ކުރީގެ ނައިބު ރައީސް ޖަމީލާއި މަލީހާއި އަމީން ޖޭޕީއަށް ސޮއިކުރެއްވުމަށް ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތު.
10 ފެބުރުއަރީ 2018 - 20:32
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި އެންމެ އިސް ދައުރެއް އަދާކުރެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ނައިބު ރައީސްކަމުން ޖަމީލް ވަކިކުރި ފަހުން، އަމީން ރައީސް އޮފީހުގެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިިއިރު މަލީހުގެ މަގާމުން އޭނާ ވަކިކުރެއްވީ ރައީސް ޔާމީނެވެ.
ކުރީގެ ނައިބު ރައީސް ޖަމީލް ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމާ ސަލާމް ކުރައްވަނީ.
"ޑރ. ޖަމީލްގެ ޓީމު"ގެ ގޮތުގައި މަޝްހޫރު މި ތިން ބޭފުޅުން ވަނީ 2013 ގެ ރިޔާސީ ކެމްޕޭންގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ ސަރުކާރު ތެރޭގައި ހިނގާ ބައެއް ކަންކަމާ ހިތްހަމަޖެހިވަޑައިނުގަތުމުން، ޖަމީލް ބެހެއްޓީ އެއް ކައިރިކޮށްފަ އެވެ.
ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަމީން ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމާ ސަލާމް ކުރައްވަނީ.
ޖަމީލް އިނގިރޭސި ވިލާތުގައި އަރުވާލެވިގެން އުޅުއްވަނީ ބޭސްފަރުވާއަށް ސްރީ ލަންކާއަށް ވަޑައިގެންނެވި ގޮތަށެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެފަހަރު އެނބުރި ރާއްޖެ ވަޑައިގެންނެވި ނަމަ ނިންމާފައި އޮތީ ހައްޔަރުކުރާ ގޮތަށެވެ.
ކުރީގެ ޔޫޔު މިނިސްޓަރު މަލީހް ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމާ ސަލާމް ކުރައްވަނީ.
ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ ރައްޔިތުންގެ މަޖިލިހުގައި އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެންނެވެ. އެކަމަކު އެއީ ގާނޫނުއަސާސީއާ ހިލާފަށް ނެގި ވޯޓެއް ކަމަށް ޖަމީލް ވިދާޅުވެ އެވެ.
ޖަމީލާއި މަލީހު އަދި އަމީން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ޖަރުމަނުގެ ފްރެންކްފާޓްގައި މި މަހު 2 ގަ އެވެ.
މި ތިން ބޭފުޅުންގެ އިތުރުން އިނގިރޭސި ވިލާތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ޝާހު މާހިރާއި ކުރީގެ ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވެސް ވަނީ ޖަރުމަނުގައި، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުކެހޭ
11 February 2018
އަމީނުމެން ތިބެގެން ހަމަ ސޭޓު ފެލަނީ .ހެޔޮނުވާނެ. ކޮން ބައެއް ދެން ތި ތިބީ؟މިހާރު ސޭޓަށް ވިސްނާ ދީފަ އޮންނާނީ އެއްބުރުން ސޭޓު ހޮވޭނެކަމަށް. ސޭޓަށް މިހާރު ހުވަފެނުންވެސް ފެންނާނީ ހުވާ ކުރަނިކޮށް.
ކަނަމަނަ
11 February 2018
ސިޔާސީ ގަނެވިއްކާ ގުރޫޕް.
ސުރުޚީ
11 February 2018
ޖަމީލު، އަމީން އަދި މަލީހް ގާސިމްގެ ޕޭރޯލްގައި ޖެހިއްޖެ.
އަ\ހުމަދު ފައި\ސަލް
11 February 2018
ތިމީހުން ތިއުޅެނީ ޖަރުމަނުގެ ވެރިކަން ވައްޓާލަން.
އާސިފު
11 February 2018
ހަމަ މާލެ އައީ، ގޮޅިއަށް މިހާރު ރެޑިކޮށްފަ ގޮޅި ސާފުކޮށްފަ ހުރީ.
އަހްމަދު
11 February 2018
އަހަންނައްފެންނަނީ ތިބޭފުޅުން ޖަރުމަނުގެ އިމްތިހާބުގަ ބައިވެރިވާން މިހާހާރުތިއޮތީރަނގަޅުތީމެއްހެދިފަ
ހުޔާ
11 February 2018
މީތަ ބަލިވެގެން ނޭވާނުލެވިގެން އުޅުނު ޤާސިމް؟
ނޫރީ
11 February 2018
މިއީ 2012 ގައި ފުލުހުންނަށް ރިޝްވަތުދީގެން ވެރިކަން ވައްޓާލި ގުރޫޕް. ގާސިމުގެ ލާރިގަނޑުބޭނުންކޮށްގެން އަނެއްކާވެސް އެއްކަލަ ފުލުހުންނަށް ިޝްވަތުދީގެން ވެރިކަން އަނެއްކާވެސް ވައްޓާލަން. އެފަހަރު ވެރިކަން ވައްޓާލުމަށް ފަހު ގާސިމަށް ޖެހުނު ޙާލު މިއަދާއި ހަމައަށްވެސް ތަޙަންމަލުކުރަމުން އަންނަ އިރު އަނެއްކާވެސް ގާސިމް އެބައިގަނޑުގެ އަވައިގައި ޖެހުނީ! އަޅެ ފަހެ ޤާސިމު އިބްރާހީމް މިއީ ހޭބުއްދި ފިލާފައި ހުރި މީހެއްތަ؟ ނޫނީ މީނާއަކީ ބޮޑު މޮޔައަކީތަ؟
ދުއްލިސާ
11 February 2018
ތިގްރޫޕަކީ މަދުފައިސާކޮޅަކަށް ގައުމާއި ގައުމުގެމިނިވަންކަމާ ގައުމުގެރައްޔިތުން ވިއްކާލަބައެއް .ގައުމަށްދައްކަން ހުރި ފައިސާދައްކާފަ ތިސަކަރާތެއްޖެހިއްޔާ މާރަގަޅުވާނެ. ތިއީކީމާތަހިރު ބައެއްނޫން ރައްޔިތުންއަޅުވެތިކުރަން އުޅޭބައެއް.
ހަމައޮތްގޮސް
11 February 2018
ކޮޅަކުން ކޮޅެއްގަ ލައްވާނުލާ އިސްރާފު ބައެއް.. އަބަދުވެސް ދެކޮޅަށް ދުވެދުވެ ތިބެނީ.. އުމުރު ހުސްވާނދެންވެސް ތިޔައީ ހަމަ އޮތްގޮތަކީ