އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވާހަކަ ދައްކަވަނީ.--
07 ޑިސެމްބަރ 2025 - 11:22
މިދިޔަ ދެ އަހަރި ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ޒަކާތަށް އެންމެ ގިނަ ފައިސާ ލިބުނު ދެ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނު އިއްޔެ ތަސްދީގު ކުރައްވައި އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާއިރު އެކަމާ ބެހޭ ގޮތުން "ޕީއެސްއެމް"އަށް ޝަހީމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޒަކާތަށް ގާނޫނެއް ހަދައި، ލީގަލައިޒް ކުރެވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ދެ އަހަރު ކަމަށެވެ.
"އެއީ އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނީ މިދިޔަ ދެ އަހަރު. މިދިޔަ އަހަރު އެއް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައި އެބަހުރި. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އެއީ ރައްޔިތުންގެ އިތުބާރު މި ނިޒާމަށް އޮތްކަން އަދި ޒަކާތު ހައުސް އުފެދުމަށް ފަހު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާތީ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ޒަކާތު ފަންޑަށް ވަރަށް ބޮޑެތި އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
ޒަކާތާ ބެހޭ ގާނޫނުގައިވާ ގޮތުން ދިވެއްސެއްގެ މުދާ ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް އަދި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ވަޒަންވެރި ވެގެން އުޅުނަސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.
ޒަކާތުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދީ އަދި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެ އެވެ. އެ ކައުންސިލުގައި މިނިސްޓަރާއި ޑިރެކްޓަ ޖެނަރަލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފަކު ހުންނަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަކުނިބޯ
07 December 2025
ޒަކާތުފައިސާ އިތުރުވާގޮތްތަށް 1. ފައިސާގެ އަގުވެއްޓި ތަކެތީގެއަގު ބޮޑުވުން 2. އާމްދަނީ ލިބޭ ޢާބާދީ އިތުރުވުން 3. ފަޤީރުން ވެސް މުއްސަދިވުން ނުވަތަ ފުދިގެން އުޅެ ޒަކާތްދައ1ކަންޖެހޭބަޔަކަށް ބަދަލުވުން މަތީގައިވާ ތިން ގޮތުން ތިންވަނަ ގޮތުން ފައިސާއިތުރުވުމަކީ ފަޙުރެއް. ނަމަވެސް 1 އަދި 2 ކުން ފައިސާއިތުރުވުމަކީ ފަޙުރެްނޫން. ދެން އޮތީ އިތުރުވި މިންވަރާ އިންފުޅޭޝަންއާއި އަޅުވާލީމާ ފެންނާނީ ސްމެއް .
ރާއްޖެތެރޭސޮރެއް
07 December 2025
ޒަކާރުގެ ފައިސާއިން އެހީއަކަށް އެދި މިނިސްޓަރަށް ސިޓީއަކުން ދެންނެވިން ވަޒީފާގެއްލި ކިޔަވަން ނެގި ލޯނަށް ފައިސާ ނުދެއްކިގެން ދަރަނި ވެރިންނަށް ޒަކާތުން ލިބޭންޖެހޭނެކަން އެނގޭތީ. އެކަމަކު ކެޓަގަރީ އަށް ނުފެތޭ ކަމަށް ޖަވާބު ދެއްވާ ޒަކާތުގެ ބައިން ދަރަންޏަށް ފައިސާއެއް ނުދެއްވި. ދަރަނި ކެޓަގަރީ ކުރަން ޖެހޭކަމަށް އިސްލާމީ ޝަރީޢަތުގައި އޮންނަކަމަކަށް އަހަރެން ކިޔެވި ފޮތަކު އަދި ޤުރުއާނުގެ އާތަކުންވެސް އެގޭކަށްނޯވޭ.
ބޮޑުބެގެ ބެއްޔާ
07 December 2025
ރާއްޖޭގެ އާބާދީވެސް އެންމެ ގިނަވީ މިދިޔަ 2 އަހަރު. އެވެސް މަނިކުފާނުގެ މިނިސްޓަރު ކަމުގައި. ސެލެބްރޭޓް ކުރަންޖެހޭ ކަމެއްނޫންތޯ؟ އެންމެން ހެޕީތޯ؟
ކަކުނިބޯ
07 December 2025
ދެންތިބެނީ ހުސް މޮޔައިން ކަމަށް ހީކޮށް އެބޭފުޅުންނަށް އެކަހަލަ ޅަކަރާ ފަޅާލެވެނީ. ޢަހަރެންގެ ދަރި އުފަންވިއިރު ހުރީ 3 ކިލޯ ފާއިތުވި 2 އަހަރު އެންމެ އިސްކޮޅުންދެމިލާފަ ބަރުވެލީ
އަސަރފަފަ
07 December 2025
ޝަހީމް ޒަކާތު ހިސްޓްރީ އަށް ބެލީމަ އެނގޭނެ އަހުރުން އަހަރަަށް ޒަކާތު އާމްދަނީ އިތުރުވާކަން. މިހާރު ދެން އިތުރު ނުވަންޔާ ތީ ޝަހީމްގެ މައްސަލަ އެއްތާ
އެހެން
07 December 2025
އެންމެ ގިނައިން ތި އިން ވައްކަން ކޮށް ބޭނުންގޮތަކައް ބޭނުންބަޔަކައް ބަހާލަނީވެސް މި ދެއަހަރު، ތިއިން ބޭނުންބަޔަކައް ފުލް ސްކޮލަރޝިޕް ނުދެވޭނެ، ބައްޔައް ފަރުވާނުލިބިގެން ސަލާންޖަހާމީހުން އެހާގިނަ، މަގުމަތީގަ ސަލާންޖަހާމީހުން އެބަތިބި، ތި ޒަކާތަކީ މިކަންކަމައް ހޭދަކުރަން އަހަރެމެން ނެރޭ އެއްޗެއް، މީނަ ހިތުހުރިގޮތަކައް ކަންކުރަން ހުރިއެއްޗެއްނޫން ތިއީ
ދފަސ
07 December 2025
ވާނުވާ ނޭނގި ކޮމެންޓް ކުރީމަ ޒަކާތް ދައްކަން މީހުން ފަސްޖެހޭނެ އަޅުކަމަކަށް ވިޔަސް.
މަމޮޅޭވޭ
07 December 2025
މުއްސަނދިންގެ މުއްސަނދިކަން އިތުރުވިވަރަކަށް ވާނީ ތިހެން. ޝަހީމުވެސް ކުރީއަހަރުތަކަށްވުރެ ގިނައިން ޒަކާތް ދައްކަންޖެހޭނެ ނޫންތޯ މިދައުރުގައި. ހޭބަލި
ހޭބަލި
07 December 2025
މީހުން މުއްސަނދި ވިޔަސް ހޭލުންތެރިކަން ދަށް ވިއްޔާ ޒަކާތް ނުދައްކަފާނެ.
ހަމްދާނު
07 December 2025
ޝަހީމް އަމިއްލައަށް އެކި ތަންތަނުގަ ތިހެން ކިޔާ އަޑު 100 ވަރަކަށް ފަހަރު އަޑު އިވިއްޖެ ކަންނޭންގެ މިހާރު.. އަމިއްލަ އަށް ތިވަރަށް ތައުރީފު ކުރުމަކީ އެހާ ރީތިކަމެއްނޫން.
ހަމްދާނު
07 December 2025
ޝަހީމް އަމިއްލައަށް އެކި ތަންތަނުގަ ތިހެން ކިޔާ އަޑު 100 ވަރަކަށް ފަހަރު އަޑު އިވިއްޖެ ކަންނޭންގެ މިހާރު.. އަމިއްލަ އަށް ތިވަރަށް ތައުރީފު ކުރުމަކީ އެހާ ރީތިކަމެއްނޫން.
ހާސަރު
07 December 2025
އާބާދީ އިތުރުވެ މީހުން ހޭލުންތެރި ވީވަރަކަށް އިތުރުވާނެ. އިތުރު ވަމުން ދިޔައީ މިދިޔަ ދެއަހަރު އެކަނިތޯ؟ އަހަރުން އަހަރަށް ދަނީ އިތުރުވަމުން ނޫންތޯ؟ މިކަހަލަ ކަންކަމުންވެސް ކްރެޑިޓް ނަގަން ތިއުޅެނީ!؟
މަހަލްދީބު
07 December 2025
އެވަރަށް ޒަކާތު ފައިސާ ނަގާއިރުވެސް ފަގީރުންނަށް ވާ ފައިދާއެއް ނެތް. ކޮންމެ އަހަރަކުވެސް ފަގީރުކަމުގައި ޒަކާތުން ލިބޭ އެއްޗެއްގެ ނިކަން ކުޑަ މިންވަރެއް ނަގާލަ ނަގާލަ. މިވެރިން ކުރާ ދަތުރުތަކަށްވެސް ފަގީރުންނަށް ބަހާ އެއްޗަކަށް ވުރެ ގިނަ ފައިސާ ހަރަދު ކުރޭ! މިވެރިންގެ މަޖާކޮށް ދަތުރު ކުރާކަށް ނޫން އަހަރުން ޒަކާތް ދެނީކީ. އަދި ލިބޭވަރު މަދުވެގެން އެ ފައިސާކޮޅު ދޭން މަޖުބޫރުވެސް ކޮއްފިޔޭ!
ދަަސަސ
07 December 2025
ފަޤީރުންނަށް ބޯހިޔާވަހިކަން، ވިޔަފާރި، މަސައްކަތް، ބޭސްފަރުވާ، ރާއްޖޭން ބޭރުގައި ކަމެއްވިއްޔާ އެކަމެއް ހައްލުވަންދެން ބަލަހަައްޓަނީ ޒަކާތުން، އުމްރާއަށް ގެންގޮސް ދޫކޮށްލާފައި އަންނަ އެންމެން ގެންނަނީ ޒަކާތުން