ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
08 ޑިސެމްބަރ 2025 - 00:41
އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ހާލަތްތައް އިތުރުކުރަން ގާނޫނު އިސްލާހު ކުރެއްވުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މިރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، މީހަކު ވަނީ ގިނަ އަހަރުތަކެއް ވަޒީފާގައި އުޅުމަށްފަހު ޕެންޝަން ފަންޑަށް ޖަމާވެފައިވާ ފައިސާ، މަހުން މަހަށް ކުދި އަދަދުތަކުން ލިބޭތީ އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފަ އެވެ.
މިގޮތުން، އޭނާގެ އެދުމަކަށްވީ، އާމްދަނީ ހޯދުމަށްޓަކައި އަމިއްލަ މަސައްކަތަށް ފެށުމަށް، އެ ފައިސާ ބޭނުންކުރެވޭ މަގެއް ހޯދައިދިނުމަށެވެ.
އެކަމަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ، ހާއްސަ ހާލަތްތަކުގައި އަމިއްލަ ޕެންޝަން ފަންޑުގައި ހުރި ފައިސާ މިހާރު ވެސް ބޭނުންކުރެވޭއިރު، އެ ހާލަތްތައް އިތުރުކުރަން ޕެންޝަނާބެހޭ ގާނޫނު އިސްލާހުކުރުމުގެ ވިސްނުން ހާމަކުރައްވައިފަ އެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިގޮތުން، އަންނަ ފެބްރުއަރީ މަހު، ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށޭއިރު، އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އިތުރު ހާއްސަ ހާލަތްތަކެއްގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އެބަ ހުށަހަޅަން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ޕެންޝަނާބެހޭ ގާނޫނަށް ގެންނަވަން ވިސްނަވާފައިވާ އިސްލާހުތަކުގެ ތަފްސީލެއް އެ މަނިކުފާނު މިރޭ ހާމަކުރައްވާފައެއް ނުވެ އެވެ.
މިހާރު ވެސް އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ ނިސްބަތަށް ބަލައި، އޭގެން ބައެއް ފަރުޟު ހައްޖު އަދާކުރުމާއި، ގޯތި ގެދޮރު ގަތުމަށް އިކުއިޓީ ދެއްކުން ފަދަ ކަންކަމަށް ބޭނުންކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
10 December 2025
އަހަރުމެން ކަށްވަޅަށް ނުދަނީސް އަވަހަށް މިކަން ތަންފީޒް ކޮށް ނިންމަން ރައީސް އަށް ދަންނަވަން.
ފަޔާޒު ޢަލީ
09 December 2025
އެމީހެއްގެ ރޮނޑުގެ ހަން ދަމަން އެނގޭނީ އެމީހަކަށް، އެމީހެއްގެ މުސާރައިން ކަނޑާ އަދަދު އެމީހަކު ރިޓަޔަރ ކުރާދުވަހު އެމީހަކު ބޭނުންވެއްޖިއްޔާ ނެގޭގޮތައް އޮތުން މަށަށް ފެނޭ، ސަރުކާރުން ޖަމާކޮށްދޭބައި ސަރުކާރުން ބޭނުންވާގޮތަކަށް ނެގޭގޮތަށް ހައްދަވައިދެއްވާ.. މީމަގޭ ޚިޔާލު މަގޭ ޚިޔާލު އެންމެ ރަނގަޅު ނުވެދާނެކަންވެސް އެނގޭ
ވާފިރުު
09 December 2025
ތީ މަށަށްވެސް ފެންނަގޮތް
ގެދޮރޭ
08 December 2025
އިކުއިޓީ ދެއްކުމަކަށް ނޫން. ކޮލެޓަރައިޒް ކުރެވެނީ.
ހުސައިންބެ
08 December 2025
ފުލެޓަށް ބޭނުންވާ ސާމާނު ގަންނަން, ޕެންޝަނުގައި ފައިސާގެ 2 ބާއި ކޮށް އެއްބާ ނަމްވެސް ލިބޭގޮތް ހަދާދީ, ބޭނުންވާ ބަޔަކަށް. ރައިސް
ރާވެރިބެ
08 December 2025
ޕެންޝަން ފަންޑަކީ ބޭނުމެއްޖެހޭ އިރަށް ނެގޭނެ ސޭވިންގސް އެކައުންޓެއް ނޫން. ހައްޖަށް ދާން ނުވަތަ ދިރި އުޅެން ފްލެޓެއް ގަންނަން ޑައުންޕޭމަންޓަކަށް ބޭނުން ކުރެވޭ ގޮތް އޯކޭ. މިނޫން ހާލަތް ތަކުގަ ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް އޮންނާކަށް އަޅުގަޑަށް ނުފެނޭ. ބޮޑު ބައްޔެއް ވެއްޖިއްޔާ ދައުލަތުގެ އާސަންދަ އާއި އެންސްޕާއިން ކަވަރުކޮށްދޭން ޖެހޭނެ. އެކަހަލަ ޚަރަދު ޕެންޝަން ފަންޑުން ކުރެވޭނަމަ އާސަންދަ ލިބުން މަދުވާން ފަށާނެ.
