ދުނިޔެ / ވައިޓް ހައުސް

މިއީ އެމެރިކާގެ ރައީސްގެ އޮފީސްކޮޅު ފަރުނީޗަރު ނެތި

އެމެރިކާގެ ރައީސްގެ ރަސްމީ އޮފީސް ކަމަށްވާ އޯވަލް އޮފީސް ފަރުނީޗަރު ނެތި: ވަރަށް ނުފެންނާނެ މަންޒަރެއް. --ފޮޓޯ:ރޮއިޓާސް

13 އޯގަސްޓް 2017 - 16:23

ވޮޝިންޓަން (އޮގަސްޓް 13) - އެމެރިކާގެ ރައީސްގެ ރަސްމީ އޮފީސްކޮޅު ފަރުނީޗަރު ނެތި ހުންނާނެ ގޮތަކާ މެދު ބައެއް މީހުން ހައިރާން ވެދާނެ އެވެ. އެއީ އެހާ އާއްމު މަންޒަރަކަށް ނުވާތީ ކުރިން އެފަދަ ފޮޓޯއެއް ހާމަވެފައި ނެތުމުން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ވައިޓް ހައުސްގެ ބޮޑު މަރާމާތެއް މިހާރު ކުރަނީ އޯވަލް އޮފީސް ވެސް ހުސްކޮށްގެންނެވެ.

އެމެރިކާގެ ރައީސްގެ ރަސްމީ އޮފީސް ކަމަށްވާ އޯވަލް އޮފީސް ފަރުނީޗަރާ އެކު.

މިއީ ގާތްގަނޑަކަށް ވޭތުވެދިޔަ 60 އަހަރު ތެރޭ ވައިޓް ހައުސް އަށް ގެންނަ އެންމެ ބޮޑު މާރާމާތެވެ. ވައިޓް ހައުސްގެ ރަސްމީ އޮފީސްތައް ހުންނަ ވެސްޓް ވިންގު މަރާމާތު ކުރާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗުއްޓީ އަށް ވަޑައިގެންފަ އެވެ. ނިއު ޖާޒީގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ގޮލްފް ކްލަބުގައި ހޭދަ ކުރެއްވި 17 ދުވަހުގެ ޗުއްޓީ އަށް ފަހު އަންނަ ހަފުތާގައި ވައިޓް ހައުސް އަށް ވަޑައިގަންނަވާނެ އެވެ. ކޮމާންޑަ އިން ޗީފް އޮފީހަށް ވަޑައިގަންނަވާ އިރު ބައެއް މަރާމާތުތައް ނިމޭނެ ކަމެއް ނޭނގެ އެވެ.

އޯވަލް އޮފީހުގައި ރައީސް ޓްރަމްޕް އިށީނދެވަޑައިގަންނަވާ ޑެސްކް ކައިރިން ނަރެއް މައްޗަށް ނަގާފައި. --ފޮޓޯ:ރޮއިޓާސް

އެންމެ ބޮޑު މަރާމާތެއް ކުރަން ޖެހެނީ ވެސްޓް ވިންގަށެވެ. ސްޓްރަކްޗާ އަށް ގެންނަ ބަދަލުތަކުގެ އިތުރުން ސީލިން އިން ފެން ލީކުވާ ތަންތަން ވެސް މަރާމާތު ކުރާނެ އެވެ. މީގެ އިތުރުން ސައުތު ޕޯޓިކޯގެ ހަރުފަތްތައް މަރާމާތުކޮށް ސައުތު ލޯން އަށް ވެސް ބަދަލުތައް ގެންނާނެ އެވެ. އިތުރު ބަދަލުތަކުގެ ތެރޭގައި ނޭވީ މެސް ކިޗަން އާއި ވެސްޓް ވިންގް ލޯވާ ލޮބީ މަރާމާތު ކުރުން ވެސް ހިމެނެ އެވެ. ޓްރަމްޕް ވަޑައިގަތުމުގެ ކުރިން އައިޓީ ސިސްޓަމް ރަނގަޅުކޮށް، ހީޓިން އަދި އެއާކަންޑިޝަނާއި ވެންޓިލޭޝަން ނިޒާމު ވެސް ރަނގަޅު ކުރާނެ އެވެ. މިއީ 27 އަހަރުވީ ސިސްޓަމެކެވެ.

ރޫޒްވެލްޓް މީޓިން ރޫމުގެ މަޝްހޫރު ރަތް ބަޓަން. --ފޮޓޯ:ރޮއިޓާސް

ވައިޓް ހައުސްގެ ވެސްޓް ވިންގަކީ އެމެރިކާގެ ރައީސްގެ އެންމެ މުހިންމު އޮފީސްތައް ހިމެނޭ އެގްޒެކެޓިވް އޮފީސް އިމާރާތެވެ. ރައީސްގެ ރަސްމީ އޯވަލް އޮފީހާއި ކެބިނެޓް ރޫމާއި ސިޗުއޭޝަން ރޫމް އަދި ރޫޒްވެލްޓް މީޓިން ރޫމް ވެސް ގާއިމްކޮށްފައި ވަނީ ވެސްޓް ވިންގުގަ އެވެ. ވެސްޓް ވިންގުގެ ތިން ފްލޯގައި ވައިޓް ހައުސް ޗީފް އޮފް ސްޓާފް، ކައުންސެލާ ޓު ދަ ޕްރެޒިޑެންޓް، ސީނިއާ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ އޮފީސް ވެސް ހުރެ އެވެ. ނައިބް ރައީސްގެ އޮފީހެއް ވެސްޓް ވިންގުގައި ހުރި ނަމަވެސް ރަސްމީ އޮފީސް ހުންނަނީ ޖެހިގެން ހުންނަ އައިޒަންހާ އެގްޒެކެޓިވް އޮފީސް އިމާރާތުގަ އެވެ.

ވައިޓް ހައުސްގެ 27 އަހަރުވީ އެއާ ކޮންޑިޝަން ސިސްޓަމް ވެސް މި ފަހަރު ބަދަލު ކުރާނެ. --ފޮޓޯ:ރޮއިޓާސް

ވައިޓް ހައުސްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ވައިޓް ހައުސްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ:އީޕީއޭ

ވައިޓް ހައުސްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

0 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 9%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454