އެލިއާ ސްޓޯރު.
07 އެޕްރީލް 2025 - 10:55
އެލިއާ ސްޓޯރުން "ޝޮޕް އެންޑް ވިން"ގެ ނަމުގައި މިހާރު ކުރިއަށް ދާ ޕްރޮމޯޝަން މި މަހު ނިމޭނެ ކަމަށް ބުނެފި އެވެ.
މިދިޔަ މަހު އެލިއާ ސްޓޯރުން ފެށި އެ ޕްރޮމޯޝަނަކީ އެލިއާ ސްޓޯރުން 500ރ. އަށް ވުރެ މަތިން ވިޔަފާރިކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް 500ރ. އިން މަތީގެ ވިޔަފާރިތަކަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ފުރިހަމަ ކުރުމަށް ފަހު، އެލިއާ ސްޓޯރުގައި ބަހައްޓާފައި ފޮއްޓަށް ކޫޕަން ލާ މީހުންގެ ތެރެއިން ތިން ނަސީބުވެރިއަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ.
އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ޔަމަހާ ގިއާ އާރުއެސްއެޗް ސައިކަލެކެވެ. ދެ ވަނަ އަށް ޓޯޓަލް ޓޫލްގެ ކޮމްބޯ ސެޓެއް ހުށަހަޅަފައި ވައިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ޓޯޓަލް ޓޫލްސްގެ ޓޫލް ބޮކްސްއެކެވެ.
އެލިއާ ސްޓޯރުން އެ ޕްރޮމޯޝަނުގައި ދޭ ސައިކަލު.
އެލިއާ އަކީ "ޓޯޓަލް ޓޫލްސް"ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރެވެ. "ޓޯޓަލް ޓޫލްސް" އަކީ ދާދި ފަހުން އެލިއާއިން ތައާރަފްކޮށް، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބްރޭންޑެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy