ވިސާއާ ބެހޭ ބައެއް ހިދުމަތްތައް ހޯދަން ރޭ ހުރަވީ ބިލްޑިންގް ތިރީގައި ބަޔަކު ކިޔޫ ހަދައިގެން.
16 ޖެނުއަރީ 2018 - 12:25
ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއާ ބެހޭ ޚިދުމަތްތަކަށް ދުވާލަކު 50 ނަމްބަރު މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަން ފަށައިފި އެވެ.
މިގޮތަށް ހަމަޖެއްސުމުން، ވިސާގެ ހޯދުމުގެ ޚިދުމަތަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުރަވީ ބިލްޑިންގްގެ ތިރީގައި ރޭ ވެސް ކިޔޫ ހަދައިގެން ތިއްބެވެ.
ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު ވިދާޅުވީ ވޯކް ވިސާ ފިޔަވައި ވިސާއާ ބެހޭ އެހެނިހެން ޚިދުމަތް ދިނުމަށް ދުވާލަކު 50 ނަމްބަރު ދޫކުރާ ގޮތަށް ހަމަޖެއްސީ، ކުރިން ބޭނުންކުރި ސިސްޓަމްގެ ބަދަލުގައި އާ ސިސްޓަމެއް ތައާރަފް ކުރުމުން ކުރިމަތިވާ ދަތިތަކާ ހެދީ ކަމަށެވެ.
ވިސާއާ ބެހޭ ބައެއް ހިދުމަތްތައް ހޯދަން ރޭ ހުރަވީ ބިލްޑިންގް ތިރީގައި ބަޔަކު ކިޔޫ ހަދައިގެން. އިމިގްރޭޝަނުން މިހާރު ދޫކުރަނީ ދުވާލަކު 50 ނަމްބަރު.
"ކުރީގެ ސިސްޓަމް ބޭނުން ކުރެވޭ ވަރު ނުވެގެން އާ ސިސްޓަމެއް ހެދީ. އެ ސިސްޓަމް ޓެސްޓް ކުރުމުގެ މަރުހަލާގައި އުޅޭތީ ބައެއް ދަތިތަކާ ދިމާވޭ. އެ ސިސްޓަމް ބޭނުންކުރާއިރު މުވައްޒަފުންނަށް ވެސް ތަމްރީން ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވިގޮތުގައި އަލަށް ހެދި ސިސްޓަމްގައި ދިމާވާ މައްސަލަތައް ހައްލުކޮށް އަންނަ ހަފުތާގައި ޚިދުމަތް ފުރިހަމައަށް ދޭން ފެށޭވަރުވާނެ އެވެ. އަދި ވިސާގެ މުއްދަތު ހަމަވާ ފަރާތަކަށް ލިޔުމުން މުއްދަތު އިތުރު ކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ޚިދުމަތް ހޯދަން އެދޭ ފަރާތަކަށް ހުށަހެޅޭނީ ނަމްބަރަކަށް ދެ އެޕްލިކޭޝަން ފޯމް. އެ އަށް ވުރެ ގިނައިން ނުނެގެނީ ސިސްޓަމްގައި ބައެއް މައްސަލަތައް ހުރުމުން. މިހާރު ހުރި ބެކްލޮގް އަންނަ ހަފުތާގެ ތެރޭގައި ކްލިއާކޮށް ހިދުމަތް ފުރިހަމައަށް ދޭން ފެށޭނެ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް މީހުންނަށް އެޕޮއިންޓްމެންޓް ދީގެން މިދިޔަ ހޮނިހިރު ދުވަހު ވެސް ޚިދުމަތް ދީފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
16 January 2018
އަބަދުވެސް އާ ސިސްޓަމް ކުރިން ހުރި ރެކޯޑު މިހާރު ނުހުންނާނެ. މިވަރު ދޯދިޔާ އިމިގިރޭޝަނެެެއް މުޅި ދުނިޔޭގައިވެސްނުހުންނާނެ. ދުވާލަކަށް ނަމްބަރެއް ދޫކުރޭ. އޭރުން ވަރަށް ބައިވަރު ލިބޭނެ. މިވަރުން ކިހިނެއް ބޭރުމީހުން މަދުކުރާނީ
ހަނދުކޭތަ
16 January 2018
ތި ތަން ރަގަޅު ކުރަން ބޭނުމިއްޔާ ރަގަޅަށް ކަޔަވައިގެން ތިބި އަހުލާގު ރަގަޅު ބަޔަކު ތިތަނަށް ވައްދަން ޖެހޭ. ހައިޕަރ ޓެންޝަން ހުއްނަ މީހުންނާއި ބުލީ ކުރާ މީހުން ތަންތަނަށް ވައްދައިގެން ކަންތަކެއް ނުކުރެވޭނެ
އަހުމަދުބެ
16 January 2018
އިމިގްރޭޝަން އިން ދަނީ މިޕްސް އާ އަދި ކުރީގެ ސިސްޓަމް ބޭނުންކުރަމުންނެވެ. މިޕްސް އިން މީހަކު ގެންނަ ނަމަ އެތައް ސަތޭކަ ޑޮލަރެއް ބަންގްލަދޭޝަ އެޖެންޓް އަށް ދޭން ޖެހެއެވެ. ކުރީގެ ސިސްޓަމް އިން އާއްމުނަށް މީހުން ނުގެނެވެއެވެ. އެސިސްޓަމުން މީހުން ގެނެވެނީ އެތެރޭގެ ބޮޑުން ނަށް މީހަކަށް 7000 ރުފިޔާ ދީގެންނެވެ. އަދި އެއީ ފައިސާ ހުރި މީހުނަށް އޮންނަ ޗާންސް އެކެވެ.
ބަސްފުޅު
16 January 2018
ވިޔަފާރީގެ ބޭނުންތަކަށް ބިޒްނަސް ވިޒާގައި ރާއްޖެ އަންނަ ޖެހިފައި ތިބި ކުންފިނިތަކުގެ އިސްވެރިން ގެނައުމުގައި މިވަރުގެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ހާލަތަށް ވެއްޓުމުން ތިޔަ މުއައްސަސާގެ ޒިންމާދާރުކަން ކުޑަކަމަށް ފެނޭ. ސްޓްރެޓެޖިކް ޕްލޭންނެއް އޮތްނަމަ މިދިޔަ އަހަރު ތިޔަ މުއައްސަސާއިން ދިވެހި ރައްޔިތުންނަށް ޕާސްޕޯރޓް ކާޑު ތަޢާރަފުނުކޮށް ތިޔަ ފަދަ މުހިއްމުކަންކަމަށް އިސްކަންދެވުނީސް. ލަދުވެތި ކަމެއް މިއީ.
ބެއްޔާ އައްޑޫ
16 January 2018
ސަރުކާރުގެ އެއްމެ ބޮޑު ކޮރަޕްޝަން ހިންގާ އިދާރާ މިއީ. ފިލާ ތިބެ ރައްޔިތުން ފެލަނީ. ބަންގާޅު މީހުން ގެންނަން ހުއްދަދިން ބަންގާޅޫ އެޖެންސީ އިން ބައި އަޅާ ކިތައް މީހުން އެބަތިބި. ހިދުމަތެއް ހޯދަން ދިއަޔަސް ސައެއް ދޭންޖެހޭނެ. މޮއަތޮޅުގައި ހުރި ކަންޓަރު އެއީ އަދި ވަކީން ގަދަ ކަންޓަރެއް.
ގޮއްޔެ.
16 January 2018
ތިޔަ ކިޔޫ ފެނިފައި ހިތަށް ތަދުވާ މިނިސްޓަރެއް، ވެރިއެއްވެސް މިޤައުމުގައި ނެތް ދޯ؟؟ ޓާޓާ ފްލެޓް ގަންނަން މީހުން ކިޔު ހެދީތީ އެމަންޒަރު ފެނި ހިތްފަޅައިގެން ދިޔަ މިނިސްޓަރެއްގެ ވާހަކަ އޭރު އަޑުއިވުނު. އެއީ އޯގާތެރި ވެރިންނަކީ. ކަމުގައި ޤައުމު ކައި ހުސްކުރިއަސް ބަސްމަގުގެ ސާދާ ސީދާ ކަން ހުރީ ހަމަ އިންތިހާގައި.
އުދުހޭ
16 January 2018
ބައެއް މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ހޮނިހިރުދުވަހު ޚިދުމަތްދެނީ ވަލުދޮރުއަށިން ވަންނަ ފަރާތްތަކަށްތޯ ނުވަތަ ހުރިހާ އެންމެން ހަމަހަމަ އުސޫލަކުންތޯ؟
އައިހަމް
16 January 2018
މިއީ ދެން ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް މީހުން ކިޔޫގަ ޖައްސާ ތޮއްޖެއްސުން މިއަށްވުރެ ގިނަ ނަންބަރު ދުވާލަކަށް ދުކުރެވެން ޖެހޭނެ
ހޮޓްކިންގ
16 January 2018
މިއަދުވެސް ނަންބަރު ނަގައިގެން ބައެއްމީހުން ވިއްކީ 2000 ރުފިޔާއަށް ނަންބަރެއް. ކޮންމެ ކަމެއްގައި ވިޔަފާރި އާއި ކަރަޕްޝަން. އުނދަގޫ ކުރުން. އޭރުންދޯ މަތީ މަގާމުތަކުގައި ތިބޭ މީހުންގެ ހެޔޮކަމަށް އެދި އާދޭސް ކުރެވޭނީ. އަދި ނުވިތާކަށް ހަދިޔާއާއި ފައިސާދީގެން ކަންކަން ކުރަން މަޖުބޫރު ކުރުވަނީ.
ތަލަ
16 January 2018
އުދަގޫ ބޮޑު ތަނެއް ތީ. ޚޮރަޕްޝަނަށް ގޮސް ހުސްވެފައި ވާތަނެއް ތީއީ. ދުވަހަކު ކުރިއެރުން ނުލިބުނު ގަމާރު ތަނެއް ތިއީ.