ރައީސް ޑރ. މުހައްމަދު މުއިއްޒު: އަންނަ އަހަރުން ފެށިގެން އިންޖީނިއަރުންގެ ގައުމީ އެވޯޑު ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި.
30 އޯގަސްޓް 2025 - 16:28
އިންޖީނިއަރުން ގައުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން އިންޖީނިއަރުންގެ ގައުމީ އެވޯޑް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރާ އިންޖީނިއަރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓް 30 ހަމަޖެއްސީ މިއަދަކީ ރާއްޖޭގައި ހިންގު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލޭ ބްރިޖު ހުޅުވި ދުވަހަށްވާތީ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖީނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ސިނަމާލޭ ބްރިޖަށް ހަތް އަހަރު ފުރޭއިރު އެ ބްރިޖުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމާއި އިގްތިސާދާއި އިޖުތިމާއީ ހުރިހާ ހިދުމަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި 2040 ވަނަ އަހަރަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި ޑިޖިޓަލް ރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށާއި އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖީނިއަރުންގެ އިލްމާއި ތަޖުރިބާ އާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެ އެވެ.
ރައީސް ވިދާޅުވީ އިންޖީނިއަރުންގެ އަގު ވަޒަންކުރުމަށް ދެވޭ ގައުމީ އެވޯޑުގެ އިތުރުން އިންޖީނިއަރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދީ، އެކި ދާއިރާތަކުން އިންޖީނިއަރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ކާބަފައިންނަކީ މާޒީގައި ވެސް ފަންނުވެރި، ހުނަރުވެރި ބައެއް ކަމަށާއި އޭރުއްސުރެ މިއަދާ ހަމައަށް ވެސް ރާއްޖޭގެ ތަރައްގީ ނެގެހެއްޓުމަށް ދިވެހި އިންޖީނިއަރުން އަދާކުރެއްވި ގައުމީ ވާޖިބަށް ތައުރީފް ހައްގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިކިބިކ
31 August 2025
އިންޖިނިއަރުންނަކީ ހަމައެކިނި ސިވިލް އިންޖިނިއަރުންނާ މެކޭނިކަލް އިންޖިނިއަރުންނެއްނޫން.
ފޫހި
31 August 2025
މި އެވޯޑް ގިނައިން ލިބޭނީ މިގައުމުގައި އުޅޭ ބިދޭސީންނަށް ތޯއްޗެ. ހެހެ
އުނބުށޭމު
31 August 2025
އެވޯޑް ދިނުމުގެ އުސޫލަކީ ބާވާލެއްވި އެއްޗަކަށް ނުވާއިރު އަދިވެސް އަމިއްލައަށް މަމޮޅު ހެދިގެން ނޫނީ އެވޯޑް ނުލިބޭގޮތަށް އޮތް އުސޫލު ދަމަހައްޓަނީ ކީއްވެބާވައެވެ. އޭގެ ތެރެއިން ޚާއްޞަކޮށް ދައުލަތަށް ޚިދްމަތްކުރުމުން ދޭ އެވޯޑަކީ އަމިއްލައަށް ކުރިމަތިލައިގެން ނުވަތަ ކަމާނުބެހޭ ފަރާތަކުން ހުށަހަޅައިގެން ދޭންޖެހޭ އެއްޗަކަށްވާންޖެހޭ އެއްވެސް ސަބަބެއް ނުވިސްނެއެވެ. ދައުލަތަށް އެކަށީގެންވާ ޚިދްމަތެއް ކޮށްފިނަމަ ދައުލަތަށް އެނގެންވާނެއެވެ. އަދި އަގު ވަޒަންކ
ވިސްނާވިސްނާ
31 August 2025
ސަރުކާރުގެ ވުޒާރާ ތަކަށް ބަލާއިރު އިންޖިނިއަރިންގް އާއި ގުޅޭ ވުޒާރާ ތައް އުފައްދަން އެބަޖެހޭ ތިމާވެށި ވުޒާރާ އެއީ އިންޖިނިއަރިންގް އެއް ނޫނޭ ބަދަލުގައި އެތަނުން ކުރާ އިންޖިނިއަރިންގް މަސައްކަތް ތައް ހަރުދަނާ ކުރަން ވަކި ވުޒާރާ ތައް އެކަމަށް އުފައްދަންވީ އަދި އެފަދަ ވުޒާރާ ތަކުގެ ވަޒީރުންނަށް އިންޖިނިއަރުން ލާންވީ ތިމާވެއްޓޭ ކިޔައިގެން ފަތުރާ ޕްރޮޕެގެންޑާ އެއީ ހަގީގަތެއް ނޫނޭ ކްލައިމެޓް ޗޭންޖް އެއީ ދަ ހޯކްސް ދުނިޔެ އިން ތެލެއްވެސް ހުހެއް ނުވާނެއޭ
އަސްލަމް ވަހީދު
31 August 2025
މިކަހަލަ ކަންކަން ޖެހޭ ފާހަގަ ކުރަން. އޭރަށް އެމީހުންނަށްވެސް ހިތްވަރު ލިބޭނީ.
ގައު މައްޔިތު
31 August 2025
ދޭންނުޖެހޭ މީހުން ތިބިކަން ދަނެގެން ދޭތި ...
ދިލްސާދު
30 August 2025
ދުނިޔޭގެ ގައުމުތައް ކުރިއަރާފައި ހުރީ މިފަދަ އިލްމީ މީހުންގެ މަސައްކަތްތައް ބަލައިގަނެ، އެ މަސައްކަތްތަކުގެ އަގު ވަޒަން ކޮށްގެން، މީ ރަނގަޅު ފެށުމެއް ކަމުގައި ދެކެމެވެ
ރާވެރިބެ
30 August 2025
އެވޯޑެއް ދީގެން ވިޔަސް އެބަޖެހޭ ރަސްމާލެއަށް ކަނޑު އަޑިން ބިއްލޫރި ޓަނަލްއެއް ޑިޒައިން ކޮށް އަޅާނެ މޮޅު އިންޖިނިއަރެއް އުފައްދަން.
އަހްމަޑު
30 August 2025
ކޮންކަހަލަ އިނޖިނަރުނެއް ގެ މިކިޔަނީ؟
ޚނނނ
30 August 2025
ތިޔާހެން ދެންޏާ ހުރިހާ ދާއިރާއަކުންވެސް ދޭންވާނި…އިންޖިިނިއަރުންމާ ހާއްސަވަނީ ކީއްވެ
މިންވަރު
31 August 2025
މަނިކުފާނު ކިޔަވާވިދާޅުވި ދާއިރާ ވީމަ