ރާއްޖޭގެ މަސައްކަތްތެރިކަމުގައި އެންމެ މުހިންމު އަދާކުރާ މީހުންގެ ތެރޭގައި ހިމެނޭ ކެޔޮޅުންގެ ބަޔަކާ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބައްދަލުކުރައްވަނީ.
01 މެއި 2025 - 00:08
ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން ދަފްތަރުކޮށް، ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަަމށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރާ އިގުތިސާދީ މަސައްކަތްތައް އިތުރު ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަ ކުރުމަށްޓަކައި މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހެ އެވެ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހެ އެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީންނެވެ،"--- ރައީސް
މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހު ބެލެނިވެރިންނަށް ރައީސް އިލްތިމާސް ކުރެއްވީ ކޮންމެ ކުއްޖަކީ ވެސް މަސައްކަތްތަކަށް އަހުލުވެރި، ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. ވިދާޅުވީ، އެންމެ ދިވެއްސަކު ވެސް މަސައްކަތެއް ނުކޮށް ބާކީ ވާން ދޫކޮށް ނުލައި މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށެވެ.
"ދިވެހީން އެދޭ ތަމައްދުން ހާސިލް ކުރެވޭނީ އޭރުންނެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ 1 މުޅި ދުނިޔޭގައި ފާހަގަކުރި ނަމަވެސް ކޮންމެ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހެއް ކަމަށެވެ.
"ކޮންމެ ދުވަހަކު ވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމެވެ. އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމުދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމިއޮންނާނަމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރިންނެވެ. އެ މަނިކުފާނު ވިދާޅުވީ، މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލް ކޮށްދޭނީ ވެސް މަސައްކަތްތެރިން ކަމަށެވެ.
"ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީންނެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
02 May 2025
ފުރަތަމަ އޮތީ މަސައްކަތްތެރިންގެ ނިސްބަތް %75 ދިވެހީންނަށް ހެދުމެވެ. މިލަނޑުދަނޑި ޙާސިލުވާނީ ދިވެހިންނަށް ހުރި ނަސްލީތަފާތުކުރުން ނައްތާލެވިގެންނެވެ! ދުވާލަކު 14 ގަޑި އިރު މަސައްކަތް ކުރުވުމީ އިންސާނުން މައްޗަށް އޮތް ކަމެއްް ނޫނެވެ! ދިވެހިންނަށް ނުދޭ އެކޮމަޑޭޝަން ބޭރުމީހުނަށް ދޭންޖެހޭހެއްްޔެވެ؟ ކޮއްތުފައިސާވެސް އޮތީ ބިދޭސީންނަށް އެކަންޏެވެ!
އެކިހިނެތް
01 May 2025
މަސައްކަތްތެރިންގެ އަޑު ނާހަންވެގެން ހިނގާލުމެއް ކުރިއަށް ގެންދިއަ ނުދީ އެއްގަޑިއިރަށްވުރެ ގިނައިރު ހިފެހެއްޓި ސަރުކާރަކުން ތި ކިޔާ އެއްޗަކާ އަމަލާ ދިމާވޭތަ؟ ފަންސާހަކަށް މީހުން ހަމަނުވާ ހިނގާލުމެއްގެ ބައިވެރިން ދެކެ ބިރުން އުޅުން ތިއީ ބޮޑުވަރު.