ދޮން ހަސީނާ.
08 December 2025
ޕެންޝަން ފަންޑުގެ ނަން ބަދަލުކުރަން ފެނޭ. މިހާރު ތިޔައީ ޕެންޝަން ފަންޑެއްނޫން. ލުއިލޯނު ފަންޑު ކިޔަން ފެނޭ.. މުސްކުޅިވާ ދުވަހު ފަންޑުގަ ލާރިއެއް ނުހުންނާނެ
ދޮޅަސް ފަހެއް
08 December 2025
"އެއްޗެއް" ހުރިކަން އެނގޭ ހިސާބުން އެއެއްޗެއް ވީދާ ކައި ހުސްކޮށް ނުލެވެނީސް ހަމަނިދި ނުލިބޭ މީހުން އުޅޭ. ހުސްވުމާއެކީ ދުވެ ގަންނާނެ ނިކަމެތި ވެގަނެގެން. ކީއްކުރަން ދޯ ވިސްނަންވީ. ސަރުކާރުން ކޮންމެ މަހަކު 5000 ރުފިޔާ ލިބޭނެންޏަ ދޯ؟ ކަނޑާލަންވީ ސަރުކާރުން އެ ދޭ 5000 ރުފިޔާ. ނޫނީ ބަޔަކަށް ނުވިސްނޭނެ ޕެންޝަނަށް އަމިއްލަޔަށް އަދި ވަޒީފާދޭ މީހާ އެކުރާ ޚަރަދުގެ ބޭނުމެއް. ޕެންޝަން ގަނޑުވެސް ރައްކާ ނުކުރީސް މަޖުބޫރު ނޫން ނަމަކަ.
ދޫކުރާށޭ
08 December 2025
ބަޔަކަށް 5 ހާސްރުފިޔާގަނޑު ލިބޭތީވެސް ޖޭވަނީދޯ؟ ތިޔަބައިމީހުންނަށް 50 ހާސްރުފިޔާއިންވެސް ފަރުނުޖެހިގެން އުޅޭއިރު، ނިކަމެތިމީހާއަށް މުސްކުޅިވީދުހު 5 ހާސްރުފިޔާލިބޭ ވާހަކަ ތިގޮވަނީ. މިބުނަނީ، އެމީހެއްގެ ޕެންޝަން އެކައުންޓުގައި ފައިސާހުރެމެ، އެމީހާ މުސްކުޅިވާދުވަހު ގަނަތެޅެންޖެހޭ ގޮތަށް ނުހަދާ، އޭނާގެ އަމިއްލަ ފައިސާ، އޭނާއަށް ޕެންޝަނަށް މަހަކުތިޔަ ދޭ އެއްޗަކަށްވުރެ ބޮޑުއެއްޗެއް މަހުންމަހަށް ލިބޭނެ ކަންކަމަށް އިންވެސްޓްކުރަން އޭނާއަށް ދޫކުރާށޭ.
އަލީ
08 December 2025
ވަރަށްބޮޑު ގޯހެއް, ދިވެހިންނަކީ ފަހަށް ރައްކާކުރުމުގެ އާދަ ވަރަށްނެތް ބައެއް ހަރަދު ކޮށްލަން ވަރަށް ކުޅަދާނާ ބޭންކު ލުއިލޯނުގައި ހޮލިޑޭ ހަދާލަންވެސް ފަސްނުޖެހޭ , ވަރަށް ނުފެންނަކަމެއް
ވަންޗޫ
08 December 2025
އަހަރެމެން ޕެންޝަން ފަންޑުގަ މިހާރު އެބަރު 700000 ވަރަކަށް ރުފިޔާ ވަރު، އެކަމު އުޅެން މިޖެހެނި އަދިވެސް ބައެއްގެ ގޭގަ. ރާއްޖެތެރޭގަ ދިރިއުޅުން ބިނާކުރަމުންދާތީވެ ގެދޮރު ހަދަން މީގެން ފުކެއްވެސް ބޭނުންކުރެވޭނެ ގޮތެއް ނެތް. މީގެން ކޮންމެވެސް މިންވަރެއް ގެދޮރު ހަދަން ނެގޭގޮތް ހަދައިދެއްވުމަށް ވަރަށް އާދޭހާއެކު ޑރ. މުއިއްޒުގެ ކިބައިން އެދެން.
ނަމްނާ
08 December 2025
ކަލޭގެ އުޅުމެއް ނެތީމަ ތިޔަ ހެން ތިޔައުޅެނީ!
ހާމަ333
08 December 2025
65 އަހަރުވުމުން ތިޔަދޭ ޕެންޝަނުގެ ފައިދާއެެއް ނުކޮ އެއަށްވުރެ ކުރީން މަރުވާމީހުން ފަހަކަށް އައިސް ގިނަ...ދަރަނިތައް ދެއްކޭނެ އިންތިޒާމު އޮންނަންޖެހޭ މަރުވުމުގެ ކުރީން...