އައްޑޫގެ މަގެއް.
22 އެޕްރީލް 2025 - 19:57
ސ. މީދޫން ބިން ކުއްޔަށް ހިފަން ބޭނުންވާ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބިންތައް ދޫކުރަން ނިންމާފައި ވަނީ ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ވިޔަފާރިތަކާއި ކުންފުނިތަކުގެ އިތުރުން ޕާޓްނާޝިޕްތަކަށް ކަމަށެވެ.
އެ ބިންތައް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަންކަމަކީ:
- ސްވިމިންގް ޕޫލު ހެދުން
- ރެސްޓޯރެންޓް ހެދުން
- ފިހާރަ ހިންގުން
- ސެލޫން އެންޑް ސްޕާ ހިންގުން
- އައްޑޫގެ އުފެއްދުންތަކަށް
- ކޮފީ ޝޮޕްތަކަށް
- ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކަށް
ބީލަމުގައި ރަޖިސްޓްރީވުމަށް 300ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހެ އެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ކައުންސިލް އިދާރާގައި އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
23 April 2025
އައްޑޫސިޓީ އަކީ ރާއްޖޭގެ އެންމެ މުއްސަނދިން ނާއި ވިޔަފާރިވެރިން އަދި ތަޢުލީމީ މީހުންތިބި ތަންކަމަށް ދެކެވޭ ވާހަކައިގެ ޙަޤީގަތް އަދިވެސް އޮތީ ހަމަ އެހެން. އައްޑޫ ކައުންސިލަރުން ނާއި މިސިޓީ އިން މަޖިލީހަށް ހޮވާފައިވާ 8 މެންބަރުން މާލޭސަރުކާރުގައި ކުޑަކަކޫ ޖަހައިގެންވެސް އައްޑޫ ރައްޔިތުންނަށް އައްޑޫގައި ތިބެގެން ވަޒީފާ އަދާކޮށް އާމްދަނީ ލިބޭނެ މަސައްކަތްތައް މިތަނުގައި ޤާއިމް ކުރެވޭތޯ އެއަރޕޯޓް ތަރައްޤީ ކޮށްދިނުމަށް އެދި އާދޭސް ދަންނަވަން ޖެހޭ.
އޮނަރަބްލް އަފީފު ދީދީ
23 April 2025
އިބްރާހިމްގެ އައްޑޫ މެނިފެސްޓޯ ނުވަތަ ފަސް މަންޒިލުން 5 ފްލައިޓް ގެނައުމާއި، އައްޑޫގައި 8000 އެނދު ތަރައްޤީ ކުރާވާހަކަލިޔެފައި އައްޑޫ ރައްޔިތުންގެ ވޯޓްހޯދަން އައްޑޫމީހުނަށް ވިއްކި 40 ވަޢުދުހިމެނޭ ވަޢުދުނާމާ ފަދަ ވަޢުދުތަކަކަށް ޑރ މުއިއްޒުގެ "އައްޑޫ ވައުދުތައް ހަދާން ބޭނުން ނުވާނަމަ" ތިކަންކުރުމުގެ ބަދަލުގައި އަދި އައްޑޫ ހުޅުމީދޫ ބުރިޖްވެސް މިވަގުތަށް ހެދެންނެތްކަމަށް ބުނެފައި 3 އަހަރުދުވަހުން ނިންމޭނެކަމަކަށް އެބުރިގަތުން ބުއްދިވެރިކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
23 April 2025
އައްޑޫ އެއަރޕޯޓްގައި GAN Equatorial Transit Hotel ގެ ނަމުގައި މަތީގައިދެންނެވިފަދަ ހޮޓަލެއް ތަރައްޤީކޮށް ހޮޓަލުގެއަގު އެއްފަހަރާ ދޭ ފަރާތަކަށް 99 އަހަރަށް ހޮޓާ ދޫކޮށްލުމުން ސަރުކާރަށް އެއްވެސް ބުރަކަމެއްނެތި ދެކުނުގައި 2000 މީހުންގެ ވަޒީފާ އުފެއްދޭނެ. އަދި ދެކުނުގައި ބާރުމިނުގައި ޓްއަރިޒަމް ތަރައްޤީކުރަން މަގު ހުޅުވިގެންދާނެ. މިކަމުގެ އެންމެޙާއްސަކަމަކަށް ވެގެންދާނީ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް ވަރުގަދަކޮށް މުޅިދެކުނުގެ ކަނެކްޓިވިޓީވެސް ލިބުން.
