22 ސެޕްޓެމްބަރ 2019 - 08:40
މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ޑްރޭކްގެ ހަށިގަނޑުގައި މިހާރު ހުރި ޓެޓޫތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ސޭޑްގެ މޫނު ސިފަވާ ދެ ޓެޓޫއެއް ހިމެނެ އެވެ. މީގެ ތެރެއަށް ދެން ޑްރޭކް އިތުރުކުރަން ބޭނުން ވަނީ ފިލްމު "ޓައިޓޭނިކް" ގެ ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ސެލީން ޑިއޯންގެ ޓެޓޫއެކެވެ.
މިހާތަނަށް ހަތަރު ގްރެމީ އެވޯޑް ހޯދާފައިވާ ޑްރޭކް، 32، ބުނިގޮތުގައި އޭނާ އައިޑޮލްއެއްގެ ގޮތުގައި ދެކޭ ސެލީންގެ ޓެޓޫއެއް ހަށިގަނޑުގައި ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެކެވެ. ނަމަވެސް މިކަމާ ގުޅިގެން ޑްރޭކަށް ސެލީން ދޭން ބޭނުން ވަނީ ނަސޭހަތެކެވެ.
ކާމިޔާބު އެތައް ލަވައެއް ކިޔާފައިވާ ސެލީން ބުނިގޮތުގައިި އޭނާގެ އާދޭހަކީ އެކަން ނުކުރުމެވެ.
.@CelineDion is pleading with @Drake not to add her face to his collection of tattoos. “Please Drake, I love you very much... Can I tell you something? Don’t do that.” 😂😂😂 pic.twitter.com/cC5eNUGHbv
— iHeartRadio Canada (@iHeartRadioCA) September 18, 2019
"އަހަރެން ޑްރޭކް ކައިރީ ބޭނުން ވަނީ ތިއީ އަހަރެން ވަރަށް ލޯބިވާ ފަންނާނެކޭ. އަހަރެން ބުނާ އެއްޗެއް ގަބޫލުކުރަންޏާ އަހަރެންގެ މޫނު ސިފަކޮށްދޭ ޓެޓޫއެއް ޖަހަން ގެންގުޅޭ ހިޔާލު ދޫކޮށްލާށޭ،" 51 އަހަރުގެ ލަވަކިޔުންތެރިޔާ އައިހާޓް ރޭޑިއޯ ކެނެޑާ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ސެލީން ބުނިގޮތުގައި ޑްރޭކަކީ އޭނާގެ އެހާ ބޮޑު ސަޕޯޓަރެއް ނަމަ ކުރެވިދާނެ އެހެން ކަންކަން ވެސް އެބަހުއްޓެވެ.
"މިސާލަކަށް އަހަންނަށް ސިޓީ ވެސް ފޮނުވަންވީ. އަދި އަހަރެންގެ ދަރިންނަށް ޑްރޭކްގެ އޮޓޯގްރާފް ވެސް ފޮނުވަންވީ. އަހަރެންގެ ގެއަށް ޒިޔާރަތްކޮށް ބައްދަލުޗވެސް ކުރަންވީ. އަދި ގޭގައި ކާލައި ވާހަކަ ދައްކާލަން ވެސް އަންނަނީ،" ތިން ކުދިން ތިބި ސެލީން ބުންޏެވެ. "އަދި ދެ މީހުން އެކީގައި ލަވަ ވެސް ކިޔަންވީ. ... އެކަމަކު ޓެޓޫ ނުޖަހާތި."
އޭނާގެ ސިފައިގެ ޓެޓޫ ނުޖަހަން ސެލީން އެދޭ ސަބަބަކީ މިއެވެ؛ ޑްރޭކަށް ދުވަސްވަމުންދާ އިރު، ޓެޓޫ އިންނާނީ ހަމަ ޖެހި ގޮތަށް އޭގެ ސިފަ އަށް ބަދަލެއް ނައިހެވެ.
"އެހެންވެ އެއީ ބޮޑު ފޭކަކަށްވާނީ. އެހެންވީމާ އޭގެ މާނައެއް ނޫން ޓެޓޫ ޖެހި އިރު އަހަރެން ހުރި ސިފައިގައި ކަމަށް އަބަދު ވެސް ޓެޓޫން ދައްކައިވައިދޭނީކީ." ސެލީން ބުންޏެވެ. "އެހެންވީމާ ދެ މީހުންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ޓެޓޫގެ ހިޔާލު ދޫކޮށްލުން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy