04 ނޮވެމްބަރ 2025 - 23:07
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ދުވަސްވީ ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ޝަހިންދާ އިސްމާއިލް އިންތިހާބުވެއްޖެ އެވެ.
ފްރާންސްގައި މީގެ 103 އަހަރުކުރިން އުފެއްދި އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސްގެ އިދާރީ ހިންގުމުގެ އިސް ވެރިއަކަށް ހޮވުނީ، އެ ޖަމިއްޔާއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގަ އެވެ.
އެ އިންތިހާބުގައި 117 ގައުމަކުން، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ 188 ޖަމިއްޔާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވެ އެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ، ރާއްޖޭގައި މިހާރު މަނާކޮށް އުވާލާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގައި އިސްކޮށް އުޅުއްވި ޝަހިންދާއާ އެކު އިތުރު ހަތަރު ސެކްރެޓަރީ ޖެނެރަލުން ވަނީ ހޮވައިފަ އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ޝަހިންދާގެ އިތުރުން ޖަމިއްޔާގެ ބޯޑުގައި ދެން ހިމެނެނީ ރައީސްގެ އިތުރުން އެކި ގައުމުތަކުން ހޮވާ 15 ނައިބު ރައީސުންނާއި ހަޒާންދާރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދފަސފަސ
06 November 2025
ފްރާންސް އިން ފަލަސްތީނު ހިފައިގެން އުޅޭ އުތުރު ޔޫރަޕުގެ މީހުންނަށް ހަތިޔާރުދީ ފަލަސްތީނު މީހުން މަރަން އެހީވާއިރު ތިފަދަ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތައް ކޮބައިތޯ؟ އުތުރު ޔޫރަޕުގެ ޖަރުމަނީ، ޕޯލެންޑް ފަދަ ޤައުމުތަކުން ދެވަނަ ބޮޑު ހަނގުރާމައިގައި ނުކުތް މީހުންނަށް ފަލަސްތީނު ބިން ހައްޤުވާނެ އެއްވެސް ގޮތެއް އެބައޮތްތޯ؟ އެއްވެސް ގުޅުމެއް އެމީހުންނަށް ފަލަސްތީނާ އެބައޮތްތޯ؟
ކުރުބާ
06 November 2025
ދުނިޔޭގައި އެންމެންވެސް އުޅެނީ ބާއްޖަވެރިކަން ހޯދަން. ނަމަވެސް މުސްލިމުންގެ ހައިސިއްޔަތުން އެންމެ ބޮޑު އަމާޒަކީ ކަލާނގެ ރުހިވޮޑިގަތުން ހޯދައިގެން ބާއްޖަވެރިކަން ހޯދުން. ޒަޔަނިސްޓުންގެ ރުހުން ހޯދުމަށް ކުރާ މަސައްކަތުން ބާއްޖަވެރިކަމެއް ނުލިބޭނެ. ލިބޭނީ ކޮޅުކެހި އާޚިރުގައި، އާޚިރުގައި ނުލިބުނިއްޔާ އާޚުރަތުގައި ކުރިމަތިލާންޖެހޭނީ ނާކާމިޔާބާ. ޑިކްޗޭނީ ވެސް ދިޔައީ އެއީ އިރާޤު ހަނގުރާމައިގެ މޭސްތިރި. ބައްދަލުކުރަންޖެހޭނީ ﷲ ގެ ޙަޟްރަތާ.
ހިތދިގ
05 November 2025
މިއީ ހުޅަނގު އާއި އެމެރިކާގެ ........... މިހުރިހާ އެއްޗެއް ހަދާފައި އެމީހުން އަމަލުކުރަންޖެހޭ އިރު އެއްވެސް އަޅާލުމެއް ނެތް........ އޭގެ މިސާލަކަށް ފުދޭނެ އިޒްރޭލި ން ހިންގަމުންދާ ޖަރީމާ........ ދެން ބަލާއިރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނީ އެމީހުން ބޭނުން ގައުމަކަށް.... މިސާލަކަށް އީރާން ، ރަޝިއާ، ވެނެޒުއޭލާ. ކިއުބާ ، އަދިވެސް........
ދިވެހިންގެ
05 November 2025
ކަމަނާއަށް މަރުހަބާ! ގައުމު ފަޚުރުވެރިވޭ
ސުންދުސީ
05 November 2025
ޝަހިންދާ އަކީ ލިބަރަލް ނުވަތަ މިނިވަން ޚިޔާލުގެ މީހެއް! އޭގެ މަނަ އަކީ އޭނަ ވިޔާނުދާ ވުމެއް ނުން! ހުރިހާ ވައްތަރެއް ގެ މީހުންނަށް ހައްގު ކަށަވަރު ކުރުން މާނައަކީ! ... އެކި ވައްތަރުގެ މީހުން އެބަ އުޅޭ! ކޮންމެ ހެން ނުޖެހޭ ވަކި ގޮތަކަށް ތަބައަ ވާން! އޭކަން ނޭގޭ ޝަހިންދާ މެން ގެ ރޫހަކީ
ރާވެރިބެ
05 November 2025
ޝަހިންދާ އިސްމާއީލް ރާއްޖޭގަ ހިންގި ބައެއް "އިންސާނީ ހައްގުތަކާ ބެހޭމަސައްކަތްތަކީ" ދިވެހިންގެ ދީނާ ސަގާފަތާ ނުގުޅޭ ކަންތަށްތަކެއް ކަމަށް ބައެއް ދީނީ އިލްމްވެރިން ދުށުމުގެ ނަތީޖާއެއްގެ ގޮތުން މި ކަމަނާ ރާއްޖެ ދޫކޮށް 2019 ވަނަ އަހަރު ޖަރުމަނު ވިލާތަށް ހިޖުރަ ކުރިކަމަށްވޭ. ހިޖުރަކުރަން މަޖުބޫރުވީ ލިބެމުންދިޔަ އިންޒާރުތަކުގެ ސަބަބުންކަމަށް ބައެއް މީހުން ބުނެއުޅޭ. ޝަހިންދާ މިގުޅުނު ޖަމާއަތަކީ ދިވެހި ރާއްޖެއަށް އެހާ މުހިއްމު ޖަމާއަތެއް ނޫން.
ސާހިބް
05 November 2025
އެމެރިކާ މީހުންވެސް ފަލަސްތީނުގަ ހިންގާ ޖެނޮސައިޑާ ދެކޮޅަށް ޔޫއެންގަ އަޅާ ފިޔަވަޅުތައް ވީޓޯ ކުރަން ގިނައިން ބަހައްޓަނީ އެތާގެއުޅޭ ކަޅު އަދި އެހެން ނަސްލުތަކުގެ މީހުން. އެއީ އެމީހުންގެ ތާއީދުވެސް އެކަމަށް އޮތްކަން ދައްކަންކުރާ ކަމެއް. މިކަހަލަ ގިނަ ކަންތަކަކީ އެހެން ކުރާކަމެއް.
ޙހހހހހހހހހހހހ
05 November 2025
ކިޔާލުމަށް
ޢަލީ ބަލީ
05 November 2025
އިންސާނީ ހައްގަކީ މިދުނިޔޭގަ ވަކިބަޔަކަށް އޮތް އެއްޗެއް. ހަމަ ޔަގީނުންވެސް އާޙިރަތުގަ އެހެން ނުވާނެ. މިހާރުބަލާ ފަލަސްތީނަށް ފަލަސްތީނުގެ އެތަށް ކުޑަކުދީންނަކާ އަންހެނުންނެއްމަރާ އަދި ދިރިތިބި މީހުން ބަޑަށް ޖައްސާ ހަދަމުން އެދަނީ ކޮބައިތޯ އިންސާނީ ހައްގު ތިދުވަސްވީ ޖަމުއިއްޔާތަށް ނިދާފަ
ހިއުމަންރައިޓްސް އެކްޓިވިސްޓް
05 November 2025
އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ފަލަސްތީން / ގާޒާ އާ ބެހޭގޮތުން ވަރަށް އަޑު އުފުލި .. ރިޕޯޓްތައް ނެރުނު. ދުނިޔޭގެ ސަމާލުކަމަށް އެ ކަން ގެނޭ. އިޓަލީގެ Francesca Albanese އަކީ މިކަމަށް ހެއްކަކަށް ފުދޭނެ މީހެއް.
ހާނޖީ
05 November 2025
ގައްޒާ ގެ ގަތުލުއާމަށް ދެއަހަރުވެގެން ދިޔައިރު އެކަމާ އިދިކޮޅާ އެއްޗެއް ބުނެލާނެ ހިތްވަރެއްވެސް ނެތް. ޒަޔަނިސްޓުން ފަންޑުކުރާ ޖަމާއަތްތަކުން މުސްލިމު "ޓެގް" އަޅުވައިގެންތިބޭ މިކަހަލަ މީހުންނަށް ބޮޑެތި މަޤާމުތަށް ދޭނެ. އެކަން ގިނަމީހުން ދަނޭ.