މެގަ މޯލްޑިވްސްގެ މަތިންދާބޯޓުތައް: ދަރަނިތައް ދައްކާނެ ކަމަށް ވަނީ ބުނެފައި.
28 ފެބުރުއަރީ 2018 - 13:53
ހިއްސާދާރުންގެ އޮނިގަނޑު އަލުން އެކުލަވައިލުމަށާއި ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިދިޔަ އަހަރުގެ މެއި މަހު ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލި، މެގަ މޯލްޑިވްސް ބަނގުރޫޓުވުމުން އެ ކުންފުނި އުވާލުމަށް ނިންމައިފި އެވެ.
އެއާލައިންތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ އޭވިއޭޓާ.އެއާރޯ ވެބްސައިޓުން ބުނީ، މެގަމޯލްޑިވްސް އުވާލަން ނިންމީ އެއާލައިންގެ މަސައްކަތްތައް އަލުން ފަށަން ބޭނުންވާ ފައިސާ ނުވަތަ އިންވެސްޓަރުން ނުލިބުމުން ކަމަށެވެ.
"[މެގަ މޯލްޑިވްސްގެ] ހިއްސާދާރުން ވަނީ ކުންފުނި އުވާލުމަށް ލިކުއިޑޭޓާ އަކަށް ވިޝާމް އެންޑް ކޯ އައްޔަން ކޮށްފައި. ކުންފުނި އުވާލުމުގެ މަސައްކަތްތައް ކުރިއަށް ދާނީ، ރާއްޖޭގެ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތަށް،" އެ ވެބްސައިޓްގައި ބުނެފައި ވެއެވެ.
ކުންފުނި އުވާލަން ނިންމި އިރު، އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް މުސާރަ ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ ވެބްސައިޓްގައި ބުނެފައިވަނީ އެ ކުންފުނި އުވާލާ އިރު، މުވައްޒަފުންގެ އިތުރުން ސަރުކާރަށް ދައްކަންޖެހޭ ދަރަަނިތައް ދެއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ދަރަނީގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން، ކުންފުންޏެއް އުވާލެވޭނީ އެކަން އާންމުކޮށް އިއުލާނު ކުރުމަށް ފަހު، ދަރަންޏެއް ވާނަމަ، އެ ދެއްކުމަށް ފަހު އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މެގަ މޯލްޑިވްސްގެ 150 އެއްހާ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އެ މުވައްޒަފުންގެ މުސާރަ އަށް އެކަނި ވެސް މަދުވެގެން 400،000 ޑޮލަރު (6.17 މިލިޔަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. އަދި އެއާޕޯޓާއި، މީރާގެ އިތުރުން ބައެއް ފަޅުވެރިން ބޭނުން ކުރި ގެސްޓްހައުސްތަކާއި ހޮޓާތަކުގެ އިތުރުން ވެސް އެހެން ބައެއް ތަންތަނަށް ވެސް ގިނަ އަދަދަކަށް ފައިސާ ދައްކަން ޖެހެ އެވެ.
ކުންފުނި އުވާލަން ނިންމި އިރު، ބޮޑެތި ބަދަލުތަކާއެކު މެގަ މޯލްޑިވްސްގެ އުދުހުންތައް މިދިޔަ އޯގަސްޓް މަހު އަލުން ފަށާނެ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް ތަފާތު މައްސަލަތަކާ ހުރެ އެކަން ނުވެ ދިގުލައިގެން ދިޔައީ އެވެ.
މެގަ މޯލްޑިވްސްގެ ދަތުރުތައް ފަށާފައިވަނީ 2010 ވަނަ އަހަރު އެވެ. ރާއްޖެ އިން ބޭރަށް ދަތުރުކުރި އެއާލައިނުން 50 މަންޒިލަކަށް ދަތުރުކޮށް، 1.1 މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެންބާބޯޓުތައް
02 March 2018
ދެންބާބޯޓުތައް އެއާ އޭސިޔާ އަށް ކުޔައްދީ!
