22 ޖެނުއަރީ 2019 - 10:14
އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓަށް މި ވަގުތު ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ ހަމައެކަނި އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ދަތުރުތައް މަދު ކުރަން ނިންމައި، އަދި އެ ދަތުރުތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) މިއަދު ވިދާޅުވީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގަމަށް ދަތުރުތައް ބާއްވަމުން ދިޔައީ ގެއްލުމާ އެކު ބޮޑެތި ދަތިތަކާ ވެސް އެކީގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއާލައިނަށް ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ މައިގަނޑު ސަބަބަކީ ދަތުރުތައް ފެށި އިރު، ކުރިން ރޭވި ގޮތަށް ކަންކަން ފަހިނުވުމެވެ. އޭގެ ތެރޭގައި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ކަނެކްޓިވިޓީ އެއާލައިނަށް ހަމަނުޖެހުމާއި ގަން އެެއާޕޯޓްގެ އިމިގްރޭޝަނުގައި ހުރި ބައެއް ކަހަލަ މައްސަލަތައް ހިމެނެ އެވެ.
ފިރާގް ވިދާޅުވި ގޮތުގައި އިމިގްރޭޝަނުގެ ތެރެއިން ހުރި ދަތިތަކާ ހެދި ދަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެކަމަކު މުވައްޒަފުން އިތުރުކޮށްލައިގެން އިންތިޒާމުތައް ހަމަޖައްސައި ދެވިދާނެ ކަމަށް ވިދާޅުވި އެވެ.
"އަނެއްހެން ބުނަންޏާ ވަރަށް ސިމްޕަލް ކަންތައްތަކެއް ހަމައަކަށް އަޅުވާލައިގެން އަޅުގަނޑުމެންނަށް ވެސް ސަސްޓެއިން ކުރެވޭ ގޮތަށް މި ހިދުމަތް ދެވޭނެ،" ފިރާގް ވިދާޅުވި އެވެ. "އެކަމަކު ދެ އަހަރުވެގެން ދިޔަ އިރު އަޅުގަނޑުމެން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅި ކަންކަމަށް އެއްވެސް ހައްލެއް މިހާތަނަށް ހޯދައި ދެވިފައެއް ނެތް. ނަމަވެސް އަދިވެސް އަޅުގަނޑުމެން މި ދަނީ އާ ސަރުކާރު އައި ފަހުން ކަމާ ބެހޭ އިދާރާތަކާ އެކު ނެގޯޝިއޭޓް ކުރަމުން."
"އަނެއްހެން ބުނަންޏާ ވަރަށް ސިމްޕަލް ކަންތައްތަކެއް ހަމައަކަށް އަޅުވާލައިގެން އަޅުގަނޑުމެންނަށް ވެސް ސަސްޓެއިން ކުރެވޭ ގޮތަށް މި ހިދުމަތް ދެވޭނެ،"
އޭނާ ވިދާޅުވި ގޮތުގައިި ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ހުއްޓާލަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އެހެންވެ ހުއްޓާނުލައި ކުރިއަށް ދެވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
"ހުއްޓާލައި އަލުން ފެށުމަކީ ވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ. އެހެންވެ ހުއްޓާ ނުލާ ވޭތީ މި ބަލަނީ. އަނެއްކާ ދަތުރުތައް ހުއްޓާލުމަކީ އައްޑޫ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު މާޔޫސް ކަމަކަށް ވާނެ،" ފިރާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ހަފުތާއަކު ތިން ފްލައިޓް ބާއްވަމުން ދިޔަ ނަމަވެސް އަންނަ އެޕްރީލް މަހުގެ ތެރޭގައި ވަގުތީ ހުއްޓުމެއް ވެސް އަތުވެދާނެ ކަމަށެވެ.
