ވިޔަފާރި / ޔުނިވާސަލް ފައުންޑޭޝަން

"ޑިސްކަވާ ހޮސްޕިޓަލިޓީ"ގެ ހަ ވަނަ ބެޗު ނިންމައި އާ ބެޗެއް ފަށައިފި

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖް ގުޅިގެން ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ބެޗު 6 ނިންމި ދަރިވަރުންނާއި އެ ޕްރޮގުރާމުގެ ދަށުން މިދިޔަ އަހަރު ފެށި ކަލިނަރީ އާޓްސްގެ ފުރަތަމަ ބެޗު ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި އެވެ.

ޑިސްކަވާ ހޮސްޕިޓާލިޓީ ބެޗު 6 ފުރިހަމަ ކުރި 17 ދަރިވަރުންނާއި ކަލިނަރީ އާޓްސް ޕްރޮގުރާމު ފުރިހަމަ ކުރި ނުވަ ދަރިވަރުން ވަނީ މި ރަސްމިއްޔާތުގައި ދަސްވެނިވެފަ އެވެ.

އެ ރަސްމިއްޔާތުގައި، މި އަހަރު ފަށާ ޑިސްކަވާ ހޮސްޕިޓާލިޓީގެ ހަތް ވަނަ ބެޗަށް ހޮވުނު 20 ދަރިވަރުންނާއި ކަލިނަރީ އާޓްސް ޕްރޮގުރާމަށް ހޮވުނު ނުވަ ދަރިވަރުންނަށް ވަނީ ލިޔުން ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވަނީ "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގުރާމަކީ ގިނަ ބަޔަކު ބަލައިގެންފައިވާ ކާމިޔާބު ޕްރޮގުރާމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޕްރޮގުރާމު މިހާތަނަށް ފުރިހަމަކުރި ދަރިވަރުންގެ 80 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް، ޓޫރިޒަމް ދާއިރާގައި މިހާރު މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމަށް ހިންގާ މި ޕްރޮގުރާމު އިތުރަށް ފުޅާކޮށް، ޓޫރިޒަމް ދާއިރާގެ ކަލިނަރީ މަސައްކަތްތުގައި ދިވެހިންގެ ޝާމިލުވުން އިތުރުކުރުވުމަށް ފެށި ކަލިނަރީ އާޓްސް ޕްރޮގުރާމަށް ވެސް ހޫނު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި މި ޕްރޮގުރާމުގައި ބައިވެރިވުމަށް ބެލެނިވެރިން ދަރިވަރުންނަށް ބާރުއަޅާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވަނީ މި ޕްރޮގުރާމު މެދުވެރިކޮށް ޓޫރިޒަމް އިންޑަސްޓްރީގައި މީހުން ތަމްރީނުކުރުމުގައި އަންހެން ކުދިން ބައިވެރިވާ މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޕްރޮގުރާމުގެ ބޮޑު ބަޔަކީ ރިސޯޓުތަކުގައި ހޭދަކުރާ ޕްރޮގުރާމަކަށް ވާއިރު މިއީ ވޯކް ޕްލޭސް އިންޓަގްރޭޝަންގެ ނަމޫނާ ޕްރޮގުރާމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ

މި ޕްރޮގުރާމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އުފައްދާ، އެ ދާއިރާއަށް މީހުން ބިނާކުރުމުގެ ޕްރޮގުރާމަކަށް ވާއިރު، ޕްރޮގުރާމު ކާމިޔާބުކަމާ އެކު ގެންދިއުމަށް ޔުނިވާސަލް ފައުންޑޭޝަނާއި ޔުނިވާސަލް ގްރޫޕުން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމާއި އެ ދާއިރާގެ މެހެމާންދާރީއަށް ދުނިޔޭގެ މަގުބޫލުކަން ލިބިފައި ވާއިރު އެކަމަށް ގާބިލު މީހުން ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި އެ ޕްރޮގުރާމު ލިބުނު އިލްމާއި ތަޖުރިބާގެ ބޭނުން ފުރިހަމައަށް ހިފުމަށް ދަރިވަރުންނަށް ގޮވައިލެއްވި އެވެ.

"ޑިސްކަވާ ހޮސްޕިޓާލިޓީީ" އަކީ ޔުނިވާސަލް ފައުންޑޭޝަން އިން ވިލާ ކޮލެޖާ އެކު 2007 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 152 ދަރިވަރުން ވަނީ ގްރެޖުއޭޓުވެފަ އެވެ. މި ޕްރޮގުރާމަކީ ވިލާ ކޮލެޖުން ތިއަރީގެ ބައިތައް ކިޔަވައި ދިނުމަށް ފަހު ޔުނިވާސަލްގެ އެކި ރިސޯޓުތަކުން އަމަލީ ތަޖުރިބާގެ ބޮޑު ބައެއް ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454