ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ކުރިނބިއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 އޯގަސްޓް 2025 - 11:06
ރަށްރަށުގެ ތަރައްގީއަށް ވައުދުތައް ވަނީ އެ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބިއަށް މިިއަދު ވަޑައިގެން، ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އިންތިހާބުގެ ފަހުން ވެސް ވައުދުތައް ވެވަޑައިގެންފައިވާނެ ކަމަށެވެ.
ވައުދު ވަނީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން އޮތުމުންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެންމެ އިސްކަން ދެއްވަނީ ވެސް އެކަމަށް ކަމަށެވެ.
"އަޅުގަނޑުވާނީ ރިޔާސީ އިންތިހާބުގައި އަދި ފަހުން ވެސް ވާނީ މިރަށުގެ ތަރައްގީއަށްޓަކައި ބައެއް ކަންތައްތަކުގެ ވައުދުތަކެއް ވެފައި. އަޅުގަނޑު ވައުދުތައްވީ ހަމަ ހަގީގަތުގަ ވެސް އެ މަސައްކަތްތައް ފުރިހަމަކޮށްދިނުމުގެ އަޒުމުގައި އަދި ނިޔަތުގައި. އަދި އެގޮތަށް މަސައްކަތް ކުރެވޭނެކަން ޔަގީންވާތީ،" ކުރިނބީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ކުރިނބިއަށް ވަަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ ރަށަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި އެ ވައުދުތައް ފުއްދެވުމުގައި ކުރިއަށް ގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން މިހާރު ކުރިއަށް ގެންދާ ބަނދަރުގެ މަސައްކަތާއެކު ރައްޔިތުން ބޭނުންވި އިތުރު ކަންކަން ހިމަނައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބޭރު ތޮށީގެ ޖާގަ ބޭނުން ކުރެވޭ ގޮތަށް ހެދުމާއި މޫދަށް އެރޭ ތަނަކާއި އޮޑި އެހެލާނެ ސަރަހައްދެއް ހެދުމާއި ބަނދަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ބަނދަރު ހަދަމުންދާއިރު އެ މަސައްކަތްތައް ކުރުމުން ހަރަދު ކުޑަވެ، މަސައްކަތް ވެސް އަވަސްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރައީސް ވަނީ އެ ރަށުގައި މިހާރު ބޭނުން ކުރަމުންދާ ސިއްހީ މަރުކަޒުގައި އަލަށް އެޅުމަށް މިއަދު ހަވާލުކުރި އިމާރާތާއެކު ހުރިހާ ވަސީލަތެއް ފުރިހަމަވުމުން އެތަން 24 ގަޑިއިރު ހިދުމަތް ދޭ ތަނެއްގެ ގޮތުގައި ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައީސް
27 August 2025
ވީ ވައުދެއް ވިއްޔާ ފުއްދާނެ. ރައްޔިތުން އެބަ ޖެހޭ ކެއްތެރިވާން ދަސްކުރަން.
ސުލޯލިހު
27 August 2025
ކުޑަވެސް ޝައްކެއް ނެތް ރައީސް. ކުރިއަށް ވަޑައިގަންނަވާ.
ޖައިޝމ
27 August 2025
ރައީސް އަކީ ހަމަ ބެސްޓް ފުރިހަމަ ކަން ތާ އަބަދައްވެސް އިތުބާރުކުރަން ވައުދު ފުއްދާނެކަން.❤️❤️❤️❤️❤️❤️❤️❤️❤️❤️
އުނބު ރައީސް
27 August 2025
އޯކޭ
ޔޫހާ ވަލީދު
27 August 2025
ރައީސް ޑރ.މުޢިއްޒުގެ ޤައުމީ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުން. ރައްޔިތުން އެދޭ ކަންކަން ފަހިކޮށްދެއްވުމުގައި ރެއެއް ދުވާލެއް ނެތި ހީވާގިކަމާއެކު ދަނީ މަސައްކަތް ކުރައްވަމުން.