"މިހާރު ވިސްނުން ހުރީ ބޮޑު ގެއްލުމެއްވާތީ ފްލައިޓްތައް މަދު ކުރަން. އެއްކޮށް ހުއްޓާލުމަކީ ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެން ވެސް ވަރަށް ބޮޑު ހަދަރެއްކޮށްގެން މި ހިދުމަތް މި ފޯރުކޮށް މި ދެވެނީ. އެހެންވީމާ ދެން އިތުރު ކުރަން ޖެހޭ ހާލަތްތަކުގައި ފްލައިޓްތައް އިތުރު ކުރަމުން ގެންދާނީ،" ފިރާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްރީ ލަންކަން އެއާލައިންސް ނޫން ބޭރުގެ އެއާލައިނަކަށް މި ވަގުތު ގަމަށް ޝެޑިއުލް ދަތުރުތައް ބޭއްވުމަކީ ފީޒިބަލް ކަމެއް ވެސް ނޫނެވެ. އެހެންވެ މި ފުރުސަތު ގެއްލުމަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ.
SriLankan airlines ge dhaturuthah Gamah fashaifi
The most trusted news source in the Maldives
Mihaaru
ސްރީ ލަންލަން އިން ގަމަށް ދަތުރު ފެށީ ޑިސެމްބަރު، 1، 2016 ގައި.
ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށީ ޑިސެމްބަރު، 1، 2016 ގަ އެވެ.
މީގެ ކުރިން ގައުމީ އެއާލައިން މޯލްޑިވިއަނުން ވެސް ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ބޭއްވި އެވެ. ނަމަވެސް ގެއްލުންވާ ކަމަށް ބުނެ އެ ކުންފުނިން ވެސް ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްޓޭ
22 January 2019
އަޅުމާލޭ ސަރުކާން ގެންގުޅޭ އަޅުވެތިކުރުމާއި ތަފާތު ކުރުމާއި އިޤްތިސާދީ ދަތިކުރުމުގެ މުސީބާތުން ސަލާމަތް ވެވޭނީ ރާއްޖެތެރޭ އެންމެން އެކެއްޗެއްކިޔާ މަސައްކަތް ކޮށްގެންނެވެ. އެއް އަތޮޅާއި އަނެއް އަތޮޅެއް ޖައްސާ ، އެއްސަރަހައްދާއި އަނެއް ސަރަހަހަދެއް ޖައްސާފައި ބޭތިއްބުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން ގެންދާ އުކުޅުތަކަށްވެސް ސަމާލުވާން ޖެހެއެވެ. މާލޭން އަންނަ އެއްވެސް ބޭފުޅަކަށް ވޯޓް ނުދޭންވީ އަދި އޭގެމީހަކަށް ތާއީދުކުރާ މީހަކަށްވެސް ވޯޓް ނުދޭންވީ
މިހާރު1
22 January 2019
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަރުވެސް ކޮންޓްރެކްޓް ހަމަވާ ދުވަސްޖެހުނީމަ މި ފަތިވަރު ގޮވާ . ބަލަ ގަން އެއަރޕޯޓުންވެސް ކިހާ ވަރެއް ތިއެއަރލައިނަށް ކޮށްއެދެނީ އެވަރު ކުޑައީތަ؟ މުޅިއަހަރު ދުވަހު ކުރި ދަތުރުތަކަކީ ހަމަ އެންމެ ރަނގަޅު ޔަގީނުންވެސް ގެއްލުންނުވެ ފައިދާވާނެ ދަތުރުތައް. ތިއީ ކޮންމެވެސް އެހެން ބޭނުމެއްގަ ކުރާކަމއެއްކަމަށް ފެނޭ.