ކިއްލާ2222
01 May 2025
ހުސް ބޭރުމީހުންނަށް ވަޒީފާ ތައް! މިނިމަމް ވޭޖް ބޭރުމީހުންނަށް ވެސް ހަމަ ޖައްސާ ދިވެހިންނަށް ވަޒީފާ ލިބުމުގެ ހުރި ދަތި ކަން ފިލުވާލަ ދީ! ކޯޓާ ތައް އެހާ ފަސޭހައިން ދޫނުކޮށް ދިވެހިންގެ ހައްގު ތައް ރަގަޅަށް އަދާ ކުރޭ
ކައިއަބްދުﷲ
01 May 2025
ކައުންސިލުތަކުގައި ތިބި އިދާރީ މުވައްޒަފުންނަށް ދޮގުހަދައި މަކަރުހަދާ އޮޅުވާލާ ގިންތި ދަށްކޮށް މުސާރަބޮޑުނުކޮށް ބިކާރީކުރި ރައީސް
ކުރިކް ރިޒާ
01 May 2025
ހެލޯ މރ. ޕުރެސިޑެންޓް، މަސައްކަތްކުރާކަމަށްވަނީ ހަމައެކަނި ސަރުކާރު ސިވިލްސާރިވިސް މުއައްޒިފުންތޯ؟ ކޮބާތޯ މިގައުގެ ހަގީގީ އުފެއްދުންތެރިން. އާދެ ޕުރައިވެޓް ސްކްޓާރ. އެމީހުންނަށް އޮތީ ކޮންއެއްޗެއްތޯ
ޢަލިކާ ދިއްދޫ
01 May 2025
ކޮންމެއް ސަރުކާރެއްވެސް އައުމުގެ ކުރިން ވޯޓް ހޯދަން އެންމެބޮޑައް ދައްކާދަޅަޔަކީ ޕުރައިވެޓް ސެކުޓަރގަ މަސައްކަތް ކުރާމުވައްޒަފުންގެ ހައްގުތަކުގެވާހަކަ ނަމަވެސް ހިތާމަޔަކީ ހޮވުމައްފަހު މީއްބައެއްގެ ހައްގެއްވާކަންވެސް ހަދާންނުހުންނާތީވެ. މިހިނގާ ސަރުކާރުގަވެސް އަމަލުތައްހުރީ މިގޮތައް. ހާލަތު އޮތްގޮތުން ދިވެހި މަސައްކަތްތެރިން ގިނައިން އުޅެނީ ރަށުންބޭރުގަ ކީއްތޯވާނީ ކޮންމެއްް 4މަހަކުން އެއްފަހަރު ރަށައްދެވޭ ލުއިގޮތެއް ގާނޫނަކުންނަމަވެސް ހޯދައިދިނުން
ހަސަންބެ
01 May 2025
އެހެންވިއްޔާ ފުލެޓް އާއި މާ ގަޔާނުވެ އިސްކަން ނުދެނީ ކީއްވެ? ދެންވެސް މުޒާހިރާ ކުރަންދެން ފިނިހަކަ ސްޕީޑްގަ ތިބެނީ, ގާއިމް ނިމޭނެ ދުވަހެއްވެސް އިގޭނެތާ, ނޫ މަޑުކުރަނީ ލޯކަލް އިންތިހާބަށޭ ބުނަންވީ ނޫން ކެރިގެން.
މިއައު
01 May 2025
ހެޔޮ ނުވާނެ ސަރުކާރު ކުންފުނިތަކުން ކުންފުނި ތަކަށް ދޫކުރަން ޖެހޭ ފައިސާ ދޫކޮށްބަލަ. ކިހާ ދުވަހެއް މިވަނީ. މަސައްކަތްތެރިންނޭ ކިޔާފަ ކުދި ވިޔަފާރިތައް މިއޮށްގެން ފުނޑެނީ
ޢަލްޓިކޯ
01 May 2025
ޓަޫރިޒަމް ދުވަހު ސިވިލްސާރވިސް މުވައްޒަފުންނަށް ބަންދު އޮފްދުވަހެއްްގޮތުގަ ރިސޯރޓް ބޯއިސް މަސައްކަތުގަ އެދުވަސް އޮފްދުވަހެއްގެ ގޮތުގަ އެޑްވެސްނުކުރެވޭ.ހަމަ އެހެންމެ ލޭބަރޑޭގަ އެޑްމުން ސްޓާރފުންނަށް ބަންދު އޮފް ލޭބަރ އިން މަސައްކަތުގަ ފަހުންވެސް އޮފްއްގެ ގޮތުގަ އެޑްނުކުރެވޭ އެދުވަސް.. މީތިކަޑަ