ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެގްރިމެންޓުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
08 ސެޕްޓެމްބަރ 2025 - 09:01
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން އެއް ޓަވަރުގައި މި ހަފުތާގައި މީހުންނަށް އުޅެން ފެށޭވަރު ވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ފްލެޓުތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން އޮތް ހިސާބަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ހަމްދާން ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ މި ހަފްތާ ނިމެންވާއިރަށް ފުރަތަމަ ޓަވަރުގައި މީހުންނަށް އުޅެން ފެށޭވަރު ކުރެވޭތޯ ކަމަށެެވެ.
އެފްޑީސީން ހުޅުމާލެ 2 ގައި 17-18 ބުރީގެ 32 ޓަވަރުގައި 4،000 ފްލެޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ.
ފްލެޓް އެއްބަސްވުން ހަދައި ނިމިފައިވާ ބައެއް މީހުންނަށް އިއްޔެ އެފްޑީސީން ފޮނުވި މެސެޖުގައިވާ ގޮތުން އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމު ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލިސްޓު އޮއްވައި ދެވަނަ ލިސްޓަކަށް ނުދެވޭނެ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މި ސަރުކާރުން ނިންމީ ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.
ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮބާ މަގޭފްލެޓު
08 September 2025
76 އަކުން މަތިން ލިބި ގުރުއަތުގަ ބައިވެރިނުކުރާ މީހުންގެ ގުރުއަތު ނަގާ ވާހަކަ ބުނެފަ އޭގެ ފަހުން އެކަމުގެ ޚަބަރެއް ނެތް... މިހާރު ކުދިން އަޅެމިނިސްޓްރީ ކައިރިން މި މައުލޫމާތު އޮޅުން ފިލުވާލަދީބަލަ.
ކުރާށޭ
08 September 2025
ހުޅުމާލޭގައި އެބަޖެހޭ މަހަކު 10 ހާސް ފްލެޓްސް އިމާރާތް ކޮށް ހަވާލު ކުރަން ބޮޑަށް ފްލެޓްސް ތައް ދޭންވީ މާލޭގައި ކުއްޔަށް އުޅޭ މީހުންނަށާއި އަދި ރާއްޖެތެރޭ މީހުންނަށް ރާއްޖެތެރޭ މީހުންނަށް ބޭނުންވާ ކޮންމެ މީހަކަށް ފްލެޓް ދޭގޮތަށް ހަދަންވީ ބޮޑަށް ދޭންވީ ވެސް އައްޑޫ ފުވައްމުލައް ތިނަދޫ އަދި ކުޅުދުއްފުށި ފަދަ ބޮޑެތި އާބާދީ ހިމެނޭ ރަށްތަކަށް އެރަށް ތަކުގެ އާބާދީ %90 އަށް ތިރިކުރަންވީ އެއިރުން ރިކަރަންޓް ޚަރަދު ވަރަށް ބޮޑު ތަން ކުޑަވެގެންދާނެއޭ މިކަން
ހުއްތު
09 September 2025
ފްލެޓް ދޭންވީ މާލޭ ގެދޮރު ތިބި މީހުންނަށް އެބޭފުޅުންއަތުން އެހެން މީހުން ކުއްޔަށް ނަގަންވާނީ
ފިޔޯރީ
08 September 2025
ސަފްހާގެ އަދަދުހަމަ އެގްރީމަންޓް ތަކުގެ މީހުން ފުރަތަމަ ވައްދާނި. ޢޭގެ ފަހުން ޕީއެޗްޑީ ލޯޔަރު އެގްރީމަންޓްތައް އަލުން ބަލަންވާނެ އަދި ދެތިންފަހަރު. ޢޭގެ ފަހުން މީހުން ވައްދަންވާނީ. ޢެހެން ނޫނީ އަނެއްކާ ނެރެންޖެހިދާނެ.
ފަޅުމަސް
08 September 2025
ނެރެން ނުޖެހި ނުދާނެ، މިހާރު ކަން ކުރަމުން ދާ ގޮތަށް ބަލާއިރު.. އެގްރީމެންޓުގައި ސޮއި ކޮށްފައިވެސް، ޕޯޓަލަށް ނުވަދެވޭ ގޮތްވެސް ބައެއް މީހުންނަށް ހަދައިފި ވިއްޔަ... ތަނަށް ބަދަލު ވާ ފަހުން، ތަޅުދަނޑި އަތުލުމަކީ ހަމަ ވެދާނެކަމެއް..
ރޯނޭ
08 September 2025
ހަވާއަރުވާ ރިބަންކަނޑާ ކޭކް ފަޅަންވާނެ ،ފެމަފިރިން ހަމަ ރެޑީ
އިބޫ ފްލެޓް
08 September 2025
ކޮންއިރަކުންހޭ 75 ޕޮއިންޓް ލިބުނު މީހުންނަށް ސޮއިކުރަން ގުޅަނީ. މިކަންވެސް ވެއްޖެ މިހާރު އަރަތަކަށް
ފަޅުމަސް
08 September 2025
76 އިން މަތީ މީހުންނަށޭ ލިބުނީ.. 75 އަށް ގުޅަންވޭތަ؟
ޢަލީހުސައިން
08 September 2025
ބަލާދީފާނަންތޯ ކިތަށް ސަފްހާތޯ އިނީ ކުރީ ސަރުކާރުން ދިން އެގްރީމަންޓްގައި. 75 އަކަށްވުރެ މަތިން ލިބުނު މީހުންނާއި ހަދާފައިވަނީ ގިނަ ސަފްހާގެ އެގްރީމަންޓްއެކެވެ. ޢެހެންވެ އެ ވެލިޑްވަނީ. 75 ޕޮއިންޓް ލިބުނު މީހުންނާއެކު ހެދީ 1 ސަފްހާގެ އެގްރީމަންޓް. ޢެހެންވެ ވެލިޑް ނުވަނީ. ދެން ނުގުޅާނެ އެހެންވީމާ. ސޮރީ
ބަރުބަރީ
08 September 2025
މުއިއްޒު ސްޕީޑް ފެނޭތަ؟ ރަނުންރަނަށް ވީ ވައުދާއި އެއްގޮތަަށް
ގަޑުބަޑު
08 September 2025
ގައިމު މިސަރުކާރުން ނެރެފައިވާ ލިސްޓުގައި ބުނާގޮތުން ނަމަ 2 ހާސް މިހުންވެސް ޝަރުޠު ހަމަނުވޭ. އެހެންވީއިރު 3ހާސްމީހުން ސޮއިކުރާނީ ކިހިނެއް؟
ބަބޫ
08 September 2025
އެކަމާ ހާސްނުވެބަލަ. ރައިސްމީހާ ވައުދުވެފަ އޮތީ ލިބުނު ތަނަކުން ލިބުނު އެއްޗެއް ދޭނަމޭ. އެހެން މިހަދަނީ. ސަރުކާރުގެ ކިޔެކިއުމުން އެމީހާ ދޮގުހަދާކަން ސާބިތު ވާމީހުނަކަށް ނުލިބޭނެ