އައްޑޫ ނޭޗާ ޕާކުގައި ބަޔަކު ކެނޯއެއް ދުއްވަނީ--- ފޮޓޯ: އަހުމަދު މަހުޒޫމް
22 އެޕްރީލް 2025 - 19:02
އައްޑޫގައި ވޯޓާ ތީމް ޕާކެއް ހަދަން ނިންމައި، އެ މަސައްކަތުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.
އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަން އައްޑޫ ކައުންސިލުން އެންމެ ފުރަތަމަ އިއުލާނު ކުރީ މި މަހު ހަ ވަނަ ދުވަހު އެވެ. ނަމަވެސް އެއްވެސް ބަޔަކު ބީލަން ހުށަހަޅާފައި ނުވާތީ މިއަދު އަލުން އިއުލާނުކުރީ އެވެ.
އެ ކައުންސިލުން ބުނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ރާއްޖޭގައި އެބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ބަޔަކަށް ކަމަށެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
އައްޑޫގައި ވޯޓާ ތީމް ޕާކެއް އަޅަން ކައުންސިލުން ނިންމާފައި ވާއިރު، ބ. ކަމަދޫ ކައުންސިލުން ވެސް މިދިޔަ އަހަރު ވަނީ ޕާކެއް އަޅަން ނިންމައި އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެހެހ
23 April 2025
ކޮބާ ކަރަންޓު
މިވަރުވާ
23 April 2025
ކުރާނެ ކަމެއް ނޭނގިގެން އުޅެންޏާ އައްޑޫ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށްބަލަ ކިހާ ބޮޑު ކަމެއް. ކުޅިވަރު ނުކުޅެވިގެން އަބަދާއަބަދު! އައްޑޫ ޒުވާނުން އެކްސިޑެންޓުވެގެން ފަރުވާކުރެވޭނެ ވަރުގެ ހޮސްޕިޓަލެއް ހުރީޔާ މާ ތާހިރުވާނެ. ވައްތަރުވައްތަރަށް އެމީހުންލައްވާ ރޭސްކުރުވާ އެބަ އެކަމް ފަރުވާދޭން މިޖެހެނީ މާލެ ފޮނުވަން.
ކުރަފި ބޯ މޭޔަރޫ
23 April 2025
ބަލަ މޭޔަރު ކުރީ ކެމްޕޭނުގައި އެންމެ ގަދައަށް ދެއްކި އެއްވާހަކައަކީ، ބްރިޖްގެ ވާހަކަ. ދެވަނަ ދައުރަށް ދާން މުންޑުއަންނައިރު، ބްރިޖްގެ މަސައްކަތް ކިހާވަރެއް ވެއްޖެތަ. ވޯޓަރ ތީމް ޕާރކެއް ހަދަން ކިހާ ޚަރަދެއް ދާނެތޯ، އެ ފައިސާ ދައްކަނީ ކިހިނެތްތޯ ބަލާލިންތަ؟ ނުވަތަ އައްޑޫ މީހުން ގުނބޯ ހައްދާލަން 50 ހާސް ރުފިޔާ އީއައިއޭ އަށް ކައުންސިލް ބަޖެޓުން ހުސްކޮށްލަނީތޯ. ހޮސްޕިޓަލް ކައިރީ ހެދި ކޭއެފްސީތައް ކޮބައިތޯ. ގައިމު އެތަނުގައި ހުރި ބިންތައް ހުސްކުރި.
މުރަކަ
23 April 2025
ރާއްޖޭގެ ތަރައްގީގެ ބޮޑެތި ޕުރޮޖެކްޓްތަކުގެ އީއައޭ ރިޕޯޓް ހަދާ ސީޑީއީ ކޮންސަލްޓިންގ ބޮޑު މީހާއަކީ ވެސް އައްޑޫ ބޭފުޅެއް. އެހެންވީމާ އައްޑޫގެ މިވަރުގެ ބޮޑު މަސައްކަތެއް ދޫކޮށްލާކަށް ނުވާނެ ދެއްތޯ.
ޙަޒްމާ
23 April 2025
ބީލަން ލާން އޮތީ ބުރާސްފަތި ދުވަހު ހެނދުނު10 ގައި. ކުއްލިއަކަށް ހެނދުނު މެއިލް ކުރީ ބަދަލު ކޮށްފީމޯ އާދިއްތަ ދުވަހު ހެނދުނު ލާން. މިހެން ހެދީމާ މިއުޅޭ ޢީއައޭ ހަދާ ބޯޑެތި ކުންފުނި ތަކުން ފޫހިވީ ކަމަށް ބެލެވެނީ.
ޑޑބެ
23 April 2025
އެއީ ކޯންޗެއްކަން އެނގޭތޭ ….
ނުހެއްލޭތި
22 April 2025
މޭޔަރުގެ ކެމްޕެއިން.
ދީދީފުޅު
22 April 2025
ވޯޓެއްކައިރިވަނީ، އައްޑޫކުދިންނޭ ވޯޓާޕާކަށް ދާން ހެދުންހޯދާ އަވަހަށް. ރައީސް މީހާ ރިޔާސީ ބަޔާން އިއްވަމުން ބުނި ގައިމު އައްޑޫ ބްރިޖް އަޅަން މިފަށަނީއޭ. ވަރަށް ސަލާމް.
ލަދު ހަޔާތްކުޑޭ
22 April 2025
ކުދިން އަދި މީހުންގެ ސްޓްރެސް ފިލާނެ ކަމެއް. އަދިވެސް ބަލަންޖެހޭ އައްޑޫ ޒުވާނުން ކުށްކުރުމުން ދުރުކުރާނެ ގޮތްގޮތް
ވޯޓާތީމް ޕާކް
22 April 2025
ހުރަތަމަ ހުޅުމާލޭ ވޯޓާޕާކް ނިންމަންވީނޫންތޯ