ނާޑުވާ
27 August 2025
މިއަދު ރަސްމާލެއަށް ޓަނަލުން ލާފަ ދަނިކޮށް މިޔަރެއް ނުހިފީ ހަމަ ކިރިޔާ. މާލެއިން ރަސްމާލެއަށް ދަތުރުކުރާ މީހުންގެ ރައްކާތެރިކަމަށް އެސަރަހަދުގެ ވަކި ހިސާބަކަށް މިޔަރު ވަނުން މަނާކޮށް ބޯޑެއް ޖަހާލަދީ.
އޮނަރަބްލް އަފީފު ދީދީ
27 August 2025
އެކާވީސް ވަނަ ޤަރުނުގައި އަދިވެސް ވަކިރަށަކަށް ނުވަތަ ވަކި ރަށް ރަތަކަށް އަމާޒުކޮށް "ރަށްރަށުގެ ތަރައްޤީގެ ނަމުގައި" ކަންކަން ކުރުމުގެ ބަދަލުގައި "ރާއްޖެ ތަރައްޤީ ކުރަން" މަސައްކަތް ފަށައިގަންނަ ތަނެއް ނުފެނޭ. ސީދާ ވަކިރަށަކަށް ނުވަތަ ވަކި އަތޮޅަކަށް ހިންގާ ތަރައްޤީގެ ކަންކަން ކާމިޔާބު ކުރަން ވަރަށް އުދަގޫ ވާނެ. އެހެން ކަމުން މުޅި ރާއްޖެ ތަރައްޤީކޮށް ކުރިއެރުވުމަށް ޕްލޭންތަކެއްކޮށް އެކަންކަމަށް ވައުދު ވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
27 August 2025
ރާއްޖޭގެ 5 ލައްކަ ރައްޔިތުންނަކީ ދުނިޔޭގެ އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ ސިނާއަތުގެ މަންޒިލްގެ ރަށްވެހިން ކަމަށްވިޔަސް އެމީހުންގެ ނިކަމެތިކަމާއި ފަޤީރު ހާލަތުގެ ނާޖާއިޒު ބޭނުން ކުރުމަށްޓަކާ، ތަރައްޤީ ކުރުމުގައި "ކުޑަރަށެއް ބޮޑު ރަށެއް ނުބަލާނެ ކަމަށާއި، އާބާދީ ބޮޑުވިޔަސް ކުޑަވިޔަސް ފަރުވާލެއް ނުބަހައްޓާ ތަރައްޤީ ކުރާނެ ކަމަށް" މާލޭސަރުކާރު ހިންގާން ތިބޭ މީހުން ހަށި ފުޅާކޮށްފަ ބުންޏަސް އެކަން އެހެން ނުކުރެވޭނެކަން ދައުލަތުގެ ހިސާބުތަކުން ދައްކާ.
އޮނަރަބްލް އަފީފު ދީދީ
27 August 2025
އެހެން ކަމުން ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ "ރަށްތައް" ނުވަތަ އަތޮޅުތައް ތަރައްޤީ ކުރުމުގެ ނަމުގައި ފައިސާ އިސްރާފުނުކޮށް ރާއްޖެ ރީޖަން ތަކަކަށް (މިސާލަކަށް) ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ ރީޖަންތަކުގެ ގޮތުގައި "މުޅި ރާއްޖެ ތަރައްޤީކުރުމުގެ ޤައުމީ ތަރައްޤީގެ ވަޢުދު" ތަކެއްވެ އެވައުދު ފުއްދަން ސަރުކާރުން މަސައްކަތް ކުރުން ނޫންތޯ.
ވެލި ކަތީބް
27 August 2025
ހއ.ދިއްދޫގައި އަޅާ އެއަރޕޯޓް ވެފައިވާ ވައުދާ އެއްގޮތަށް އަލަށް ފަށާފައިވާއިރު މަސައްކަތް ކުރިއަށް ދާލެ ހަލުވިކަމުން މިހާރު ނުނިމިވަނީ ބިއްލޫރި އަޅަށް ޖެހޭ ރަންވޭކަމަށް ދިއްދޫ ރައްޔިތުން އެބަބުނެއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިއްދޫ އަށް އެއަރޕޯޓް ހުޅުވުމަށްޓަކައި ކައުންސިލް އިންތިޚާބާ ދިމާކޮށް ވަޑައި ގަންނަވާނެތޯ ؟ މެދު ރައްޔިތުން މިކަމާއި މެދު ސުވާލު ކުރައްވައެވެ.