ފަރެސް މީހާ
02 March 2018
އަމިއްލަބޯއްޓެ ނެތޭ ، މުޅިންވެސް ހުރީ ކުއްޔަށްގެ އެއްޗެހި ، ( އއ )
ޙަމްދަރުދީ
01 March 2018
އެތަކެއް ދިވެހިންނަށް ވަޡީފާ އާއި ބޮޑުމުސާރަ ލިބެމުން ދިޔަ ކުންފުންޏެއް ވުޖޫދުން ފުހެވޭތީ ގެއްލުން ލިބުނު އެންމެންގެ ހިތާމައިގައި ބައިވެރިވެ ޙަމްދަރުދީ ވަމެވެ. ވަޡީފާ ގެއްލުނު ހުރިހާ ފަރާތްތަކަށް ވަޡީފާ ލިބޭނޭ ގޮތެއް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޚަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން
×ަ×ޗާޝޝ
01 March 2018
ވަރަށް ދެރަކޮށް ވީ ކަމެއްތީ. ކޮންފަދަ ފައްކާ ކުންފުންޔެއް ތީ؟ އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ވެރިން ގިނަވީމަ ވާނެގޮތް މީ. ދިވެހިންނޭ ވިސްނާ
މާލޭ މީހާ
01 March 2018
މެގަ މޯލްޑިވްސް ބަގުރޫޓް ވީ އޭ ބުނީމަ އެކަން ގަބޫލު ކުރާނެ ބަޔަކު މިހާރަކު ނެތް . މެގަ މޯލްޑިވްސް އަކީ %100 ސަރުކާރަށް ލިބުނު ފުރުސަތެއް ، ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގަ މަޖިލިސް މެމްބަރ މާރިޔާ އަހްމަދު ދީދީގެ އާއިލާއަށް ، ( އއ )
އެކޮޅުގޭ މުޙައްމަދު
28 February 2018
ރާއްޖޭގެ ގައުމީއެއަރ ލައިން ތަރައްގީ ކުރަން ލިބުނު އެހީ އަމިއްލަ އެއަލައިންނެއް އުފެއްދީ ޓީވީ މޯލްޑިވްސް ތަރައްގީ ކުރަން ލިބުނުއެހީ އަމިއްލަ ޓީވީ ސްޓޭޝަނެއް އުފެއްދީ އަދި ތިޔަ ރާއްޖެޓީވީ ވެސް ބަގުރޫޓް ވާނެ
ޟާލޭ މީހާ
01 March 2018
ވަރައް ރަގަޅު ވާހަކައެއް ، މިކަންވެސް ރައްޔިތުންނަށް އޮޅުވާލަމުން ދަނީ . މިކަހަލަ ކިތައްމެ ކަމެއް އެބަހުރި ، ( އއ )
ބަނގުރޫޓު
01 March 2018
ބަގުރޫޓް ކުރަންވެގެން ދޯ އެހާވަރަށް ޖޫރީމަނާ އެކުރަނީ އެހެންވީމަ؟ މެގަވެސް އަސްލު ބަނގުރޫޓުވީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން.
ބޭފުޅާ
28 February 2018
ބޭފުޅުންގެ ދަރިންނަށް ވާނެވަރުވެ ތިޔަ ފެނުނީ
ނައީމާ އާދަމް
28 February 2018
މިއީ ވަރަށްދެރަކޮށްވިކަމެއް. ސަރުކާރުން ތިޔަ އެއާލައިންގެ ދަރަނިތަށް ދައްކައިދީ އަލުން ވިޔަފާރިއަށް އުދުހިގަތުމަށް އެހީތެރިކަންދޭންޖެހޭ!
ރާއްޖެ
28 February 2018
ކައްޗަށް އެޅި ބިންގަލެއް.
ރަނގަޅު
28 February 2018
ރަނގަޅު ނިންމުމެއް. ފިލާވަޅެއް.
ހަސަން
28 February 2018
ވަކި ޕާޓީއެއްގެ ސަރުކާރެއް އޮތްނަމަ ދަނޑި ވިއްދައިގެންވެސް ތިކުންފުނި އޮތަތީސް ... ބަޔެއް ސިޔާސީ މީހުންނަކީ ޕާޓީއަށް ބަލަދު އަރާފަ ތިބޭ ބަޔެއް. ރާއްޖޭގެ ޕާޓީ ތަކުގެ ފަހަތަށް ' ޕްރައިވެޓް ލިމިޓެޑް ' އިތުރު ކުރަން ފެނޭ. ތެދުވާނީ ތެދަށް ...
ނަން
01 March 2018
ހަމަ ތެދު ތިޔައީ
މާލޭ މީހާ
01 March 2018
ސަރުކާރަކުން ކުންފުނި ތަކުގެ ދަރަނި ރައްޔިތުންގެ ފައިސާއިން ދައްކަންނުޖެހޭނެ. ( އއ )