"ދަ ސީން" ފިހާރައިގެ ނަން "ސޮނީ ހޯމް" އަށް ވަނީ ބަދަލުކޮށްފައި-- ފޮޓޯ: ސޮނީ ހާޑްވެއާ
18 އޯގަސްޓް 2019 - 15:43
ސޮނީ ހާޑްވެއާ އިން ހިންގި "ދަ ސީން" ފިހާރައިގެ ނަން "ސޮނީ ހޯމް" އަށް ބަދަލުކޮށް އަލުން ހުޅުވައިފި އެވެ.
"ސޮނީ ހޯމް" ހާއްސަ ކޮށްފައިވަނީ ހޯމް އިންޕްރޫމަންޓް އައިޓަމްތަކަށެވެ. މީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ބަދިގެ ސާމާނާއި ހޯމް އެޕްލަޔަންސްގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ސާފުކުރުމާއި ލޯންޑްރީ އައިޓަމްތައް ހިމެނެ އެވެ.
ސޮނީ ހާޑްވެއާ އިން ބުނީ ފިހާރަ އަށް ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގައި ވެސް ފަސޭހަވާނެ ކަމަށެވެ. އެގޮތުން ގަންނަން ބޭނުންވާ ތަކެތި އަމިއްލައަށް ތަޖުރިބާ ކުރެވޭނެހެން ފިހާރަ ޑިޒައިންކޮށްފައިވާނެ ކަމަށް ބުންޏެވެ.
ދަ ސީން އަށް ގެނައި ބަދަލާއެކު އެ ފިހާރަ އިން ކުރިން ވިއްކަމުން ދިޔަ ސެނިޓަރީ އައިޓަމްތަކާއި ތަށިމުށި، ސޮނީ ހާޑްވެއާގެ ޖަނަވަރީ މަގުގައި ހުންނަ ފިހާރަ އަށް ވަނީ ބަދަލުކޮށްފަ އެވެ. ސޮނީ ހާޑްވެއާގެ "ސޮނީ ހޯމް" ހުންނާނީ މަޖީދީ މަގުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޑޭ
19 August 2019
ތިއީކަލޭމެން މާކުރިންވެސް ކުރަންވީކަމެއް. އިތުބާރުހިފޭ ތިޒާތުގެތަކެތި އެބަބޭނުންވޭ.
ފުންއަސަރު
18 August 2019
ސޮނީގެ ތަނެއްކަންވެސް އަދިކިރިޔާ މިއެނގުނީ. ދެންތާ ތިތަނަށްވަދެ އެއްޗެއް ގަނެލާންވެސް އެނގޭނީ. ފޭކުއެއްޗެތި ގިނަކަމުން މިހާރު ކޮންމެ ކޮންމެ ތާކުން އެއްޗެއް ގަނެވޭވަރެއްނޫން. ބްރޭންޑެޑް ތަންތަނުން އެއްޗެތި ގަތީމާ ކުޑަތަންކޮޅެއް އަގުބޮޑަސް، ގިނަޒަމާނަށް ދެމިހުރޭ. ސޮނީއަކީ އަހަރެން އިތުބާރުކުރާ ރަނގަޅު ޚިދުމަތެއްދޭ ތަނެއް.