އިމިގްރޭޝަންގެ މުވައްޒަފުންތަކެއް: ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައި ނަމަވެސް ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް މިހާރު ވެސް ދޭ ގަޑިތަކުގައި ދޭނެ ކަމަށް އިމިގްރޭޝަނުން ބުނި.
07 އެޕްރީލް 2025 - 23:16
މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސް އެކޭ އެއްގޮތަށް ހެނދުނު 8 އިން މެންދުރު 2 އަށް މާދަމާ އިން ފެށިގެން ބަދަލުކުރަން ނިންމައިފި އެވެ.
އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަކީ މިހާތަނަށް ހެނދުނު 8 އިން ހަވީރު 4 އެވެ.
އެ އިދާރާ އިން މިރޭ ބުނީ، ރަސްމީ މަސައްކަތު ގަޑި މާދަމާ އިން ފެށިގެން 8 އިން މެންދުރު 2 އަށް ބަދަލުކުރި ނަމަވެސް މިހާރު ވެސް ހިދުމަތް ދޭ ގަޑިތަކުގައި ހިދުމަތްތައް ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ޕާސްޕޯޓު ހެއްދުމާ ގުޅޭ ހުރިހާ ހިދުމަތެއް ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"ހަމައެކަނި ރަސްމީ މަސައްކަތު ގަޑިއަށް އައި ބަދަލެއް މިއީ،" އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވިދާލުވި އެވެ.
ސަރުކާރުގެ ޔުނިފޯމް ބޮޑީތަކުގެ ތެރެއިން ސިވިލް ސާވިސްގެ ދާއިރާގެ ތެރޭގައި މިހާރު ހިންގަނީ އިމިގްރޭޝަން އެކަންޏެވެ. އެ އިދާރާގައި މިހާރު 500 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޓަޔަރޑް ރިހަބެ
09 April 2025
މަސައްކަތުގެ ވަގުތުން އުނިކުރި ދެގަޑިއިރުގެ ފައިސާ ވެސް އުނިކޮށްލަންވާނެ
ނައްސާން
08 April 2025
މީގެ ސަބަބުން މުވައްޒަފުންނަށް އާއިލާތަކާ އެކު ވަގުތު ހޭދަކުރަންވެސް ފުރުސަތު ލިބޭނެ.ކުރިން ވިއްޔާ 4 ޖަހަންދެން ހުންނަން ބަޔެއް މުވައްޒަފުން ޖެހޭ ބޭކާރަށް. އެކަމަށް ހައްލު މިލިބުނީ
ކަޕީޓޯ
08 April 2025
ޝުކުރިއްޔާ ޝައްމާން؟
ނުސްރާ މުހައްމަދު
08 April 2025
ބަރާބަރު ނިންމުމެއް. ވަކި ބަޔަކަށް ތަފާތުކޮށްގެން ނުވާނެ.
ކާކު1
08 April 2025
ތިހެން ހެދީމަ ގިނައިން އިތުރިގަޑީ މަސައްކަތު ލާރި ދޭން ޖެހޭނެ، ސަރުކާރުގެ ބަޖެޓަށް ބުފޫ އަރާނެ
ވަގުތު
08 April 2025
މިހާރުވެސް އޮފީހަކަގޮސް ކުރަންއުޅޭ ކަންކަން ނުވެގެން މިއުޅެނީ އަނެއްކާ ވަގުތުކުޑަކުރީމަ ބޕނޑުތަކުލީފަ ކަވާނީ..މިހާރުވެސް ގިނަކައުންޓަރުތައް މަސައްކަތެއް ނުކުރޭ.... ޕުރައިވެޓު ތަނަތަނުގެ ވެސްޖެހެނެ ވަގުތުކުޑަކުރަން ބިލެއްހުށަހަޅާ....ތީެންބޮޑުވަރު
އެލޮކޮސް
08 April 2025
މަސައްކަތް ނުކޮށް ގޭގަތިބެންވީ!
