ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

އިމްރާން އަލުން ޖަލަށް ބަދަލުކޮށްފި

ހައި ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު އިމްރާން ނުކުމެވަޑައިގަންނަވަނީ --މިހާރު ފޮޓޯ

21 އޮކްޓޯބަރ 2017 - 11:24

10 comments

މޭ 1 ގެ މުޒާހަރާއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭގައި ބެހެއްޓުމަށް ފަހުން އަލުން މިއަދު އަނެއްކާ ޖަލަށް ގެންގޮސްފި އެވެ.

އިމްރާން ގެއަށް ބަދަލުކުރީ މިދިއަ މަހު 21 ގައި އޭނާގެ އަނބިކަނބަލުން ވިހެއުމާ ގުޅިގެންނެވެ. އޭގެ ކުރިން ވެސް ގޭގައި ދުވަސްކޮޅަކު ބެހެއްޓި އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް އިތުރުވި ދަނޑުވަޅު އަނެއްކާ ޖަލަށް ގެންދިޔައީ އެވެ.

ކަރެކްޝަނަލް ސާވިސްގެ އިސް ވެރިޔަކު ހަމައެކަނި ވިދާޅުވީ އިމްރާން އަލުން މިއަދު ޖަލަށް ބަދަލުކުރި ކަމަށެވެ.

އެންމެ ފަހުން އިމްރާން ޖަލަށް ބަދަލުކޮށް ބެހެއްޓީ މީހުން މެރުން ފަދަ ބޮޑެތި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓެއްގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސިޔާސީ މަގާމުތަކުގައި ތިބެނިކޮށް ހުކުމް އިއްވާފައި ތިބޭ މީހުން ބައިތިއްބާ ބައެއްގަ އެވެ.

އިމްރާންގެ ޖަލުގެ ގޮޅި ބަދަލުކުރީ ގޭގައި ހުންނަވައި މީޑިއާ އަށް އިންޓަވިއު ދެއްވުމުންނެވެ. އޭރު ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވީ ގޭ ބަންދަށް ބަދަލުކުރުމުގެ ކުރިން ހެދި އެއްބަސްވުމުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށްފައި ވާނެ ކަމަށެވެ. އެހެންކަމުން އިމްރާން ވަނީ އެ އެއްބަސްވުމާ ހިލާފުވެވަޑައިގެންފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި އެފަހަރު އިމްރާން ވިދާޅުވީ އަނިޔާ އިން ސަލާމަތްވާނީ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަމުން ކަމަށެވެ. އެހެންވެ އޭނާ ގޮވާލެއްވީ ފަހަތަށް ނުޖެހި ތިބުމަށެވެ.

އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން މިހާރު ވެސް ތިއްބެވީ އެކި ހުކުމްތަކުގައި ޖަލުގަ އެވެ. އަދި އެއްވެސް ހުކުމެއް އިއްވުމެއް ނެތި ޖަލަށް ލާފައި ހުންނެވި ފާރިސް މައުމޫން ދާދި ފަހުން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މަސައްކަތްކުރައްވާ ފާރިސްގެ މައްޗަށް ދެ ދައުވާއެއް އުފުލައި، ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.

10 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 64%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަރަށްވާހަކަ

22 October 2017

އަހަރެން ބުނާނީ އިދިކޮޅުން ރިޔާސީ އިންތިޚާބަށް ކޮންމެ މީހަކު ނެރުނަސް އެމީހަކު ޖަލަށްލާނޭ. ކޮންމެވެސް ޖިނާއީ ކުށެއް ފުލުހުން މެދުވެރިކޮށް އުފަންކުރުވައިގެން އެމީހަކު ޖަލަށް ލާނޭ. އެހެޔޮ މާޒީގައި ދުވަހަކުވެސް ކުށެއްކޮށްފައިނުވާ މީހަކު ކަމަށްވިއަސް. އެހެންވީމާ އިދިކޮޅުން ނުކުންނަންވާނީ ޖަލަށް ލިއަސް އޯކޭ ވާމީހެއް. އިމްރާން، ނަޝީދު، ގާސިމް، ނާޒިމް، ފާރިޝް، ޖަލުގަ. މިއީ ހަމަ އިއްތިފާޤެއްތަ؟ ދެން މުނައްވަރަށް އޮތީ ޖަލު.

The name is already taken The name is available. Register?

އަތްފުނާ

21 October 2017

އަދާލަތަށް ކޮންކަމެއް ނުވެގެންތަ މި އުޅެނީ.މައުމޫނު ވެރިކަމުގައި ވަރިކަން ވައްޓާލަން އެމްޑީޕީ އާ އެއްކޮޅުވި.ނަށީދު ވެރިކަމަށް އައިމާ ވެރިކަން ވައްޓާލަން މައުމޫނުމެންނާއި އެއްކޮޅުވި އަދި އެންމެ ފަހުން މިވރިކަން ވައްޓާލަންވެގެން އިދިކޮޅު ފަރާތްތަކާ އެއްބައިވި.ކޮން ހަޑިއެއް ތި ހާވަނީ.

The name is already taken The name is available. Register?

ދެނޯ

22 October 2017

ގޯހިއްޔާ ހަމަ ގޯހޭ ބުނަންޖެހޭނެ. އަދާލަތުން ދެއްކިވާހަކަ ސީދާ ރައީސްގެ ދުލުން ވަނީ ދައްކަވާފަ. އެހެންވީމާ ވާގޮތް އެނގިއްޖެދޯ.

The name is already taken The name is available. Register?

ވައި18

21 October 2017

2018 ގަ އިތުރު ނަމެއް ނޯންނާނެ ގޮތަށް މަގުފަހިކުރުން ހަމަ އެންމެ ނަމެއް އޮންނާނީ

The name is already taken The name is available. Register?

އަލީ ނާޒިމް

21 October 2017

އޯ ގަދަ! ވ ވ ވ ރަގަޅު. ޔާމީނައް ތާއީދު، މިކަމައް! ސޮރީ އެކަމަކު މިއަންނަ އަހަރު ވޯޓެއް ނުދެވޭނެ، އެއްވުރެ މާ ގޯސް އެހެން ކަންތައް ދާ ގޮތް!

The name is already taken The name is available. Register?

އިޙްސަ

21 October 2017

ތިކަހަލަ މީހަކުގެ ވޯޓެއް ނުދޭނަމޭ ބުންޏަސް ރއސ ޔާމީނު އެކައްޗެކޭވެސް ހިތަށް ނާރާނެ. ރއސ ޔާމީނު އެކަނި ކުރިމަތިލެވޭނި.

The name is already taken The name is available. Register?

މެންޓަލިސްޓް

21 October 2017

ދެންގޭގައި ތޭރިޖަހާފައި ވަކިގޮޅިއެއް ހަދަންވީނުން ،،، އެތަނުގައި ފުލުހެއްބަހައްޓާނީ ،،، އޭރުން ދެން 2 އިރުކާ ބޭހެއްހެން ޖަލުން ގެއިން ދަމާކަށް ނުޖެހޭނެނުން ،،،، މިގޮތް އޯކޭތަ ،،، ވަރަށްވެދުން

The name is already taken The name is available. Register?

ހަސަން

21 October 2017

މިރާއްޖެ ސަލާމަތް ކުރެވޭނީ ވަކިވަކި ފަރުދުން އިޙްލާސް ތެރިވެގެން. މަޖްލިސް އިންތިހާބުގައި ވަކި ޕާޓީއަކަށް ނުބަލާ އިޙްލާސް ، ( އަދިވެސް އެއްފަހަރު ) އިޙްލާސް ތެރި މީހުން ހޮވައިގެން. ހޮވޭ މެމްބަރު ނުޖެހޭ ބައިވަރުގަނޑު ދޭކަށް. ބައިވަރުގަނޑުދީގެން ހޮވޭ މީހާ ، ކޮންމެ ޕާޓީ އަކުން ހޮވިކަމުގައި ވީނަމަވެސް ދޮވަލަނީ ޤައުމު މުއްސަނދިވަނީ އޭނާ އާއި އޭނާގެ އާއިލާ އާއި އޭނާގެ ކުންފުނި. މިކަން މިހާރު މިއޮތީ ވިޔަފާރި އަކަށް ވެފަ. މ.ޑ.ޕ / ޕ.ޕ ... ދެން ބާކީ އޮތް ވިޔަފާރި ދެޕާޓީ ގެވެސް ހާލަތީ މިއީ ... ދެން އޮތް އިންތިހާބަކަށް އިހްލާސް ތެރި ކިޔަވައިގެން ތިބި މީހުން ކުރިމަތި ލަންވީ ... ޕާޓީ އެތެރޭގެ އިންތިހާބް ތަކަށްވެސް ކުރިމަތިލާންވީ މިބުނި ބޭފުޅުން. ރަށްޔިތިުން ހޮވާދޭންވީ މިމީހުން. إن شاء الله‎‎ އަޅުގަނޑުމެންގެ ދުވާ އާއެކު ޤައުމު ސަލާމަތްވެ ... ޖޫޑިޝަރީ އިސްލާހު ކުރަން މަގުފަހި ވެގެން ދާނެ.

The name is already taken The name is available. Register?

3332

21 October 2017

ނެތޭ ސަލާމަތުން ހުރިއެކަކުވެސް މިހާރު..

The name is already taken The name is available. Register?

އަޞްލު

22 October 2017

ތިބޭނެ ރަނގަޅު މީހުން އެކަމަކު ރައްޔިތުން ނުބައި ވީމަ ނުބައިމީހުން އިންތިޚާބުކުރަން ވޯޓް އަޅަނީ. އެމީހެއްގެ މާޒީއަށް އެނބުރި ބަލާލުމުން އެނގޭނެ އެމީހަކީ ކާކުކަން. މި ބުނީ މާޒީގައި ފައިސާ ހޯދަން ކޮށްފައި ހުރިކަންކަން އެކަނި ބަލާލުމުން ވެސް ވޯޓް އަޅަން ނުޖެހޭކަން ހާމަވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454