ބަންގްލާދޭޝް އަށް ސައޫދީ އަރަބިއްޔާއިން ކަނޑައަޅާފައި ހުންނެވި ސަފީރަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ބަންގްލާދޭޝްގެ މޮޑެލް މެގްނާ އަލަމް.
14 އެޕްރީލް 2025 - 05:56
ބަންގްލާދޭޝް އަށް ސައޫދީ އަރަބިއްޔާއިން ކަނޑައަޅާފައި ހުންނެވި ސަފީރަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ބަންގްލާދޭޝްގެ މޮޑެލްއަކު، ގައުމުގެ ސިޔާސީ ގުޅުންތަކަށް ނުރައްކާކުރި ކަމަށް ބުނެ ހައްޔަރުކޮށްފި އެވެ.
މެގްނާ އަލަމް ހައްޔަރުކުރުމަށް ފަހު ބަންގްލާދޭޝް ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ "މުހިންމު ބަޔަކާ މެދު" ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ ކަމަށެވެ. އެކަމަކު ހައްޔަރުކޮށް ބަހައްޓާފައި ހުރީ ގާނޫނީ ގޮތުން އެއްވެސް ތުހުމަތެއް އޮވެގެންނެއް ނޫނެވެ.
"މި މުހިންމު ބޭފުޅުންނަކީ އެހެން ގައުމުތަކުގެ ބޭފުޅުން،" ފުލުހުންގެ ތަރުޖަމާނު މުހައްމަދު ތާލިބުއްރަހްމާން އޭއެފްޕީއަށް ވިދާޅުވި އެވެ.
އުމުރުން 30 އަހަރުގެ މޮޑެލްގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު ވަނީ ބަންގްލާދޭޝްއަށް ކުރިން ކަނޑައަޅާފައި ހުރި ސައޫދީ ސަފީރާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ކަމަށެވެ.
"އެމްބެސެޑަރާއި މެގްނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ދަރިފުޅު ވަނީ ސަފީރުގެ ކައިވެނީގެ ހުށަހެޅުމަށް ދެކޮޅު ހަދާފައި. އެއީ ސަފީރުގެ މިހާރު ވެސް އަންބަކާއި ދަރިން ތިބޭތީ،" އޭނާ ބުންޏެވެ.
އޭނާގެ މި ވާހަކަތައް އޭއެފްޕީއަށް ކަށަވަރެއް ނުވެ އެވެ. މިކަމުގައި ބަހެއް ހޯދަން، ޑާކާގައި ހުންނަ ސައޫދީ އެމްބަސީއަށް ގުޅައިގެން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
މެގްނާ އަކީ 2020 ވަނަ އަހަރުގެ "މިސް އާތު ބަންގްލާދޭޝް" އެވެ. މިދިޔަ ބުދަ ދުވަހު މެގްނާ ވަނީ އޭނާގެ ގެޔަށް ބަޔަކު ގަދަކަމުން ވަންނަން އުޅޭކަމަށް ބުނެ އެ މަންޒަރު ލައިވްސްޓްރީމް ވެސް ކޮށްފަ އެވެ.
އޭނާ ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިނީ ހުކުރު ދުވަހު އެވެ. އެއީ ގައުމުގެ ސަލާމަތަށް ބުރޫއަރާ ކަންކަން ކުރާ ކަމަށް ބުނެ އެވެ. އޭނާ ހައްޔަރުކުރީ "ހާއްސާ ބާރުތަކުގެ ގާނޫނު" ގެ ދަށުންނެވެ. މިއީ މުއްދަތެއް ނެތް ގޮތަށް މީހުން ހައްޔަރުކޮށްފައި ބައިތިއްބަން ގާނޫނީ ބާރު ލިބިދޭ ގާނޫނެކެވެ. އަދި މިއީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވާ ގާނޫނެކެވެ.
ސަޢޫދީ އަރަބިއްޔާއަކީ ބަންގްލަދޭޝްއަށް އަބަދުވެސް މާލީގޮތުންނާއި އިންސާނިއްޔަތު ކަމުގެ ގޮތުން އެހީވާ ގައުމެކެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ ސައޫދީ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބަންގްލަދޭޝްގެ 2.16 މިލިއަން މަސައްކަތްތެރިން ވެސް އެ ގައުމުގައި އެބަތިއްބެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސީނާ
14 April 2025
ތިކުއްޖާ ރިޔާލް ކޮޅެއް ސަފީރުދޭ އިރަށް ނެރޭނެ.. ފައިސާ ހޯދަން ކުރި ކަމެއްތީ
ޑަބިޔާނާ
14 April 2025
ބަލަ... ސަފީރު ދެރަކޮށްލާ ހިތުގައި ޖައްސައިފިއްޔާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަމަ ވަރަށް ގޯސްވެގެން ހިނގައިދާނެ. ސަފީރުންނަކީ ތޯ ތޯ މީހުނެއްނޫން. ދެން އެކަމު އެ މަންޖެ އެހާއެއްނޫން މި ފޮޓޮޔަކުން، ސަފީރު އެހާ ފަސޭހައިން ހެއްލޭކަށް. މިވީ ގޮތެއް ނޭނގެ. އަނެއްހެން އެނގޭކަށް މަށަށް މުހިންމެއްވެސް ނޫން.
