ދިޓީވީ: މި ރެއިން ފެށިގެން ދެން ކުރިއަކަށް ނުގެންދާނެ.-- ފޮޓޯ: މިހާރު
10 އޯގަސްޓް 2016 - 14:40
ދިޓީވީ އާއި ގުޅިފައިވާ ޗެނަލްތައް މި ރެއިން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.
ރާއްޖޭގެ ފުރަތަމަ އަމިއްލަ ޗެނަލް ހިންގާ ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ދެ ކުންފުނިން ހިންގާ ދިޓީވީ އާއި ދިއެފްއެމް އަދި ދިޕްލަސް ބްރޯޑްކާސްޓް ކުރުން މި ރޭ 12:00 އިން ފެށިގެން ހުއްޓާލާނެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި ޑިރެކްޓަރުންގެ ބޯޑުން އެ ގޮތަށް ނިންމައި މިހާރު ތިބި މުވައްޒަފުންނަށް ތިން މަސްދުވަހުގެ ނޯޓިސް ވަނީ ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި މުސާރަ ދެމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ މެޖޯރިޓީ ޝެއާ އޮންނަ ދެ ކުންފުނިން ހިންގާ ޗެނަލްތައް ހުއްޓާލަން ނިންމި ވަކި ސަބަބެއް ބަޔާނަކު ނެތެވެ.
އެކަމަކު، 2008 ގައި ހިންގަން ފެށި ދިޓީވީގެ ސީއީއޯ މިދުހަތު އާދަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޗެނަލްތައް ހުއްޓާލަން ޖެހުނީ ތަނުގެ ވަސީލަތްތަކުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.
"މެނޭޖުމަންޓުން ބުނަނީ މި ހާލަތުގައި ހިންގެން ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް
11 August 2016
ރަގަޅު... ހުއްޓާލަންވީ... ޖާނަލިސަމް ރެސްޕޯންސިބަލްކޮށް ގެންގޮއްސިއްޔާ ގޮޅިއަށްވިއްޔަ ދާންޖެހޭނީ.. ހުއްޓާލީމަ އެ ބިރެއް ނެތެއްނު؟؟
އެނޮނީމާ
11 August 2016
ގައިމުވެސް ވަހެއްއެބަދުވާ އެކަމް އެ ދުވަނީ ކޮންވަހެއްކަން އަދިނޭނގިގެން މިއުޅެނީ. ދުވަސްކޮޅަކުން އެނގޭނެ.
جمحر
11 August 2016
ގޯހެއްއެބައުޅޭ ތިވާނީރޭވުމަކަށް ޔާމީނުގެ
މަގޭ
11 August 2016
ދިޓީވީ ހުއްޓާފަ އެހެން ހުރިހާ މީޑިއާތައް އަބުރުގެ ޖޫރިމަނާ ކޮށް އިނދަޖައްސާފަ ޤާނޫނު ބަދަލުކޮށްފަ ދިޓީވީ އެކަނި އަލުން ނިކުންނާނެ
މަދީހާ ސަލީމް/ދ. މާއެބޫދޫ
10 August 2016
މީ މިޤައުމަށް ލިބުނު ނަސްރެއް ދުވަހަކުވެސް މި ޗެނެލަކަށް މާފު ކުރުމެއްނެތް.
ބާނި
11 August 2016
ތިޔައީ ބައެއް މީހުން ދެކޭ ގޮތް.. އަނެއް ބަޔަކު ދެކެނީ އެއީ މިގައުމު ދޮންމީހުންގެ އަޅުވެތިކަމުން ސަލާމަތް ކުރަން މަތިވެރި ގުރުބާނީއެއް ވީ ޗެނެލެއް ކަމަށް
ޒިންދަގީ
10 August 2016
الحَمْد لله
އާދަމް ފަތުހީ
10 August 2016
އަސްތާ. މިވާން އުޅުނީ ކިހިނެތް؟ ބިރުހުރިކަމެއް!
އިފުލާސް
10 August 2016
ކަލޯގެއާ. ތިޔަ މޮޅު ހިތްހެޔޮ ނަޝީދުގެ ވެރިކަމުގައި ޗަމްޕާމެންނާ ނޮހޮރުއްޕާންކުރީ. މުޅި ދުނިޔެވެސް ދަންނާނެ ެކަން. މާމޮޅު ދިމޮކްރަސީއެއް ގެނެސްގެން ޗަމްޕާމެން ކިޑްނެޕްކުރަން އުޅުނީވެސް އަންނި. ހަނދާން ނެތުނީތަ.
އެކޮޅުކޮޅުން
10 August 2016
ދެން އެކޮޅުކޮޅުން މީހުންގެ ފޮޓޯބަލާނީ ކިހިނެތް؟ ވަރަށްވެސް ދެރަ!
ރަދީފް
10 August 2016
ކަލޯގަޔާ ޓީވީ އެކޮޅުކޮޅުން ބަހައްޓާ.ނޫނިީ މަނިކްފާނު އެކޮޅުކޮޅުން އޮވެ ޓީވީ ބަލާ. ވ.ވެދުން
އައިމިނާ
10 August 2016
އަބުރު ކަތިލާބަޔަކަށް އަބުރުގެ ބިލުފާސްކުރީމަ ކުރާނެ މާބޮޑުކަމެއްނުއޮންނާނެތާ.