24 ޖުލައި 2019 - 06:23
މަޝްހޫރު އޭވިއޭޝަން ކުންފުނި އެއާބަސް އިން ބާޒާއި އެ ނޫން ވެސް އެ ބާވަތުގެ ދޫނި އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މަތިންދާބޯޓްގެ ކޮންސެޕްޓް ދައްކާލައިފި އެވެ.
ދޫނީގެ ފިޔަގަނޑު ދެ ފަރާތުން ފެތުރިފައި އޮންނަ ގޮތަށް ދޫނީގެ ބައްޓަށް ފަރުމާކޮށްފައިވާ "ބާޑް އޮފް ޕްރޭ" ދައްކައިލީ ހުކުރު ދުވަހު ބޭއްވި ރޯޔަލް އިންޓަނޭޝަނަލް އެއާ ޓެޓޫ ޝޯގައި އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ޓްރޭޑްގެ ސެކްރެޓަރީ އޮފް ސްޓޭޓް ޑރ. ލިއަމް ފޮކްސް އެވެ.
އޭނާ ވަނީ އޭގެ ވީޑިއޯއެއް ވެސް ޓްވިޓާގައި ހިއްސާ ކުރައްވައިފަ އެވެ.
Delighted to support the launch of the fantastic new @Airbus Bird of Prey concept airliner at the Royal International @AirTattoo show today.
— Dr Liam Fox MP (@LiamFox) July 19, 2019
The 🇬🇧 is a world-leader in engineering #innovation, with UK aerospace industry exports totalling £34.2bn in 2018.
#EngineeringisGREAT pic.twitter.com/htMtAKWZtf
އެއާބަސް އިން ބުނި ގޮތުގައި "ބާޑް އޮފް ޕްރޭ" އަކީ ހައިބްރިޑް-އިލެކްޓްރިކް އަދި ޓާބޯ ޕްރޮޕެލާ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އަށްޑިހަ މީހުންގެ ޖާގައިގެ މި ބޯޓަކީ މިހާރު ބޭނުންކުރާ އާދައިގެ މަތިންދާބޯޓްފަހަރުގައި ބޭނުންކުރާ ތެލުގެ 30-50 ޕަސަންޓް މަދުން ތެޔޮ ބޭނުންވާ އުޅަނަދެކެވެ.
RAF FAIRFORD | This is the #design spec of conceptual airliner #BirdofPrey unveiled at #RIAT19 #Airbus #aviation #future #engineers #HighValueDesign @airtattoo @GREATBritain @AeroSociety @TheIET @TheAirLeague @UKAeroInstitute pic.twitter.com/QX5EzrpTJk
— Airbus In The UK (@AirbusintheUK) July 19, 2019
އާ ކޮންސެޕްޓާ ބެހޭ ގޮތުން އެއާބަސްގެ ސީނިއާ މެނޭޖަރު މާޓިން އެސްޓަން ވިދާޅުވީ މީގެ ބޯޓު ހިދުމަތަށް ނެރުމުގެ ވިސްނުމެއް މި ވަގުތު ނެތް ކަމަށެވެ. އެކަމަކު މި ކޮންސެޕްޓްގެ މައިގަނޑު މަގުސަދަކީ އޭވިއޭޝަން ދާއިރާގައި ކުރިއަށް އޮތް ޖީލުތަކުގައި މަސައްކަތް ކުރާނެ އެއަރޮނޮޓިކަލް އިންޖިނިއަރުންނަށް ހިތްވަރެއް ދިނުން ކަމަށެވެ.
The ‘#BirdOfPrey’ is taking wing! This sleek new concept takes inspiration from eagles to create a hybrid-electric design with individually controlled feathered wings. We’re always looking for pioneering new ideas – what would your aircraft be inspired by? https://t.co/HOfecb8X06 pic.twitter.com/0zXOr5znJv
— Airbus (@Airbus) July 19, 2019
"ހާއްސަކޮށް ޒުވާން ޖީލަށް އޭވިއޭޝަން އިންޑަސްޓްރީގެ ކުރިމަގު ތަސައްވުރު ކުރެވޭ ގޮތް ދައްކައިލަ ދޭން ބޭނުންވީ،" އޭނާ ވިދާޅުވި އެވެ. "އަދި ޒުވާނުންގެ އާ ވިސްނުން އޭވިއޭޝަން ދާއިރާ އަށް ވަރަށް މުހިއްމު ވާނެ."
މާޓިން ވިދާޅުވި ގޮތުގައި މިހާރަށް ވުރެ ބޮޑަށް ކުރިމަގުގައި ވައިގެ ހިދުމަތް ބައްޓަންވެގެން ދާން ޖެހޭނީ ތިމާވެއްޓާ ވީހާ ވެސް ރައްޓެހި ދެމެހެއްޓެނިވި "ކްލީން ގްރީން އެނަޖީ" އަށް ކަމަށްވީ އާ ވިސްނުންތައް ނެރެން ޖެހެ އެވެ.
އެއާބަސް އިން މިހާރު އަންނަނީ މަތިންދާބޯޓްގައި ޒަމާނުއްސުރެ ބޭނުން ކުރާ ސީޓްތަކަށް ޒަމާނީ ބޮޑު ބަދަލެއް ގެންނަން ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސްވޭއޭ
24 July 2019
އެެއާބަސްގެ އާ ކޮންސެޕްޓަކީ ބާޒު ކަމަށްވާނަމަ ބޮއިންގް 787 ޑްރީމް ލައިނަރ ގެ ކޮޕީ އެއް ކަން ބޮޑީ ޝޭޕް އިން ފެނިގެންދެއޭ އަދި ވެސް ރީތި އާރކިޓެކްޓަރ އަށް މަތިންދާ ބޯޓް ޑިޒައިން ކުރަނީ އެމެރިކާގެ ބޮއިންގް ކުންފުނި ކަން އެއީ ފާހަގަ ކުރަން ޖެހޭނެ ކަމެކޭ...
ރީތި ދިވެހިން
25 July 2019
ހުސްއެކަނި ސޭފްޓީ ރެކޯޑްސް އަށް ބެލިޔަސް އަދި އިންޖީނޭރިންނަށް ބެލިޔަސް އެއާބަސް ކުރިމަތީގައި ބޮއީން ޖެހެނީ ކުޑަކަކޫ ޖަހަން