އަންހެނަކު، ކުޑަކުދިންތަކަކާއެކު ރަސްފަންނު ސަރަހައްދުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ސެޕްޓެމްބަރ 2025 - 17:31
އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި، މިދިޔަ މަހު އަލަށް 69 ކުއްޖަކު ރަޖިސްޓްރީވެފައިވާ ކަމަށާއި އެ ހާލަތުގައި ތިބި ކުދިންނަށް މިދިޔަ މަހު އެކަނި ވެސް 4.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެންސްޕާއިން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ވެލްފެއާ އެޖެންސީ، އެންސްޕާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިދިޔަ މަހު އަލަށް 30 މައިން/ބަފައިން ރަޖިސްޓްރީކުރި ކަމަށެވެ. އެހެންވެ، އެ އަދަދު މިހާރު ހުރީ 2،870 ގަ އެވެ.
އޭގެ އިތުރުން، އަލަށް ރަޖިސްޓްރީކުރި ކުދިންނާއެކު 4،901 ކުއްޖަކަށް މާލީ އެހީ ލިބޭ ކަމަށް ބުންޏެވެ.
އެ ކުދިންނަށް މިދިޔަ މަހު 4،905،000ރ. ދޫކޮށްފައިވެ އެވެ.
މައިންބަފައިންގެ އެހީތެރިކަމެއް ނެތި، ފަގީރު ހާލަތުގައި ދިރިއުޅޭ އަދި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ވެސް ސަރުކާރުން މާލީ އެހީ ދެ އެވެ. އޭގެ ތެރެއިން، ފޮސްޓް ބެލެނިވެރިއެއްގެ ގޮތުގައި ހަތަރު މީހަކު އަލަށް ރަޖިސްޓްރީކޮށްފައިވެ އެވެ. އެ އަދަދު 97 އަށް ވަނީ އަރައިފަ އެވެ.
އެ ހާލަތުގައި 130 ކުދިން އެބަތިއްބެވެ.
އެންސްޕާއިން ބުނީ އެ ކުދިންނަށް މާލީ އިނާޔަތުގެ ގޮތުގައި މިދިޔަ މަހު 178،500ރ. ދޫކޮށްފައިވާ ކަމަށެވެ.
އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މިހާރު ލިބެނީ 2000 ރުފިޔާގެ އެލަވަންސެކެވެ. އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ، އިތުރު 1،000ރ. ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
21 September 2025
ކޮންމެ ވެސް ފަރާތަކުން އެކަނި ވެރި މައިންނަށް އެމީހުނާ އިންނާ ނެ މީހުން ހޯދަ ދޭން ވީ އެވެ. ފައިސާ ލިބޭ ނެ މަސައްކަތެއް ސަރުކާރުން ހޯދަ ދޭން ވީ އެވެ. މުޅި މާލޭގަ ބިދޭސީ ވިޔަފާރިން ކުނި ވެފަ އެވެ. އެތަންތަނުން ދުވަނީ ނުބައި ވަހެވެ. އެއްވެސް ދިވެއްސަކަށް ވަޒީފާ އެއް ނުދެ އެވެ.
raajje
21 September 2025
މީއަދި އަލަށްއަޑުއިވުނުވާހަކައެއް، ދަރިންގެ ހަރަދު ބައްޕަގެއަތުންނަގާކަން އެނގިފައޮތީ، އެއީ 1ކުއްޖެއްނަމަ -/2000ރ އިތުރުވާކޮނމެކުށްޖަކަށް -/1000ރ ހަރަދުނެގުންގޯހެއްނޫން، ނަމަވެސް އެކަންކުރިޔަށްދަނީ ވަރަށްދޯދިޔާގޮތަކަށް، %99 މައިން ދަރިންގެ ހަރަދުގެގޮތުގައި ލިބޭފައިސާ ބޭނުންކުރަނީ ކޮންމެހެންދަރިންނަކަށްނޫން، ރަނގަޅުކާއެއްޗެއްވެސްނުދޭ، ރަނގަޅަކަށްނުވެސްބަލާ، އަދި އެހެންކައިވެންޏެއްކޮށްފިނަމަ ގިނަފަހަރު ދަރިފުޅުވަރަށްބާކީކޮށްލާ،
ކަކުނިބޯ
20 September 2025
ޢަހަރެންނަޑްފެންނަގޮތުގައި ކޮންމެ މަޔަކާ ބަފަޔަކު ތިފައިސާ ނަގަން އެބަޖެހޭ 1. ކޮންމެފިރިހެނެއް އަދި އަނހެނެއް އެހެންމީހެއްގެ ދަރިއެއް ބަލާގެން އެބަޖެހޭ ތިފައިސާހޯދަން 2. ޢަމިއްލަދަރި އެހެން ފަރާތަކަށް ހަވާލުކޮށްލާގެންވެސް އެބަޖެހޭ އޭނާއަށް ތިޔަފައިސާ ހޯދާދޭން 3. ދައުލަތުގެ ޒިންމާއެއްނޫން ހަރަދު ކުރެވެން ހުންނަމައިންބަފައިންގެއަތުން އެފައިސާނަގާދިނުމެއް ހަރަދު ކޮށް މާލިއްޔަތުހުސްކުރުމަކީ އުފަލަކީ މިބުނަނީ ޔަތީމުންގެވާހަކައެއްނޫން
ދޮންހުއްތުބޭ
20 September 2025
މި ތަނުގައި މައިންބަފައިން ވަކިވީމާ ދަރީންގެ ކަންތަކަށް އޮންނަނީ ވަރަށް ރަނގަޅު ހަމަނުޖެހޭ ގޮތަކަށް މަންމަ އަށް ހުރިހާ ޒިންމާ އެއްގައި އުމުރަށް ތާށިވާ އުޞޫލެއް! ބައްޕަ އަށް އޮންނަނީ ހަމަ އެކަނި ޓޫތަވްޒަން! އެހެންވީމާ އެ ކުދީން މަގުމަތިވުން ގޮތެއް ނޯވޭ