ކުޅިވަރު / ވޯލްޑް ކަޕް 2018

މިސްރު ބަލިކޮށް ރަޝިއާ ދެ ވަނަ ބުރާ ގާތަށް

ސެއިން ޕީޓާސްބާގް (ޖޫން 19) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން މުހައްމަދު ސަލާހުގެ މިސްރު 3-1 އިން ބަލިކޮށް ރަޝިއާ މުބާރާތުގެ ދެ ވަނަ ބުރާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ރަޝިއާ އެންމެ ފަހުން ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ކުޅުނީ 1986 ވަނަ އަހަރު އެވެ. އޭރު އެ ޓީމު ކުޅުނީ ސޯވިއެޓް ޔޫނިއަންގެ ނަމުގަ އެވެ.

މާދަމާ މި ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ އުރުގުއޭ އާއި ސައުދީ އަރަބިއާ ކުޅޭ މެޗުން ސައުދީ މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ބާކީ އެއް މެޗު އޮއްވާ އުރުގުއޭ އާއި ރަޝިއާ ދެ ވަނަ ބުރަށްދާނެ އެވެ. މިރޭގެ ނަތީޖާއާ އެކު ރަޝިއާ ކަޓާނެ އޮތީ ވަރަށް ހަނި މެތަމެޓިކަލް ފުރުސަތެކެވެ. އަދި މިސްރަށް ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލުނުއިރު، އޮތީ ހަނި ފުރުސަތެކެވެ. އެއީ އުރުގުއޭ ދެން ކުޅޭ ދެ މެޗުން ބަލިވެ، މިސްރުން ފަހު މެޗުގައި ސައުދި އެރެބިއާ އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

ރަޝިއާ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އުރުގުއޭ އަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މިސްރާއި ހަތަރު ވަނައިގައި އޮތް ސައުދީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގްރޫޕް ފަހު މެޗުގައި ރަޝިއާ އާއި އުރުގުއޭ ކުޅޭ މެޗު ވެގެންދާނީ ގްރޫޕުގެ އެއް ވަނަ ކަނޑައެޅޭނެ މެޗަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލަށް ކުޅެނިކޮށް އަނިޔާވި ސަލާހު ފުރަތަމަ މެޗުގައި ނުކުޅޭއިރު އެ މެޗުން ފަހު ވަގުތު މިސްރު ވަނީ ހިތްދަތި ގޮތަކަށް އުރުގުއޭ އަތުން ބަލިވެފަ އެވެ. އަނެއްކޮޅުން ރަޝިއާ ވަނީ ފުރަތަމަ މެޗުން ސައުދީ އަތުން 5-0 އިން މޮޅުވެފަ އެވެ. އެހެން ކަމުން މުބާރާތުގައި ކުރިއަށްދާން މި މެޗުގެ ތިން ޕޮއިންޓް މިސްރަށް ހުރިހާ ގޮތަކުން މުހިއްމެވެ.

މެޗު ފަށައިގެން މޮޅަށް ކުޅުނީ ރަޝިއާ އިންނެވެ. އެ ޓީމުން ވަނީ ފުރަތަމަ 20 މިނިޓް ތެރޭގައި ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ރަޝިއާގެ އަލެކްސެންޑާ ގޮލޮވިން އާއި ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހި ޑެނިސް ޗެރީޝޭފް ފޮނުވާލި ދެ ހަަމަލާ ދިޔައީ ގޯލާ ސީދާނުވެ އެވެ.

މިރޭގެ މެޗުގެ ތެރެއިން ސަލާހު. -- ފޮޓޯ: އޭއެފްޕީ

މިސްރުން ވެސް ފުރަތަމަ ހާފުގައި ވަނީ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ސަލާހު ދިން ބޯޅައަކުން މަހުމޫދު ޓްރެޒެގޭ ޖެހި ޝޮޓް ގޯލުގެ ދަނޑިކައިރިން ދިޔައިރު، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އަވަސްކުޅުމަކާ އެކު ސަލާހަށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މިރޭ ސަލާހު ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި މިސްރުން ބޮޑަށް ބޭނުން ކުރީ ޓްރެޒެގޭގެ ފަޅި އެވެ. ސަލާހަށް ފުރަތަމަ ހާފުގައި މިސްރުން ކުޅުނީ މަދު ބޯޅަތަކެކެވެ.

ދެ ވަނަ ފަށައިގެން ދެ މިނިޓް ތެރޭ ރަޝިއާ އިން ވަނީ ލީޑުނަަގައިފަ އެވެ. މެޗުގެ 47 ވަަނަ މިނިޓްގައި ރަޝިއާގެ ރޯމަން ޒޮބްނިން ޖެހި ބޯޅަ ގޯލަށް ވަނީ މިސްރުގެ ކެޕްޓަން އަހުމަދު ފަތުހީ ފައިގައި ޖެހިފައި ގޮހެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ ފަސް ވަނަ ބައި ގޯލެވެ.

ރަޝިއާގެ ލަނޑާ އެކު މިސްރުން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ 55 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ސަލާހަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ބްލޮކްވެފަ އެވެ.

މިސްރަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ރަޝިއާ އިން ގާތްގާތުގައި އިތުރު ދެ ލަނޑު ޖެހުމެވެ. މި ދެ ލަނޑު ވެސް ކާމިޔާބުކުރީ ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖެހި ދެ ކުޅުންތެރިން ކަމަށްވާ ޗެރީޝޭފް އާއި އަރްޗޫމް ޒޫބާ އެވެ.

ފުރަތަމަ ލަނޑު 58 ވަނަ މިނިޓްގައި މާރިއޯ ފެނާންޑޭޒް ދިން ބޯޅައަކުން ޗެރީޝޭފް ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން ޒޫބާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ރަޝިއާ އިން ތިން ގޯލުގެ ލީޑެއް ނެގުމާ އެކު މިސްރުން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން ރަމަޒާން ސުބްހީ އާއި އަމްރު ވަރުދާ ކުޅެން އަރުވައިފަ އެވެ.

މިސްރަށް އުއްމީދެއް ލިބުނީ މެޗުގެ 73 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ސަލާހު ލަނޑު ޖެހުމުންނެވެ. ސަލާހަށް އޭރިއާ ތެރެއިން ޒޮބްނިން ކުރި ފައުލަކަށް ރެފްރީ މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ. ރެފްރީ ފުރަތަމަ ދެއްކީ އޭރިއާ ބޭރުން ހިލޭ ޖެހުމަކަށެވެ.

ފަހު ވަގުތު މިސްރުން ކުރިއަށް ޖެހިގެން އިތުރު ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

3 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 76%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްޓުޕިޓޯ

20 June 2018

ސަލާހުބޭ. ކިހިނެތް މިވީ؟؟؟؟؟؟؟؟؟؟؟؟؟?????

The name is already taken The name is available. Register?

ޗެލްސީ

20 June 2018

މިސްރަށް ހާދަ ދެރަގޮތެކޭ މިވީ.. ފުޓުބޯޅައީދުން ވަކިވި ފުރަތަމަ ޓީމޭ ކީމަ ރަނގަޅުވާނެ މިހާރު.. މަރުޙަބާ ރޫސީނަށް.

The name is already taken The name is available. Register?

ޗެލްސީ

20 June 2018

މިސްރަށް ހާދަ ދެރަގޮތެކޭ މިވީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454