގެ އިތުރު މިސްކިތްތަކުގައި ވެސް އެ ހަރަކާތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުކުރު ދުވަހު ހުޅުމާލޭގެ އުސްމާން ބިން އައްފާން މިސްކިތުގައި އިފްތާރު ބެހުން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. އަދި ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައި ވެސް ހޮނިހިރު ދުވަހު އިފްތާރު ޕެކު ބަހާނެ ކަމަށް އެލައިޑުން ބުންޏެވެ.
މި އަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރަށްވުމުން މި އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުން
26 March 2025
ދިވެހި ބަހުން ކިޔާނީ ރޯދަ ވީއްލުން. ކޮން އިފުތާރެއް؟