ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރި އައިޝަތު މުހައްމަދު
10 މެއި 2025 - 14:02
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އެ އޮފީހުގެ އިސް ވަކީލެއް ކަމަށްވާ އައިޝަތު މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ބޮޑެތި ގިނަ މައްސަލަތަކެއްގައި ދައުލަތް ތަމްސީލް ކުރައްވާފައިވާ އައިޝަތު މުހައްމަދަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ޕަބްލިކް ޕްރޮސިކިއުޓަރެވެ. އޭނާ ޕީޖީ އޮފީހާ ގުޅިވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
މީގެކުރިން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރެވެ. އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޕީޖީ އޮފީހުގައި ދެ ޑެޕިއުޓީން ތިއްބަވާއިރު، އައިޝަތު މުހައްމަދުގެ އިތުރުން މިހާރު އެ މަގާމުގައި ހުންނެވީ މަހުމޫދު ސަލީމެވެ.
މީގެއިތުރުން ޕަބްލިކް ޕްރޮސިކިއުޓާ ހުސެއިން ސާމީ ވަނީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފަ އެވެ. އޭނާ ޕީޖީ އޮފީހާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސާރަަަަ
10 May 2025
ހޫމް. މުވައްޒަފުން ކައިރީ ދެއްކި ވަާހަކަ ހަދާން ނެތުނީބާ؟ ބުނީތީ އެހިން، އެންމެ އިސްކަމެއް ދޭނީ މުސާރަ ބޮޑުކުރުމަށޭ. އެހެން ބައެއްގެ މުސާރަ ދޯ މި ބޮޑުކޮށްލީ؟؟
ވަކީލް
10 May 2025
މަހުހަބާ އައިޝާ.
އަތްބަޅޭ
10 May 2025
ސާމީ ކަޑައިން ހިލޭ ސައި ލިބޭނެތަ ދެން
ހުސައިން ޢަބްދުﷲ
11 May 2025
މީކޮންތަނެއްތަ
ރުގީ
10 May 2025
ރައީސް ޔާމީނު އާދެކޮޅަށް ކޯޓައް ހިގީތީ ވެދުމަށް އެރުވި މަގާމްފުޅު. ދެން ކަލޭމެން ބުނެބަލަ މި މަންޖެ މިނިވަން ވާނެ ގޮތެއް؟
އަހުމަދުބިންސުލައިމާން
11 May 2025
ވަކި ރައީސް ޔާމީން އެއް ނޫން. ޖިނާއީ ކުށް ކުރުމުން ދައުލަތުން ވަކާލާތު ކުރާނީ ދައުލަތުގެ ވަކީލުން. ޔާމީނު ކުށެއް ނުކުރި ނަމަ ނުޖެހޭނެ ދައުވާ ކުރަން. އެއީ ކުޅަދާނަ ވަކީލެއް.
ލަދުވެތި
10 May 2025
މާތް ކަލާ ކޮއްޓަކާ. ދައުލަތުގެ ބަޖެޓުން ފެންވަރެއް ނެތް ސިޔާސީ ކުނިބުންޔަށް މަގާމު ދެންޔާ ވަކި މިނިސްޓުރީ އެއް ހަދާބަލަ މިނިސްޓުރީ އޮފް ސިޔާސީ އެޕޮއިންޓީޒް އެންޑް ނެޕޯ ބޭބީސް ކިޔާފަ. ކިހާ ދެރަ ކަމެއްތަ މީ ދެން އޭ.
ގޯޅި 5
10 May 2025
ޕޖީއޮފީހުގެ މުވައްޒަފުން އަތުން 220 ކުލަބަށޭ ، ކިޔާގެން ގަދަކަމުން ނަގާ ފައިސާ ނެގުން ހުއްޓާލުމަށް ގޮވާލަން / ތިކުލަބަކީ ވަކިބައެއްގެ ފައިދާއަށް ހިންގާކުލަބެއް.
މުނާާ
10 May 2025
ޕީޖީ އޮފީހެކޭ ރަށުކައުންސިލޭ އެއްވަރު. މުސާރަ ބޮޑުވަނީވެސް ވަކީ ވަކީލަކަށް. އަލަށް ވަންނަ މުވައްޒަފަށްވެސް ލިބޭ ކުރިއެރުންތައް މާރަނގަޅު.
މަހުމޫދު
10 May 2025
ދެން ފެންނާނީ މުވައްޒަފުންގެ ޒާތީ ކަންކަމާބެހޭ ތަން . ކޮންމެވެސް އުސޫލެއް ނެރޭނެ. ދަނބުކުލާގެ ހެދުމެއް ނުލެވޭނެ
ކައްޕަޅި
10 May 2025
ހާދަ އޯލްޑް ސުޓައިލް ސިފަ އެކޭ ތީ އެކަމު. އައިޝާ ނީޑް ޓު އަޕްގުރޭޑް ހާ މައިންޑް ސެޓް
ފާތުންް
10 May 2025
ޕީޖީ އޮފީހަކީ ވ. ކޮރަޕްޓްތަނެއް. މުވައްޒަފުންނާއި ދޭތެރޭވަރަށް ވަރަށް ހަޑިކޮށްކަންކަން ކުރާ ތަނެއް. ޚާއްސަކޮށް ވަކީލުންގެ އަގެއް ނެތް.
ނާގާބިލުމީހުން
10 May 2025
ހަހަހަ ސާމީ؟؟؟ އެތައްބައިވަރު ތަޖުރިބާހުރި ޖިނާއީ އިޖުރާއަތަށް ފަރިތަ ވަކީލުންތަކެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގަ ތިއްބަ މާބޮޑުތަޖުރިބާއެއްވެސް ހިލްމެއްވެސް ނެތް މީހަކަށް ހާދަ މަތީ މަގާމެކޭ. ކުރީގެ މެންބަރު އަދި މިހާރު ސަރުކާރުގެ ކުންފުންޏެއްގަ އެންމެ އިސްމަގާމަށްހުރި ކުރީ މެންބަރު އަލީ ސަލީމުގެ ކޮއއކޮވީމަ އެއުސޫލުން ލިބުނީ ދޯ