އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ރަށެއްގެ ކައުންސިލަށް ގަސް ހަވާލުކުރައްވަނީ.--- ފޮޓޯ: މިނިސްޓްރީ
17 އޯގަސްޓް 2025 - 15:26
ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރަން ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ގަސް ފޮނުވައިފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައިި ށ. އަތޮޅުގެ ހަތަރު ރަށް ކަމަށްވާ ފުނަދު އާއި ނަރުދު އާއި ޅައިމަގާއި ބިލެތްފައްސަށް މި މަހުގެ ތެރޭގައި ފޮނުވީ 1،159 ގަހެވެ. މި ރަށްތަކަށް ފޮނުވީ، އާއްމުކޮށް ރަށްރަށުގައި ހައްދާ، އަލަ އާއި ބަނބުކޭލާއި ޖަނބުރޯލާއި މުރަނގަ ގަހެވެ. މި ގަސްތައް ފޮނުވީ ރަށްރަށުގެ ގެތަކާއި އޮފީސްތަކަށެވެ.
- 65 ބަނބުކެޔޮ ގަސް
- 116 ޖަނބުރޯލް ގަސް
- 111 މުރަނގަ ގަސް
- 32 އަލަ ގަސް
- 59 ބަނބުކެޔޮ ގަސް
- 52 ޖަނބުރޯލު ގަސް
- 51 މުރަނގަ ގަސް
- 216 އަލަ ގަސް
- 60 ބަނބުކެޔޮ ގަސް
- 71 ޖަނބުރޯލު ގަސް
- 67 މުރަނގަ ގަސް
- 56 އަލަ ގަސް
- 29 ބަނބުކެޔޮ ގަސް
- 29 ޖަނބުރޯލު ގަސް
- 29 މުރަނގަ ގަސް
- 116 އަލަ ގަސް ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރަން ކައުންސިލްތަކުން ވެސް ރަށްރަށަށް ގަސް ފޯރުކޮށްދޭން މިނިސްޓްރީން އެދެ އެވެ.
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ގަސް ފޯރުކޮށްދެމުން އަންނައިރު، މިދިޔަ ޖޫން މަހު ހދ. ހަނިމާދޫ ކައުންސިލަށް ވަނީ 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލި
18 August 2025
އަލަ ހައްދާ ކަމަށް އެނގިފައި ނުވާ އުތުރުގެ ރައްރަށަށް 50 އަލަ ގަސް ފޮނުވާގެން ކާނާގެ ޔަގީންކަން މެކުހަށް ޖަހާފައި ތިޔަ އޮތީ. ތިއަށްވުރެ ރަނގަޅެއް ނޫންތަ ޕްރޮޑަކްޓިވިޓީ މަތިކުރެވޭނެ ގޮތަކަށް ދަނޑުވެރިކަން ކުރެވޭނޭގޮތް ތައާރަފު ކުރިއްޔާ.
ކޮރަލް
18 August 2025
ރާއްޖެ އަށް މިހާރު ބޮޑަށް ބޭނުން ވަނީ ރާއްޖޭގެ މާހައުލުގަ ހެއްދޭކަހަލަ މޭވާ އަޅާ އާ ވައްތަރުގެ ގަސް ތަކެވެ.
ސީވީޑް
18 August 2025
މިއީ ވަރަށް ރަނގަޅު ކާނާ ހެދޭ ގަސްތަކެއް.
ދަގަތްފާނު
17 August 2025
މާލެއިން ބޯޅަކޮޅެއް ހަދިޔާކޮށްފި، ގަސްކޮޅެއް ހަދިޔާކޮށްފި، މަދިރިއަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމު ހިންގާފިބާ. އަތޮޅުވެރިންގެ ޒަމާނުގެ ކުލަވަރު މަޑުމަޑުން މިފެންނަނީ.
ޟމމމމ
17 August 2025
މި ވާނެ މި ރަށްތަކަށް މި އަހަރު ހިންގުނު އެންމެ ބޮޑު ޕްރޮޖެކްޓަށް.
މުޑަހަންޖާ
17 August 2025
ތިޔަ މިނިސްޓްރީ އުވާލަންޖެހޭކަމުގައި އަހަރެމެން ދެކެނީ. ދެތިންރަށަކަށް ގަސްކޮޅެއް ހަދިޔާކުރަން މާސިންގާ މިނިސްޓްރީއެއް ހުރުމުގެ ބޭނުމެއްނެތް. ތިޔަ 4 ރަށަށް ފައިސާކޮޅެއް ދިނީމާ ކައުންސިލުންވެސް ބަނބުކެޔޮގަސްކޮޅެއް ހޯދަފާނެ މިޒަމާނުގައި.
ޛރ ޖަންޖަބީލު
17 August 2025
މިވެސް ހަބަރެއްތަ؟؟
ދޮހޮއްތުބެ
17 August 2025
މިއީ ވަރައް ރަނގަޅުކަމެއް .. އަދިވެސް ގިނައިން ރިސޯޓުތަކައްވެސް ވިއްކޭ ބާވަތުގެ އަނބާ މިނޫންވެސް ގަސްގަސް ފޮނުވަންވީ
ކަބަޑު
18 August 2025
ކަލޭ ހީކުރީ ރިސޯޓުތައް އުޅެނީ އަނބުގަހެއް ހޯދާނެގޮތެއް ނެތިގެންނޭތަ.
ކަމަނަ.
17 August 2025
އަނބުގަހެއް ފޮނުވަބަލަ. މިދިލިވެސް ވަރަށްބޭނުން.