ޕަމްޕްބޭ
08 April 2025
ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި ހުރިހާ އޮފީހެއްގައިވެސް ކުޑަކުރަންވީ. މިހާރު ހުރިހާ އޮފީހެއްގައިވެސް މަސައްކަތް ކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން. އެހެންވީމާ މަސައްކަތަށް ހޭދަވާ ވަގުތު ވަރަށް މަދުވާނެ. އޮފީސްތަކުގެ ކަރަންޓް ޚަރަދުވެސް އޭރުން ބޮޑުތަނުން ކުޑަވެގެން ދާނެ. އާމްދަނީ ހޯދަން އަމިއްލަ މަސައްކަތް ކުރާނެ ވަގުތު ދީފައި އޮފީހުން އިތުރުގަޑީ ފައިސާ ނުދޭގޮތަށް ނިންމިދާނެ. އޭރުންވެސް ސަރުކާރަށް ޚަރަދު ކުޑަވާނެ. ރަސްމީގަޑި 8ން1ށް
ފަރަންޖީ
08 April 2025
އެހެންދޯ؟ ޚިދުމަތްދެވޭވަރާއި ފެންވަރު އެހާވެސް މަތީ ދޯ؟
މަބުނީ..
08 April 2025
މުޅިޔަކުން ރަނގަޅެއްވެސް ނޫން ގޯހެއްވެސް ނޫން.. 26،000 ހަކަށް މީހުން ޕާރޓް ޓައިމްއަށް ދަނީ ކޮންތަނަކަށްތޯ؟ މިއެންމެން އަމިއްލަ މަސައްކަތަކަށް ކޮންކަމެއްތޯ ކުރާނީ؟ މިހާރުވެސް މިއުޅެނީ އަމިއްލަމަސްލަހަތެއް ނެތިއްޔާ ނޫނީ ޓެކްސީވެސް ނުކުރާ މީހުން. ( މިބުނީ މާލެތެރެއިންނަމަ ނޯ. ހުޅުމާލެ އެއަރޕޯޓް ޔޭސް ވެފަތިބޭ ހަމައެކަނި ބޮޑުމަގުގައި ދުއްވަން ލައިސަންސް ހޯދާގެން އުޅޭ ބަޔެއް).
އުނބުށޭމު
08 April 2025
ރަސްމީ ގަޑިކިތަންމެ ކުޑަކުރިޔަސް އޮފީހުން ނުނިކުމެ ތިބޭ ބަޔަކު ތިބެއެވެ. އޯޓީ ހެދުމަކީ އާމްދަނީ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ދެކޭ ގިނަ ބަޔަކު އުޅެއެވެ. އެހެންކަމުން ތީކީ އަމިއްލަ އެދުމާއި ދަހިވެތިކަން ބޮޑު ދިވެހީންނަށް އެންމެ ރަނގަޅުގޮތަކަށްނުވާނެއެވެ.
ސަންރައިސް
08 April 2025
ދެން 7 ޖަހާއިރު މަސައްކަތް ފަށާގޮތަށް ހަދަންވީނު، މައުމޫނު ހަމަޖެއްސި އިރަށްވުރެ ބައި ގަޑިއިރު ކުރިން؟
ފަޅުމަސް
08 April 2025
ކުރިން 2 އިން 4 އަށް ކީއްބާ ކުރީ؟ މިހާރުވެސް 4 އަށް ޚިދުމަތްދޭ ކަމަށްވަންޏާ، އިތުރުވާ 2 ގަޑި އިރަކީ އޯޓީ ބާ؟
ހަމްދާންް
08 April 2025
އިތުރު ގަޑީގަ މަސައްކަތް ކުރާ މީހުންނަށް ވިއްޔާ އޯޓީ ލިބެން ވާނެ ކަމަށް ފެންނަނީ.
ނނމސކދ
08 April 2025
އޯޓީ ިލިބެނީ. އެހެން ހުރިހާ ސިވިލް ސާވިސް މުވައްޒަފުން ނެކޭ އެއްގޮތަށް. އެމުވައްޒަފުންނަށް އެހައްގުތައް ލިބުނީ އިނގޭތޯ. ހަޖަމް ކޮށްލާ
ޒައީމީ
08 April 2025
ޝުކުރިއްޔާ ޝައްމާނު؟