ވަކި ކައުންސިލްތައް ހަދަން އުޅެފިނަމަ އައްޑޫގެ ތަރައްގީ މަޑުޖެހިދާނެ ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވި.
20 އޮކްޓޯބަރ 2025 - 00:37
އައްޑޫގެ ބައެއް ރަށްތަކުގައި ވަކިވަކި ކައުންސިލުތައް ހަދަން ފެނޭތޯ ބަލަން ނަގާ ވޯޓުގެ ސަބަބުން އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް ވިދާޅުވެ، ކުރީގެ އެޓާނީ ޖެނަރަލް ހަސަން ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ހަސަން ނިސްބަތްވާ ފޭދޫގެ ރައްޔިތުންނަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިވަގުތު ރާއްޖޭގެ މީހުން އުޅޭ ރަށެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއު ހިންގަނީ އައްޑޫގައި ކަމަށާއި އެއީ 1،000 ޓޫރިސްޓު އެނދުގެ ހެދުމުގެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން އަންނަނީ އަތޮޅުގެ އެކި ޓޫރިޒަމް ޒޯނުތަކުގައި އެ އަތޮޅަށް ނިސްބަތްވާ 14 ފަރާތެއް ގުޅިގެން ކަމަށާއި އެކަމުގައި އިސްކޮށް އުޅުއްވަނީ އޭނާ ކަމަށް ވިދާޅުވި އެވެ.
ފޭދޫގެ ޓޫރިޒަމް ޒޯނުގައި މީގެ ދެ އަހަރު ކުރިން ފެށި އެ މަސައްކަތަކީ ބޮޑު އަގުދީ ބިންތައް ގަނެގެން ހިންގަމުން އަންނަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ އެހެން އިންވެސްޓަރުންނާ ގުޅިގެން ކުރަމުންދާ އެ މަސައްކަތުގައި އަންނަ އަހަރު ފޭދޫގެ ޓޫރިޒަމް ޒޯނުގައި އެކަނިވެސް 536 ޓޫރިސްޓް އެނދާއި ރާއްޖޭގެ އެންމެ ބޮޑު އެއް ރެސްޓޯރަންޓާއި ޖިމްނޭޒިއަމްގެ އިތުރުން ސްޕާ އާއި ޑައިވިން ސެންޓަރާއި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތައް ލިބޭނެ ކަމަށެެވެ.
ފޭދޫ ޓޫރިޒަމް ޒޯނުގެ އިތުރުން ހިތަދޫ އާއި މީދޫގެ ޒޯނުގައި ވެސް ގިނަ އަދަދެއްގެ ޓޫރިސްޓް އެނދާއި ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަސަން ވިދާޅުވި އެވެ. އެ މަސައްކަތްތަކީ ބޭރުގެ ގައުމުތަކުން ސީދާ ފްލައިޓް ގަމަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އަދި އަތޮޅުގެ ބެޑް ކެޕޭސިޓީ ދެ ގުނަކޮށް ގަމަށްދާ ފަތުރުވެރިން، ކަނޑާއި ވައިގެ މަގުން ފުވައްމުލަކާއި ހުވަދޫގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ މަސައްކަތަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓު ކަމަށް ހަސަން ވިދާޅުވި އެވެ.
"މި ބުރަ މަސައްކަތުގައި އުޅޭއިރު ރަށާއި ސިޓީ ކައުންސިލުގެ އިހްތިސާސާއި އިދާރީ އޮނިގަނޑު ބަދަލުކުރުމުގެ ގޮތުން މިމަހުގެ 25 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ބޮޑެތި ގޮންުޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ،" އެ ސިޓީގައިވެ އެވެ.
- ޓޫރިސްޓް އެނދު އިތުރުކުރުމަށް ކުރާ މަސައްކަތަށް 200 މިލިއަން ރުފިޔާގެ ކޮންސެޝަން ލޯނެއް ހަމަޖެއްސުމަށް ސަރުކާރާއި ބޭންކާ އެކު ސޮއިކުރި ނަމަވެސް އެ ލޯނުގެ ކަންކަން ސަރުކާރުގެ ތެރެއިން މަޑުޖެހުން.
- ސަވާހިލިއަކީ ފަތުރުވެރިންނަށް ހިދުމަތްދޭ އަދި ޕްރައިވެސީއާ އެކު އުޅެވޭ "ސާވިސް އައިލެންޑެއް" ގެ ގޮތުގައި ހަމަޖެއްސާނެ ކަމަށް ސަރުކާރުން ޔަގީންކަން ދިނަސް، މިހާރު އެކަން ވެސް ހުއްޓިފައިވުން.