އަބްޑޫޅް +
14 April 2025
"މި މުހިންމު ބޭފުޅުންނަކީ އެހެން ގައުމުތަކުގެ ބޭފުޅުން،" ބަންގާޅީ ބަހުން "ބޭފުޅުން"، މި ބަސް ބުނާނީ ކިހިނެއް؟
ހަސަންފަރާދު
14 April 2025
ލާރިއަށް ވެއްޖިއްޔާ އޯކޭ. ރާއްޖޭގައި އުޅޭ ބަންގްލަދޭސް ސޮރުންތައްވެސް ބައިވަރު ދިވެހި ބިޓުން ގެންގުޅޭ
ވޯލް
14 April 2025
ސަފީރު ގޯހެއް ނުވި. ގޯސް މިވީ އަންހެން ކުއްޖާ. މިއީ ދޯ މުސްލިމުން ވެގެން އުޅޭ ޤައުމުތަކުގެ ވެރިންގެ ހާލަކީ.
އަލްބަކް
14 April 2025
މި ރާއްޖޭގަވެސް ވާނީ އެހެން. މިހާރު ހުރިހާ އެއްޗަކީވެސް ފައިސާ. އާޚިރަތަކަށް ބިރެއް ނެތް. މަކަރުހެދުމާ ކޮރަޕްޝަން ހުރިހާ ހިސާބެއްގަ. މިއީ ރާއްޖޭގެ ދީނީ އިލްމުވެރިންގެވެސް ޒިންމާއެއް އޮތް ކަމެއް. ސިޔާސަތާ ވިޔަފާރިވެރިންނާ ގޭންގުތަކާ ގުޅުން ހުރި ކަންކަމަށް ސަމާލުކަން ދޭކަށް ނުކެރޭ ބިރުން.
ސޭކް
14 April 2025
"އެމްބެސެޑަރާއި މެގްނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ދަރިފުޅު ވަނީ ސަފީރުގެ ކައިވެނީގެ ހުށަހެޅުމަށް ދެކޮޅު ހަދާފައި. އެއީ ސަފީރުގެ މިހާރު ވެސް އަންބަކާއި ދަރިން ތިބޭތީ،". ގާލް ބީ ފޮރ ރިޔަލް
މުލޭ
14 April 2025
"އެމްބެސެޑަރާއި މެގްނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ދަރިފުޅު ވަނީ ސަފީރުގެ ކައިވެނީގެ ހުށަހެޅުމަށް ދެކޮޅު ހަދާފައި. އެއީ ސަފީރުގެ މިހާރު ވެސް އަންބަކާއި ދަރިން ތިބޭތީ،" ކައިވެންޏަށް ދެކޮޅު ހަދަނީ. އެކަމަކު ލޯބީގެ ގޮތުން ގުޅިގެން އުޅެން ބޭނުންވޭ. ލާރީގެ ދަހިވެތިކަމުގައި ތޯއްޗެއް.
ޑެބީ
14 April 2025
އަސްލު ސައުތް އޭޝިއާ ކުދިންނާ ރައްޓެހިނުވާތި. ޑެބީގެ އެޑްވައިސްއަކީ ހުރިހާ އެންމެންވެސް ޔޫރަޕު ދޮންކުދިންނާ ރައްޓެހިވުން. އެކުދިންމާ ރީތިވެފަ ރަނގަޅުވެފަ ފެއިތްފުލްވާނެ.
ހަސީ-
14 April 2025
ޑެބީ އެންމެ ފަހުންވެސް އިނީ ދޮން މީހަކާ؟
ޑެބީގެ ފިރިމީހާ
14 April 2025
ހޫނ މީ ދޯ މިކުރާ ކަމަކީ
ހިރިމަރަދޫ
14 April 2025
ތިކަމުގައި އަންހެން ކުއްޖާގެ ކުށަކީ ކޮބާ؟؟ ސަފީރު އެފުރުޞަތު ދިނީމައެއްނު ތިގުޅުން ދެމެހެއްޓުނީ.
ގަން
14 April 2025
އަންހެނާގެ ކުށެއް ނޯންނާނެ..ދެން ވާނީ ރޭޕަކަށް.
ކރނބ
14 April 2025
ތި ވިދާޅުވީ ހަމަ ރަނގަޅަށް
މަޑުލި
15 April 2025
އޭނާގެ ކުށަކީ ސަފީރު ކައިވަންޔަށް އެހުމުން ނޫނެކޭ ބުނުން..
ޗޫޤީ
14 April 2025
އަދިވެސް ތަނަކުން މީހަކު ފެންނައިރަށް ވާނެ ހިތާވާން. ރާކަނިމަސް ކެވިއްޖެނޫންތަ.