އޮނަރަބްލް އަފީފު ދީދީ
23 April 2025
މިގޮތުން އައްޑޫ ހުޅުމީދޫ ބުރިޖާއި، ތިޔަ 1100 ހައުސިންގ ޔުނިޓްތަކުގެ މަތިން އައްޑޫ ރައްޔިތުން ހަދާންނެތޭނެ ވަރުގެ މުހިންމު ޕްރޮޖެކްޓަކީ "އައްޑޫ މީހުން އެމީހުންގެ ހިތް ކަމަށް ޤަބޫލު ކުރާ" ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ފެންވަރު ރަނގަޅު ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް ހޮޓަ ހިންގޭނެ ފަދަ ޤާބިލްކަން ހުރި މާލީ ޙާލަތުވެސް ރަނގަޅު ކުންފުންޏަކާއި ޙަވާލުކޮށްގެން އެއަރޕޯޓް ޓްރާންސިޓް ހޮޓާ ހިންގޭނެގޮތް ހަދާ އެކަން ކުރުން.
އޮނަރަބްލް އަފީފު ދީދީ
23 April 2025
އިންފްލައިޓް ކެޓަރިންގ ސާވިސް އާއި ޑިޕާޗަރ ބިޒިނެސް ލައުންޖްގެ ހިދުމަތާއިއެކު، ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް ގޭން އެއަރޕޯޓްގައި ހަތަރު ⭐️ ގެ 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރަން ޗައިނާގެ އެގްޒިމްބޭންކް ލޯނާއި، ޗައިނާސަރުކާރު އެހީހޯދުމަކީ ވަރަށް ފަސޭހަކަމެއް. އައްޑޫސިޓީގައި އިންވެސްޓްކުރަން ބޭނުންކަމަށް ޗައިނާސަރުކާރުގެ ފަރާތުން އެތައް ފަހަރެއްގެމަތިން އިޝާރާތްކޮށްފައިވާތީ، މިއީ ވަރަށްފަސޭހަކަމާއިއެކުގައި ކުރެވެން އޮތްކަމެއް.
އޮނަރަބްލް އަފީފު ދީދީ
23 April 2025
ރާއްޖެއަށް އެންމެގިނަ ލޯނުދޫކުރި ޗައިނާސަރުކާރުން ރާއްޖެއަށް ކަޑައަޅާފައިވާ އެމްބެސެޑަރ އެންމެފަހުންވެސް މސަރުކާރަށް ދެއްވި ލަފައަކީ "ލޯނުނަގައިގެން އާމްދަނީ ލިބޭނެކަންކަމަށް" ލޯނު އިންވެސްޓްކުރަން ދިން ނަސޭޙަތް. އެހެންކަމުން ކ.މާލޭގައި "ފައިސާ ނުލިބޭގޮތަށް" އަޅާ ފުލެޓްފަދަ ހައުސިންގ ޕްރޮޖެކްޓް ތައް އައްޑޫގައި ހިންގުމުގެބަދަލުގައި އެއަރޕޯޓްގައި ތިރީގައިދެންނެވިފަދަ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށްދިނުމަށް މާލޭސަރުކާރަށް ދަންނަވާ.
ދިދަ
23 April 2025
ޕާރކިންގް ޒޯންތަށް ގޮތަށް އައުވާނުންނަށް ކުރިޔަށް އޮތް 100އ އުޅެވޭވަރަށް ބިންތަކާ ފަޅުތަށް ބާރުގެ ދަށަށް ގެންނާތި.
ލޮލާސް
23 April 2025
އައްޑުއަކީ ލޮޖިސްޓިކަލް ނައިޓްމެއާއެއް. އަދި ވަކިން އޮންނަ ދެރަށުގަ ވިޔަފާރި ހިންގާށޭ ކިޔާފަ މި އިއުލާނު ކުރީ މޭޔަރު ހަމަ ސީރިއަސްތަ؟ ހެވެނީހަމަ.
ވެރިން
23 April 2025
ރައްޔިތުން ނިކުމެ ތިކަން ތިހެން ވިޔަނަ ނުދީ، ފުރަތަމަ ރައްޔިތުން ނަށް ގޯތި ބަކީ ހުރެއްޖެއްޔާ އެހެން ބޭނުންތަކަށް.
މުފީދާ
23 April 2025
ބިންތައް ކުއްޔަށް ދީ ހުސްކުރާ އިރު ރައްޔިތުންނަށް ދޭން ނިންމި ބިންތައް ކޮބާ. ގޯއްޗަށް އެދި ފޯމް ލީމަ އެބަ އިން ހޮވިއްޖެ ކަމަށް ބުނެ ނެރުނު ލިސްޓެއް. މި ލިސްޓް ވަށިގަނޑަށް ލާ އަނެއްކާ ވެސް އެކްޓިވް ވާނީ ދެން އަންނަ ރިޔާސީ އިންތިޚާބަށްތަ. ވާނުވާ ބަލަން އިންތިޒާރުގަ ރައްޔިތުން މި ތިބީ.