ބާޓާ
22 January 2019
މާލޭ އެއަރ ޕޯޓް ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގައި އިންޓަރނެޝިނަލް އެއާރޕޯޓެއް، ބަނދަރެއް ހިންގުނަނުދޭން މާލޭ އެބުނާ ޝާހީކަމަށް ދައުވާކުރާ ބޭފުޅުން އެއުޅުއްވަނީ. ވަރަށް ހީލަތްތެރި ގޮތަކަށް މާލޭ ސަރުކާރުން މިކަންތައް ކުރައްވަނީ. ކުދި އެއާރ ޕޯޓްތަކަށްވެސް އޮތީ އެގޮތް ހަދާފައި ޓުއަރިސްޓަކު ދާކަމަށްވަންޏާ އެތައްގުނަ ބޮޑުކޮށް ޓިކެޓް ވިއްކަނީވެސް އެބޭނުމުގައި. ޢޭރުން ޓުވަރިސްޓުން ދާން މިޖެހެނީ ސީޕުލޭނުގައި. ބޭރު ކުންފުނިތަކަށް ފައިދާ
ފެމުނާ
22 January 2019
ނިކަން ދެކިބަލަ އެމީހުންގެ ކަންތައް ހުންނަ ގޮތް ، އުއްޗޫ ، އޭ ކޮންތާކު ބޭފުޅޭއް، އޭނަވެސް އެބައުޅޭ އަޑޫ އެއަޜޕޯޓުގައި ގޮސް ބަނޑަހަ ޖަހައިގެން . އެބޭފުޅާއައި އައްޑޫ އެއަރޕޯޓކާއި ކޮންބެހޭކަމެއްތަ އަޅެ؟ މިމީހުންނަށް ހީވަނީ މިމީހުން މިގެންގުޅޭ ސިޔާސަތަކާއި މިގަންނަ ގަނޑެއް އައްޑޫ ރައްޔިތުންނަކަށް ނޭގޭ ކަމައްތޯ؟
ކަމެކޭ
22 January 2019
ރާއްޖެތެރެއަށް އިންޓަރނޭޝަނަލް އެއާރޕޯރޓް ހަދައިގެން ނުދާނެއޭ ފްލައިޓެއް އެ ފީސްބްލް ނުވާނެއޭ އެއީ ވާނެ ކަމެއް ނޫނޭ ދަ ރާއްޖެތެރެއަކު ނެތޭ އެހާ ހީވާގި ބަޔަކު އަދި ވަކިން އައްޑޫ އަށް ބަލާއިރު އައްޑޫ އަކީ އެއީ ޓޫރިސްޓް ޑެސްޓިނޭޝަނެއް ނޫނޭ އެއީ ކޮމާރޝަލް އަދި އިންޑަސްޓްރިއަލް ޑެސްޓިނޭޝަން އެކޭ އައްޑޫއަކު ޓޫރިޒަމް ކުރިނާރާނެއޭ އެއީ ވާނެ ކަމެއް ނޫނޭ މިކަން ހަނދާންނެތުން އެއީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ޕޮލިސީ ސެކްރެޓަރީ ދަންނަންޖެހޭނެ
ފާޒަރު
22 January 2019
ޢަައްޑޫ ގައި ހިންގި ގާމެންޓް ފެކްޓްރީތައްވެސް ހުއްޓާލަން ޖެހުނީ މާލޭ ސަރކާރުގެ ސަބަބުން . ރާއްޖެތެރޭ އެއްވެސް އަތޮޅެއްގައި އިޤްތިސާދީ ގޮތުން އެއަތޮޅެއްގެ ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ވިޔަނިދޭން ޒަމާނުއްސުރެ މާލާސަރުކާރުން މިއޮންނަނީ ފައިވިއްދާފައި . ޢަތޮޅު ރައްޔިރުން އަޅުކުލި ދައްކަން މާލެ ނައިސްދާނެތީ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ހަސަދަވެރިކަމާއި ނުބާކަން ނިކަން ދެކިބަލާށެވެ.
ދޮންމަނިކެ
22 January 2019
ތިކަމަށްވެސް އެންމެ ހިކުމަތްތެރިއަކީ ރޔ
ބަނޑޭ
22 January 2019
މީހަކު އަޅެ ބުރާންތިވެދާނެއެއްނު! ތިޔަ ބުނި ހިކުމަތްތެރިޔާ އަށް 5 އަހަރު ވެރިކަން ކުރަން ލިބުނު އިރުވެސް ކަމެއް ނުކުރެވުނު ވާހަކޭ ފިރާގު އެބުނީ.