- ފޭދޫ ޓޫރިޒަމް ޒޯނުގެ ބައެއް ހިދުމަތްތައް އަންނަ ފިތުރު އީދަށް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު އެ ޒޯނުގައި ފެނާއި ނަރުދަމާގެ ހިދުމަތް ލިބެން ނެތުން. ފެނަކައިގެ މާލީ ހާލަތު ހުރި ގޮތުން އެކަން ކުރެވެން ނެތް ކަމަށް އަންގާފައިވުމުން އެކަމަށް ސިޓީ ކައުންސިލާއި މަސައްކަތް ކުރާ ފަރާތުން ހުރިހާ މެޝިނަރީ އާއި އެއަށް ބޭނުންވާނެ ތެލާއި މަސައްކަތު މީހުންނާއި މަސައްކަތް ކޮށްދިނުމާއި އަދި ސާވޭ ކުރުން ފަދަ ކަންކަން ކުރުމަށް ފެނަކައިން ނެޓްވޯކް ހޮޅިތައް އަޅާ ގޮތަށް އެއްބަސްވި. އެކަމަކު ފޭދޫއަކީ ވަކިން ހިންގާ ތަނެއް ކަމަށް ކަނޑައަޅައިފި ނަމަ، އިދާރީ އޮނިގަނޑު ހަމަޖެހި ބޭނުންވާ ފައިސާ ހަމަޖެހެންދެން އެ މަސައްކަތް މެދުކެނޑުން.
- ޓޫރިޒަމް ޒޯނުގެ އިންފާރު ރޭނުމުގެ ކަންކަން ވެސް މެދުކެނޑުން.
- ސިޓީ ކައުންސިލުން ފޭދޫ ވަކިވެއްޖެ ނަމަ، ޓޫރިޒަމާ ގުޅިގެން ހަދާފައިވާ އެކި އެއްބަސްވުންތަކަށް ވެސް ބަދަލު އަންނާނެ. އަދި އާ އެއްބަސްވުންތައް ހެދުމުގެ ކުރިން އެއްވެސް މާލީ އިދާރާއަކުން ޓޫރިޒަމް ޒޯނުގެ އެއްވެސް ބިމަކަށް ނުވަތަ މަޝްރޫއުއަކަށް ލޯނެއް ނުލިބޭނެ ކަމަށާއި އެއީ ވަރަށް ވަގުތު ނަގާނެ ކަމެއް.
- ބީޗް ހެދުމުގެ މަސައްކަތްތައް ވެސް މަޑުޖެހޭނެ.
- ބައިބައިވެ ޒުވާބުކޮށް، ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން ހަމަނުޖެހުން ބޮޑުވި ވަަރަކަށް އިންވެސްޓަރުން ފަސްޖެހޭ މިންވަރު އިތުރުވުން.
ހަސަން ވިދާޅުވީ އަތޮޅުގައި 1،000 ޓޫރިސްޓް އެނދު ގާއިމް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ މަހުޖަނުން ނޫން ކަމަށާއި އެއީ އަތޮޅަށް ނިސްބަތްވާ ވަރަށް އާދައިގެ އިހްލާސްތެރި ބައެއް ކަމަށެވެ. އެހެންވެ، އެފަދަ ބަޔަކު ބުރަ މަސައްކަތުން އަތޮޅުގެ އިގްތިސާދު ކުރިއަރުވަން އުޅޭއިރު ސިޔާސީ ކަންކަން އެއްކިބާކޮށް ގުޅިގެން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ މަސައްކަތް ކުރުން މުހިއްމު ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި 20 އަހަރު ކުރިން އެ އަތޮޅުގައި ދެ ރިސޯޓު ހުޅުވާ ހިދުމަތް ދިނަސް އެތަންތަން މިހާރު ވަނީ ބަންދުކޮށްފަ އެވެ. މިވަގުތު މުޅި އަތޮޅުގައި ވެސް ހިދުމަތް ދެމުންދަނީ އެންމެ ރިސޯޓަކުންނެެވެ. އަދި 2005 ގައި އެންމެ 75 ކޮޓަރި އަޅަން އެވޯޑުކުރި ހަންކެޑެ ވެސް އަދިވެސް ތަަރައްގީ ނުކުރެވޭ ކަމަށާއި އަދި ރިސޯޓު ހެދުމަށް ހިއްކި ރަށަކަށް ޝައުގުވެރިވާނެ ފަރާތެއް ވެސް ނެތް ކަމަށް އެ ސިޓީގައިވެ އެވެ.
އެހެންވެ، ގޮންޖެހުންތަކާއެކު ވެސް އަތޮޅު ކުރިއެރުވުމަށް ބަޔަކު މަސައްކަތް ކުރަމުން ދާއިރު އެކަމަށް ހައްލު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ރަށްރަށާއި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް މާރާމާރީ ހިންގާ ހިސާބަށް ގެންދަން އުޅެނީ ކޮން ކަމެއް ނުވެގެންތޯ ހަސަން ސުވާލު އުފެއްދެވި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން މިހާރު ހިންގަމުންދާ ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކިން ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޮޓެއް ނަގަން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގެ ސަބަބުން އައްޑޫގެ މީހުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޞާލިހު
20 October 2025
ބުނަންތަ އައްޑޫ ސިޓީގެ ރައްޔިތުންގެ ކަންކަން ނިންމުމުގައި އައްޑޫ ރައްޔިތުން ބޭނުންވާ ބަސް ބުނުމުގެ ޙައްޤު އެބައިމީހުންނަށް އޮތީ އަހަރުމެން ބަސްބުނަން އަދި ވޯޓު ހޯދަންވެސް ނުޖެހޭނެ. ތަހުޒީބީ ރައްޔިތެއް ދިރިއުޅޭ އަތޮޅެއް.
