ހައުސިން ޕްރޮޖެކްޓު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ އިސްވެރިން އަދި ފިނޭންސް މިނިސްޓަރު ޒަމީރާއި (ވ-2) އާއި އެޗްޑީސީގެ އެމްޑީ މައުރޫފް ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
14 އެޕްރީލް 2025 - 13:50
ހުޅުމާލެ 2 ގައި ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ ލޯނުގައި އަޅާ ފްލެޓުތަކުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސައުދީ ފަންޑުގެ އެހީގައި 400 ހައުސިން ޔުނިޓު އެޅުމަށް ކޮންސަލްޓަންސީ ފާމެއް ހޯދަން ކުރީގެ ސަރުކާރުން މާޗު، 2023 ގައި އިއުލާންކުރި އެވެ. އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދު ރާއްޖެ ވަޑައިގަތުމުން މިއަދު ވަނީ އެ މަޝްރޫއު އިފްތިތާހުކޮށްފަ އެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއު ގެންދަނީ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނަކުން ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކުއާޓާގައި ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ.
އެ މަޝްރޫއުއާ ގުޅޭގޮތުން މިހާރު ދަނީ ކޮންސަލްޓަންސީ ފާމެއް ހޮވުމުގެ މަރުހަލާ އެވެ.
މިނިސްޓްރީން ބުނީ އެއީ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ވައުދުގެ ސިޔާސަތުގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމަށެވެ.
ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ކުރައްވާ މި ދަތުރުގައި ވަނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމްސް ކުކީ
15 April 2025
ގާތްގަނޑަކަށް މިލިއަނެއް ފްލެޓަކަށް މިޖެހެނީ. ދެން ސަރުކާރުން ވިއްކާނީ 2 މިލިއަނަށް. ބޭންކަށް ގޮސްގެން ތަން މިލްކުވާއިރު ރައްޔިތު މީހާ އަތުން ވިހި އަހަރުތެރޭ 4 މިލިއަން އެބަދޭ. މިއީ ސޯޝަލް ހައުސިން ވޯކްކުރާގޮތް؟ ވަކި ސަރުކާރެއްނޫން. އެންމެން އެކައްޗެއް. އަދި މިސަރުކާރުން ކޮށްފިތަ؟ ތިތާ ލިފްޓް ހަރުކުރަން ވަކިން، ކަރަންޓުލާން ވަކިން، މުށިޖަހަން ވަކިން، ސިމެންތިޖަހަން ވަކިން އަދި ކުލަލާންވެސް އިތުރު ލޯނު ނަގާނެ. ނިކަން ބަލަންތިބޭ.
މޯޑް
15 April 2025
ސައުދީ ފަންޑްގެ އެހީގައި ނިމިދިޔަ ސަރުކާރުން އަޅަން ޕްލޭކޮށް ފަންޑް ހޯދާފައިވާ 400 ހައުސިންގ ޔުނިޓް މިސަރުކާރުން ބިންގާ އަޅައިފި...!!
ބެއްޔާގެ ދަރި
14 April 2025
މީހަކު އައީމަ ރަސްމިއްޔާތެއް ބާއްވާލީ ދޯ. އަމަލީ މަސައްކަތް ފަށަނީ އަދި އަހަރު ނިމޭއިރު. ބިންގާ އެޅި އިރު ނޭނގެ އަޅަނީ ކިތައް އިމާރާތްކަމެއް، ކިތައް ބުރިއަށް ކަމެއް. ކިތައް އެޕާޓްމެންޓ ކަމެއް. ކިތައް ރޫމް ކަމެއް. ތިޔަހެން 100 ބުރީގެ އިމާރާތެއްގެ ބިންގާ ވެސް އަޅަންވާނެ. ފަހުން ދެން އެކަން ކުރާނެ ގޮތް ވިސްނާނީ
ޥާހިދުބެ
14 April 2025
ތިވަރުން 60000 ފުލެޓު ހަމަކުރާނީ ކިހިނެއް
ޜަދުން
14 April 2025
ފަނަރަ މިލިޔަން އަށް ފުލެޓެއް
ޖޭމްސް ކުކީ
15 April 2025
އަދުރެމެޓިކްސް؟
ނައިޝް
14 April 2025
އައްޑޫ ގަމުގެ ހުރި އިގިރޭސިން ބިނާކޮށްފައި ހުރި ބާ އިމާރާތުގެ ބަދަލައްވެސް ތިވަރު!!!!
އޮރެންޖްބެރީ
14 April 2025
އައްޑޫގެ އެ އިމާރާތުގެ މާނަ މާ ބޮޑު ތިޔަ ބުނާ ހުޅުމާލެއަށްވުރެ. އައްޑޫއެއީ އެތައް ގަރުނެއް ވީ ތަނެއް. ހުޅުމާލެ އިހަކަށް ދުވަހު ހިއްކި ތަނެއް. މާލެ ސަރަހައްދު ފިޔަވާ ސަރުކަރަށް ނުފެނޭ
އަޅާކިޔުން
14 April 2025
25 ބުރީ ހޮސްޕިޓާ ތޮށިގަނޑު އެއީ ކިތައް މިލިއަން ޑޮލަރު؟ 400 ހައުސިން ޔުނިޓު އެއީ ކިތައް މިލިއަން ޑޮލަރު؟