ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގެންނެވުމަށް ވީއައިއޭގެ ވީއައިޕީ ލައުންޖަށް ވެދެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
16 ސެޕްޓެމްބަރ 2025 - 11:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަަޑައިގެންވި އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނު ސަރުކާރުގެ ބައެއް އިސްވެރިންނާ އަބްދުއްރަހީމް ބައްދަލުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ބުންޏެވެ.
މަޖިލީހުގެ ރައީސްގެ ދަތުރުގައި އަރިހުގައި ގެންދެވި ވަފުދުގައި ހިމެނިވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދުދާއިރާގެ މެންބަރު މެންބަރު އަބްދުﷲ ޝަޒީމެވެ.
ރަސްމީ ދަތުރެއްގައި އަބްދުއްރަހީމް ފުރާވަޑައިގެންނެވި އިރު މީޑިއާ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ގެންދަނީ މަޖިލިސްކުރާ ގޭގެ ބޭރުގައި ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.
"މީޑިއާ ރެގިއުލޭޝަން ބިލް"ގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭތީ އެބިލު ފާސްނުކޮށް ބޭރުކޮށްލަން ނޫސްވެރިން ގެންދަނީ ގޮވައިލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯ ޓުދެލި
16 September 2025
ވަރަށް މުހިންމު ކަމެއްވީމަ އެމަނިކުފާނު ވަޑާ ގައްނަވާނީ. ގިނަ ރައްޔިތުންގެ ފުރިހަމަ އިތު ބާރާއި ތާއީދު އޮވެގެން އެމަނިކު ފާނު ހޮވިވަ ޑާގަތީ. މަދު ބަޔަކު އެމަނިކުފާނަށް ކުޑާމީސްކޮޅުވާގޮތައް ކޮމެންޓު ޖަހަނީ. މިކަމާ ރާއްޖޭ ގިނަ ރައްޔިތުން ހިތްހަމަނުޖެހޭނެ.
ރަދީފްއޮފިޝަލް /
16 September 2025
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހެހެހެހެހެހެ. ވަރަށް ރަނގަޅަށް ގައުމު ހިނގާނެ މިމީހުން ބަސްބުނަން ތިބީމަ. ލަދު ކޮބާ؟؟
އައިސަން
16 September 2025
ގޮސްލާ ގޮސްލާ. ދެން އަންނާނެކަމެއް ނެތް
ޖޯކު
16 September 2025
އެބޭކީކޭބާ ކިޔާނި އަނެއްކާ
ޕަރުވޭސް
16 September 2025
ތަންތަނަށްއަރާ ރަށުބަހުން އަވަގުރާނަ ނުގޮވާތި..
ޚިންބާ
16 September 2025
ޕާކިސްތާނު ޓިނު ވިޔަފާރިވެރިން ސެކިއުރިޓީ ވަރުގަދަކުރަންޖެހެ
މަރިޔަމް ނަވާޒު
16 September 2025
ގޮވިއްޔާ ކީއްވީ؟ މި ދައުލަތުގެ ތިން ބާރުން އެއް ބާރުގެ ރައީސަކަށް ހަދާފަ އެހެރީ ކަލޭމެން ހަމަ ވޯޓު ދީގެން.
މަ ބުނީ
16 September 2025
މަ ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް " ސީދާ ރައްޔިތުންގެ " ރައީސް އޮނަރަބަލް އަބްދުއްރަހީމްއެވެ. މިއަދު ޤަޢުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި ގިލަންވެރިކަމުން މިޤަޢުމާއި ރައްޔިތުން ސަލާމަތުގެ އައްސާރިއަށް ވާސިލުވުމަށް 2028 ގެ ރައްޔިތުންގެ ރޫހާއި ވިއްދަކީ ލޮބުވެތި މަނިކުފާނެވެ. ގޮއްމޮޖެލައްވައި ހަށިފޮޅާލައި ހިތްދެމިލައި ކުރިއަށްނިކުމެ ދުވެވަޑައިގަންނަވާށެވެ. ފަހަތުގައިމިތިބީއެވެ ހެޔޮއެދޭ ހާދިމް މަ ބުނީ:
ޢަޒްނީމާ
16 September 2025
ދެން މަޖުލީހާ ހަވާލުވާ ފަރާތުގެ ނަން ހިމަނާލިނަމަ… މިސާލު… މަޖުލީހުގެ ނައިބު ރަޢީސް މިވެނި މީހަކު މިއަދުގެ ޖަލްސާ ކުރިއަށް ގެންދާނެ
އަންޑަރ ވެއަރ
16 September 2025
ނާޒިމް
އެންމެން ހެޕީ
16 September 2025
ހާތް ޓެރީ
ހަސަން ފޭދޫ
16 September 2025
އުއްތަމަ ފަޑިޔާރުވެސް ކޮންމެސްތާކަށް ނައްޓާލީމަ ސަޅިވާނެ. 3 ބާރު 3 ގައުމަށް ބަހާލެވޭނެ ދުވަސްކޮޅަކަށް!