އެއްކަލަ މީހާ ދޯ
20 October 2025
ހަސަނު އައްޑޫ ސިޓީ އިން ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ 50 ހާސް އަކަފޫޓުގެ ބިމުގެ ކަންކަން ނުނިމެނީސް ހުޅުމިދޫ ވަކި ކޮށްގެން ނުވާނެ!
ކަނބިލި
20 October 2025
އައްޑޫގައި އޮތުން ރަނގަޅީ އައްޑޫ ކައުންސިލް އެކަނި. މަދު ބައެއްގެ ވިސްނުމަށް ސަރުކާރު ދީލާލައިގެން ތިޔަ އަޅަން އުޅެނީ ވަރަށް ބޮޑު ޅަ އެއްޗެއް. ގައުމަށް ރައްޔިތުންނަށް އޮތް ގެއްލުމެއް
ކޮސް
20 October 2025
ޑެބީއަށް އެހެންވީމަ މިކަމުދަނީ ޑރ. މުއިއްޒު , ދިވެހި ދައުލަތުގެ ދެބާރު "ވާކޮށްލައިގެން" , 2 ވަނަ ދައުރެއް ހޯދުމަށް ކުރަމުން ގެންދާ މަކަރުވެރި މަސައްކަތްތައްދޯ!
ވެރިން
20 October 2025
އެއްމެ ފުރަތަމަ ސިޓިގެ ދަރަޖަ ހޯދާއިގެން އައްޑޫ މިހުން ތިއްބާ ވަކިވަކި ކައުންސިލް ތަކުން ހިނަގަމުން އައި ރައްތަށް އުމުރާނީ ގޮތުންނާ ހުރިހާގޮތަކުން ވެސް މާކުރިއަށް ޖެހިލާފަ އޮތީ، ނިކަން ވަކިނުވާން ވަކާލާތު ކުރާމިހުން ވަކި ވަކި ކައުންސިލތަކުން ހިންގާ ރަށް ރަށަށް ގޮސްބަލާލަބަލަ އައްޑޫ މީހުން ތަރައްގީގަ ތިބިހިސާބާ އެމީހުން ތިބި ހިސާބު
ސަލިމާ
20 October 2025
ހަސަނުގެ ފައި މުޅި އޮޑީގައި ތިއޮތީ. ސިޓީގައި ހުސް އޭނަގެ މަސްލަހަތު ހިމާޔަތް ކުރަން ތިއޮތީ. އޭނަ އެކުރާ ކަމަކުން އައްޑޫގައި ވާ ގުޅިފައިވާ ހުރިހާރަށަކަށް ފައިދާވާނެ ކަމަށް މިވިސްނަނީ. އެކަމަކު … މީބާ ހަސަނުގެ ސިޓީގެ މަގްސަދަކީ
ދެލޯ
20 October 2025
އެހެންވީމަ އައްޑު އަށް ގެއްލުންދޭން އުޅޭ ސަރުކާރެއްތާ މީ!
އޭޖީ ލަތީފާ
20 October 2025
ޑރ. ހަސަންމެން ރަނގަޅުވާނި ދެން މިރާއްޖޭގެ ކަންކަމަށް ބަސް ނުބުނިޔައްޔާ! އައްޑޫގަ ދިރިއުޅޭ ރައްޔިތުންނަށް ދޫކޮށްލަމާ އެމީހުން ބޭނުންވާ ގޮތެއް ނިންމަން! އެހެންމީހުން ރަނގަޅުވާނި އެތޫފާނީރޭހެން ބަލަން ތިބީމަ!
ނަފުސު ހޭލަމަތޯ
20 October 2025
ކޮންމެ ގޮތަކަށް ވޯޓްދިނަސް ރައްޔިތުން ވަރައްފުންކޮށް ވިސްނާލާފަ ވޯޓްދޭނެކަމަށް އުއްމީދުކުރަން. މިފުރުސަތުގަވެސް އަހާލަން ބޭނުންވަނީ ކޮންއިރަކުންތޯ ވިދާޅުވި ބުރިޖުގެ މަސައްކަތްފެށެނީ؟
ކޮސް
20 October 2025
ކޮސްގެ ނަމުގާ ލިޔާނެކަމެއްނެތް ފާޑުފާޑުގެ ވާހަކަ. އައްޑޫ ބައިބައިނުކޮށް " ފޭދޫގަ ނާށިގަނޑު ހިފައިގެން ގޭގެއަށް ހިނގާ ދެބަފައިންގެ " ވަސްވާސްތަކުން ރަށް ސަލާމަތްކުރެވޭތޯ ބަލާދީ. މުއިއްޒުގެ ރޭވުމަކީ ނުތައްކާތެރި ރޭވުމެއް.