ގެއްލިފައިވާ އެމްއެޗް370 އާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވޭ. --ފޮޓޯ:ރޮއިޓާސް
23 މެއި 2018 - 13:34
ކުއާލަ ލަމްޕޫރު (މެއި 23) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ޕައިލެޓް ގަސްދުގައި ވައްޓާލީ ކަމަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރާ ފަރާތްތަކުން ދޮގުކޮށްފި އެވެ.
އެމްއެޗް370 ގަސްދުގައި ކަނޑަށް ވައްޓާލާފައިވާ ކަމަށް ބުނެ ދާދި ފަހުން ހާމަކޮށްފައިވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ އިން ވަނީ ބުނެފަ އެވެ.
ބޯޓުގެ ފުރިހަމަ ކޮންޓްރޯލް ޕައިލެޓުގެ އަތުގައި އޮތް ކަމަށް ބުނާ ވާހަކަތަކާ ފުށުއަރާ ފަދަ ތިއަރީއެއް ކެނެޑާގެ އެއާ ކްރޭޝް އިންވެސްޓިގޭޓަރެއް ކަމަށްވާ ލެރީ ވެންސް ދާދި ފަހުން ލިޔުއްވި ފޮތުގައިވެ އެވެ. އޮސްޓްރޭލިއާގެ 60 މިނިޓް ޕްރޮގްރާމުގައި މި މަހު ކުރީކޮޅު ވާހަކަ ދައްކަވަމުން ވެންސް ވިދާޅުވީ އެމްއެޗް370ގެ އެންމެ ފަހު ވަގުތުކޮޅާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯގެ ނިންމުން ގޯސް ކަމަށެވެ.
"ޕައިލެޓް ވަނީ ގަސްދުގައި ބޯޓު ފެނަށް ތިރިކޮށްފައި،" ވެންސް ވިދާޅުވި އެވެ.
އެމްއެޗް370 ގެއްލުނީ ބެއިޖިން އިން ކުއާލަ ކަމްޕޫރަށް މާޗް 2014 ގައި ދަތުރުކުރަނިކޮށެވެ. އެ ބޯޓުން 239 މީހުން ދަތުރުކުރި އެވެ. ބޯޓު ހޯދުމުގެ މަސައްކަތް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ އިން 1،046 ދުވަސް ވަންދެން ކުރުމަށް ފަހު އެ މަސައްކަތް ހުއްޓާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ބޯޓު ހޯދުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައި ވަނީ އެމެރިކާ ކުންފުންޏަކާ އެވެ. އެކަމަކު އެމްއެޗް370އާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން56
23 May 2018
ކުއާލަ ލަމްޕޫރުއިން ބެއިޖިން އަށް ދިޔައީ
ފެންވަރު
23 May 2018
ވަރަށް ފެންވަރު ދަށް ލިޔުމެއް... މިއަށް ވުރެ ރަނގަޅަށް ނޫސްވެރިކަން ކުރެވެނ ވާނެ. އެއްޗެކޭ ހީނުކުރާތި