ރގޑ ރާޖާ
22 January 2019
ޔާމީނަކީ ވަކިން ބޮޑަށް އައްޑޫ އާއިދޭތެރޭ އެގޮތް ގެންގުޅޭ ބޭފުޅެއްކަމަށް އާޑޫގެ ގިނަ ރައްޔިތުން އަބަދުވެސް ޝަކުވާ އޮވޭ އެވާހަކަ ދައްކާ، އާއްޑޫގައި ހިންގަމުންދިޔަ ގާމެންޓް ފެކްޓަރީތައް ބަންދު ކޮށްލަން ޖެހުމުގެ އެންމެ އިސް އެއް މޭސްތިރިޔަކީ ޔާމީނުކަމުގައި ވާހަކަ ދެކެވޭ. މިކަން އައްޑޫ ރައްޔިތުންނަކަށް އޮޅިފަކާނޫން އޮންނަނީކީވެސް
މާރަނގާ - އައްޑޫ ސިޓީ
22 January 2019
ގަމަށް ޝެޑިއުލް ދަތުރުކުރުމުގައި “މައްސަލަތަކާއި ބޮޑެތި ދަތިތަކެއް އެބަހުރި” ކަމަށް ސްރީލަންކަންއިން އައީ މާކުރިންވެސް ބުނަމުން. * * ހަފްތާއަކު 3 ދުވަހު ޝެޑިއުލް ދަތުރުތައް ބަރާބަރަށް 2 އަހަރުދުވަހު ބޭއްވިއިރު ސިޓީކައުންސިލުން އެއަރލައިންސްގެ ލޯކަލްއޭޖަންޓްއާއި އަދި ލަންކާއަށްގޮސް އެއަރލައިންގެއިސްވެރިންނާއިބައްދަލުކޮށް ކުރިމަތިވާދަތިތަކާއި ހޯދިދާނެހައްލުތަކާއިމެދުމަޝްވަރާކޮށް މާލޭސަރުކާރަށް އެއްވެސް ކަމެއްގެ ހައްލުހޯދާދިނުމަށް ހުށަހަޅާފައިވޭތޯ؟
ޢަސްރަފް
22 January 2019
ޖަޒިރާ ރާއްޖެއަ؛ށް މަރުހަބާ
ސަރަންފީ
22 January 2019
މާލެ އެއްރަށް ގައުމެއްގެ ގޮތުގައި ހިންގަން ބޭނުންނަމަ ، ފޮރުވިފައިވާ ސިޔާސަތެއްގެ ތެރެއިން ރާއްޖޭގެ އެހެން އަތޮޅުތަކަށް ދަތިކޮށް އަޅުވެތި ކުރުމުގެ ބަދަލުގައި. މާލޭއަކީ ވަކި ދައުލަތެއްގެ ގޮތުގައި އިއުލާންކޮށް ، އެހެން އަތޮޅުތައް ހަމަޖެހިލައިގެން އުޅެން ދޫކޮށްލަންވީނޫންތޯއެވެ؟ މާލޭގެ ބޭފުޅުންގެ ދިރިތިބުން ބިނާވެފައިވަނީ އަޅުކުލީގެ މައްޗަށް ކަމުގައި ވާނަމަ ކޮންމެވެސް އެހެން ގައުމެއްގެ ބަޔަކު އަތުން ކުލި ހޯދަން ދިމާކުރަންވީނޫންތޯއެވެ
މަތިހަމަގޭ އިބިރާ
22 January 2019
އަޅުމާލެ މާލޭލޭގެ އަޅުވެތި ކުރުމުގެ ސިޔާސަތުން މިންޖުވޭތޯ ރާއްޖެތެރޭ ރައްޔިތުން އެކެއްޗެއް ކިޔައިގެން މަސައްކަތް ކުރަން ޖެހެއެވެ. ކޮންމެވެސް ގަވައިދެއް ހަދައިގެން އެއްގޮތެއް ނުވިއްޔާ އަނެއްގޮތަކުން އޮންނަނީ ތާށި ކޮށްފައެވެ. މި ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުގެ ސަބަބުން މުލި ގައުމު ނިކެމެތިވެ ހަލާކުވެގެންދަނީއެވެ. ރާއްޖެ ތެރޭ އެއްވެސް އަތޮޅެއްގެ ރައްޔިތުންނަކަށް ހަމްޖެލައިގެ އުޅެވުނަދޭކަށް ނުއުޅެއެވެ. މީ ހީވަނީ އިޒުރޭލާއި ޕަލަށްތީން ހެންނެވެ.