އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް - ފޮޓޯ: މަޖިލިސް
12 މެއި 2025 - 10:37
މަގުތަކުގައި ތާރު އެޅުމުގެ ގާބިލްކަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގައި "މި ވަގުތު ނެތް" ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ތިމަރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން އެ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.
މުއްތަލިބް ވިދާޅުވީ، އާރުޑީސީއާ ހަވާލުކޮށްފައިވާ ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީ އިންޑިއާ ކުންފުންޏަކަށް ސަބް ކޮންޓްރެކްޓް ކޮށްގެން ކަމަށެވެ.
ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، އެ ކުންފުނިން އެއްވެސް މަސައްކަތަކެއް ކޮށްފައި ނުވާތީ، އެ މަސައްކަތް ފަހުން ކޮށްފައިވަނީ އާރުޑީސީން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް - ފޮޓޯ: މަޖިލިސް
އާރުޑީސީން މަގުތަކުގެ މަސައްކަތްކޮށް، ތާރު އެޅުމާ ހަމައަށް ގެންގޮސްފައިވީ ނަމަވެސް، މަސައްކަތް މި ވަގުތަށް މަޑުޖެހިފައި އޮތީ ތާރު އެޅުމުގެ ގާބިލްކަން އެ ކުންފުނީގައި މިވަގުތު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ. އެ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރުޑީސީއާ އެކު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.
އާރުޑީސީގައި އަމިއްލަ އަށް ތާރު އެޅުމުގެ ގާބިލްކަން މިވަގުތު ނެތް ކަމަށް މުއްތަލިބް ވިދާޅުވިއިރު، އެއީ އެކި ރަށްރަށުގެ މަގުތައް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މަގު ހަދާ މައި ކުންފުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާރުޑީސީއާ މަގު ހެދުމުގެ 37 މަޝްރޫއު ހަވާލުކުރި އެވެ. އޭގެ ތެރެއިން މަސައްކަތް ފެށި ބައެއް ރަށްތައް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެެވެ. ބައެއް ރަށްތަކުގައި ހޮޅިވަޅުލަން މަގުތައް ކޮނެ ބޮޑެތި ފަސް ފުނި ޖަހާ ހިސާބުން ވެސް މަސައްކަތް މެދުކެނޑިފައި ހުރި ކަމުގެ ޝަކުވާ ކުރި އެވެ.
އޭގެ ފަހުން މި ސަރުކާރުން ހަވާލުވުމަށް ފަހު ހުއްޓިފައިވާ ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް އާރްޑީސީން ބުނެފައިވެ އެވެ.
މި ފަހުން ވެސް މަގު ހެދުމާއި ބައެއް ރަށްރަށުގެ ހޮސްޕިޓަލާއި އިތުރު ބައެއް ޕްރޮޖެކްޓުތައް ހިންގުމަށް އާރްޑީސީއާ ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ އައްޑޫ ލިންކު ރޯޑުގެ 67.58 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއެވެ.
ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސްދުވަހުން ނިންމަން ޖެހޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
12 May 2025
ކުރީ ސަރުކާރު ދަމުން ދިޔައީ ކެޕޭސިޓީވެސް ހިފައިގެންތޯ؟.
މަކަރު ހަދޭތޯ ބަލާ ކޮންމެ ކަމެއްގަވެސް.
12 May 2025
ތިތަނުގެ ނަމަށްވެސް ހުތުރެއްނު ނުވާވަރުގެ ނަމެއް ދީގެން ތިއުޅެނީ ހަމަ އޮޅުވާލުންގަނޑު ބޮޑީ ދެއްތޮ!
ކަތްދައްތަ
12 May 2025
ކޮންކަމެއްގަތޯ ތިޔަ ވިދާޅުވާ ކެޕޭސިޓީ ހުރީ. އަޅުގަނޑުމެންނަށް ފެންނަނީ ކެވޭސިޓީ ހުރިތަން
ޕްރޮޖެކްޓް
12 May 2025
އެކަމަކު އިމާރާތްކުރުމުގެ އެތައް ޕުރޮޖެކްޓެއް އެމީހުންނާއި ހަވާލުކޮށްފި. ކަމާއިނުބެހޭ ކަންކަން ހަވާލުކުރަންޏާ ކެޕޭސިޓީ އިތުރުކުރާނީ ކިހިނެތް.
ސަންޖޭ.
12 May 2025
ތާރު އެޅުމުގެ ގާބިލްކަން އާރުޑީސީގަ ނެތް, ހައުސިން މިނިސްޓްރީގަ ނެތް ފުލެޓް ދިނުމުގެ ގާބިލްކަން, މަކަރު ހެދުމުގެ ގާބިލްކަން އަދި ނުދީ ދިގުދަންމާލުމުގެ ގާބިލްކަން އެބަހުރި.
ޢަލީ ކުރުސީ
12 May 2025
މަނިކުފާނުންގެ ނެތް މިނިސްޓަރކަން ކުރުމުގެ ކެޕޭސިޓީއެއްވެސް! ތިމާ އަށް ކަމުނުދާ މަޝްރޫޢުތައް ހިފަހައްޓައިގެން ހުންނަނީ! ވަރިހަމަ ދައުލަތަށް ކިތަންްމެ ގެއްލުން ވިޔަސް!
ފުށްޓައްޕު
12 May 2025
މިސަރުކާރުގަ ކޮންކަމަކަށްތޯ ކެޕޭސިޓީ ހުރީ. 2 އަހަރު ވީއިރު ތިއުޅެނީ 4000 ފުލެޓު ބަޔަކާ ޙަވާލުކޮށް ނުލެވިގެން.
ކިހިނެއް
12 May 2025
ދެން ށ.މިލަންދޫ ގދ.ތިނަދޫ އަމީނީ ގދ.ގައްދޫ މަގުގަ ތާރުއެޅީ ކިހިނެއް؟؟ ވެހިކަލް ކުއްޔަށް ނަގައިގެން؟؟
ބާރުޑީ
12 May 2025
އެއީ އާރުޑީސީގަ ހުންނަންޖެހޭ އެއްޗެއް ނޫން. އެއީ އުފައްދަން ޖެހޭ ކަމެއް. އެކަން ކުރަން ދަންނަ މީހުންނާއި މެޝިނަރީ ހޯދުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް. މުއްތޮލިބު ހީކުރީ ތިބޭފުޅުން ވެރިކަމަށް އަންނައިރު ހުރިހާ ކަމެއް ހުންނަންޖެހޭނީ ފުރިހަމަ ވެފައި ކަމަށްތޯ؟
މިވަރުގެ މޮޔައިން!
12 May 2025
ކުރީސަރުކާރުން މިހާރުވެސް ބަލަހައްޓާނެކަމަށް އެތިބީ!
ލޮރަލް
12 May 2025
ވަގަށް ނެތި އެތައް މިލިއަން ރުފިޔާ އެއް ހޯދުމުގެ ގާބިލް ކަން ހުންނާނެ އެވެ . އެކަން ވެސް ނުވި އެވެ . މޫކޭ އާ ސުވާލު ކޮށްލަ ބަލާށެވެ . ނުވާނަމަ އިސްތިއުފާ އެވެ .