އިމިގްރޭޝަނުން ހުޅުވާލާފައިވާ 50 ވަޒީފާއަށް ކުރިމަތިލާން ގިނަ ބަޔަކު ކިޔު ޖެހިގެން. --ފޮޓޯ: އިމިގްރޭޝަން
25 މެއި 2025 - 16:48
އިމިގްރޭޝަންގެ 50 ވަޒީފާ އަށް ހާހެއްހާ އެއްހާ މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން 750 އެއްހާ މީހުން ޝަރުތު ހަމަވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
އިމިގްރޭޝަން އޮފިސަރުން ހޯދަން އިއްޔެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ގަލޮޅު ސްކޫލުގައި ގެންދިޔަ ވޯން-އިން އިންޓަވިއުއަށް ބޮޑު ކިއޫއެއް ހަދާފައި އޮތެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވަޒީފާއަށް ހުޅުވާލުމުން 876 މީހުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 758 މީހުންނެވެ.
އެ އަށް ފަހު، ނަމްބަރު ދޫކޮށް އިންޓަވިއު ކުރިއަށްގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ފުރަތަމަ އިންޓަވިއު ގެންދިޔައީ ހަ ޕެނަލަކުން ކަމަށެވެ. އެކަމަކު، ފަހުން 10 ޕެނަލަށް އިތުރުކޮށް ރޭ 12 ޖަހަންދެން އިންޓަވިއު ކުރިއަށް ގެންދިޔަ އެވެ.
އިންޓަވިއުގެ ބައެއްގެ ގޮތުގައި މާދަމާ އަދި ޖެހިގެން އަންނަ އަންގާރަ ދުވަހު އިމްތިހާނު ހަދާނެ އެވެ. އެ ޓެސްޓަށް ފަހު ވަޒީފާ ލިބޭ މީހުންގެ މައުލޫމާތު އިމިގްރޭޝަންގެ ވެބްސައިޓުގައި އާއްމުކުރާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިދްމަތް
26 May 2025
ގައުމީ ޚިދްމަތަށް ހުޅުވާލުމުން 600 މީހުން. ރިޝްވަތު ހިފޭ، ފަސޭހައިން ސަލާން ބުނެވޭ ވަޒީފާއަށް 1000 މީހުން.
ރާއްޖެ2.00
25 May 2025
މިފެނިގެންދަނީ މުއައްސަަސާތައް ޓެކްނޮލޮޖީއާއަށް ވުރެ ފަހަތުގައިވާ މަންޒަރު، ވަޒީފާއަށް އެދެން މިވަރަށް ދިވެހިން ތަޅުވާ ކިއުގަ ޖައްސާކަށް ނުޖެހޭ. އެފަރާތްތަކުގެ ވަގުތު މިޔަށްވުރެ ރަނގަަަޅަށް ބޭނުންކުރަންޖެހޭ
އައިމިނާ
25 May 2025
މި ގައުމުގެ ޒުވާނުން ވަޒީފާ ނެތިފަ އެއަށް ބޭނުންވެފަ ތިބޭވަރު ފެނިގެން މިދަނީ. ފެކްޓަރީއެއްވިޔަސް އަލުން ހުޅުވުން ކިހިނެއްވާނެބާ. ރާއްޖޭގަ މޭވާހައްދާފަ ޖޫސް ހަދާ ފެކްޓްރީއެއް. ފަހާ ފެކްޓްރީއެއް. ކޮންމެވެސް ގިނައިން ވަޒީފާ އުފެއްދޭނެ ގޮތެއް ބަލަމާބަހީ ޢިލްމުވެރި ތަޖުރިބާކާރުންނޭ.
އ
25 May 2025
ބަނޑައް ޖެހުމެކޭ ވަޒީފާއައް ޖެހުމެކޭ ތަފާތެއް ނެތް... ރައްޔަތުން ދިރިއުޅެން ދަތިވެފައިވާ މިންވަރު ހާމަވީ....ދެން ވިސްނާލާ ކަރަޕްޝަން ހިގާނެ މިންވަރު...
ކޮރަލް
25 May 2025
ސަރުކާރުން ލަދު ގަންނަން ޖެހޭ ކަމެކެވެ . ބިދޭސީން މިނިވަން ކަމާ އެކު ޖީއެސްޓީ ނުދައްކާ އެދަނީ ވިޔަފާރި ކުރަމުންނެވެ . އަލަށް އަންނަ ނޭޕާލް މީހާ އަކީވެސް ފިހާރައިގެ މެނޭ ޖަރެވެ . އިނގިރޭސި ނޭގުނަސް ދިވެހި ނޭގުނަސް ވިޔަފާރި ކުރަނީ އެވެ . ދިވެހީން ނަށް ވަޒީފާ ލިބެނީ ވެމްކޯ އިން މަސައްކަތު މީހަކަށެވެ . މާލޭގަ 90 ޕަސެންޓް ބިދޭސީ ވިޔަފާރި އެވެ .
އުދުހޭ
25 May 2025
ޑީ ފާސް އޮތީ ކިތައް މީހުން؟ އެއަށްވުރެ މަތިވީމަ ގައުމިއްޔަތަށް ނުފެތޭތީ ވަޒީފާ ނުލިބިދާނެ