ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާ ކުރާ އެހީ އަރުވާފައިވާ މަނަވަރު -- ފޮޓޯ: ފޮރިން މިނިސްޓްރީ
15 އެޕްރީލް 2020 - 22:36
ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަށް ދޭ 100 ޓަނުގެ ހިލޭ އެހީ ހިފައިގެން އެ ގައުމުގެ މަނަވަރެއް މިއަދު ފުރައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މަނަވަރުން ގެންނަ ތަކެތީގެ ތެރޭގައި ރާއްޖެ އަށް ހަދިޔާކުރާ ކާޑުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ އަދި ބޭހުގެ ބާވަތްތައް ވެސް ހިމެނެ އެވެ. އަދި މި ބައްޔާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ބައެއް މެޑިކަލް އިކުއިޕްމެންޓް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
އެ ހުރިހާ ތަކެތީގެ ބަރުދަނުގައި 100 ޓަނު އެބަހުރި ކަމަށާއި އެ ތަކެތި ރާއްޖެ އަށް ގެންނަ މަނަވަރު ފުރީ މިއަދު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބަންގްލަދޭޝް ވެސް ވަނީ ލޮކްޑައުންކޮށް، އެ ގައުމުގެ ބޯޑަރު ބަންދުކޮށްފަ އެވެ. އެ ގައުމު ލޮކްޑައުން ކުރި އިރު، އެ ގައުމުގައި ކިޔަވަން ތިބި 40 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން މިހާރު ވަނީ އަނބުރާ އަންނާނެ ގޮތެއް ނެތި އެ ގައުމުގައި ތާށިވެފަ އެވެ. އެ ދަރިވަރުން އަނބުރާ ރާއްޖެ ގެންނަން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުލް މޯމެންއާ ދެ ފަހަރެއްގެ މަތިން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އެކަމަށް ހުއްދަ ލިބުމުން އެ ދަރިވަރުން އަނބުރާ ގެންނާނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.
ބަންގްލަދޭޝް އިން ރާއްޖެ އަށް މި ދަނޑިވަޅުގައި ވަމުން އަންނަ އެހީ އަކީ ދެ ގައުމު ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަށް ބަންގްލަދޭޝްގެ ސަރުކާރަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.
ބަންގްލަދޭޝްގެ އިތުރުން، ޗައިނާ އާއި އިންޑިއާ އިން ވެސް ވަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަން ރާއްޖެއަށް އެކި ގޮތުން އެހީ ވެފަ އެވެ. މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރަން ބޭނުންވާ ތަފާތު މެޑިކަލް އިކުއިޕްމެންޓް ޗައިނާ އިން ހަދިޔާކޮށްފައި ވާ އިރު، އިންޑިއާ އިން ވަނީ އެކި ބާވަތްތަކުގެ އަސާސީ ބޭސް ހަދިޔާކޮށްފަ އެވެ.
ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔަށް ދިވެއްސަކު މިއަދު މާލެއިން ޕޮޒިޓިވް ވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި އެ މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި ސަރުކާރުން ވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު 24 ގަޑިއިރަށް ލޮކްޑައުން ކޮށްފަ އެވެ. މި އަމުރާ ހިލާފަށް އަމަލު ކުރާ މީހުން 1000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުލިގަމް އިސްޓައިލް
16 April 2020
ބޮންދުން ދެކެ ރުޅިއަރާ ދިވެހިން ތިޔަ ހޯދަން އެންމެ ފުރަތަމަ ކިޔު ހަދާނީ
ޜަނގަޅުޗާންސެއް242
16 April 2020
ގަވާއިދާޚިލާފަށްއުޅޭ ބަންގާޅުން ތިމަނަވަރަށްލާފައި ފޮނުވާލާ
އަހަރުމެން ހަނދާން
16 April 2020
ކުރާނަން ތިއެހީ إن شاء الله. މާތް ﷲ ބަންގްލަދޭޝްގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ޖަޒާ ދެއްވާތޯ ދުޢާ ކުރަން. މިއަށްވުރެ މާ މުއްސަނދި ގައުމުތައް އަހަރުމެން ވަރަށް ގާތްކޮށްގެން ކަމެހިތައިގެން ތިބީން. ނަމަވެސް މިކަމުގައި ބަންގްލަދޭޝް އިސް ނަގައިފި.
ޖަހާގަތީ ޖަހާގަތީ
16 April 2020
ތިޔައީ ބަންގާޅު މީހުންނަށް ފޮނުވި ހަދިޔާއޭ ބަލަގަ އެ މީހުންގެ މަނަވަރެއްގަ! އެވެސް ޖަހާގަތީދޯ އޮޅުވާލާފަ!
ޅަތީފް
16 April 2020
މިކޮޅުން ބޮންދުކޮޅެއް ތިއަށް އަރުވައިގެން ދައްޗޭ
ޝޮކްތެރަޕީ
15 April 2020
އިންޑިޔައިން ދިނީ އިންޑިޔާގެ ހެލިކަޕްޓަރަ ވާވަރަށް އެހީ.
ރެޓޭ
15 April 2020
ސުވަދީބު ސަރުކާރުގެ ވެރިޔާގެ ނަން ބޭނުން ކޮށްގެން އަފީފު އެތަށް މިތަނުގައި ފިތުނަފަސާދު ނުއުފެއްދު މަށް ގޮވާލަން!
ތުއްތޭ
16 April 2020
ކޮން ސުވަދީބު ސަރުކަރެކޭ ތިކިޔަނީ!؟ އެއީ ބާގީން ތަކެއް! އިނގިރޭސީން ގަން އުމުރުދުވަހަށް ބޭނުންވެގެން އައްޑޫ ބައެއްގެ ބޮލަށް އެރިގެން ކުރުވި ބަގާވަތެއް. ނާސިރު އަވަސް ފިޔަވަޅު ނޭޅުއްވިނަމަ އިނގިރޭސިން އައްޑޫ މީހުންނަށް ހަދާނީ ފޯޅަވަހީގެ ރަށްވެހިންނަށް ހެދިހެން ރަށުން އެއްކޮށް ބޭރުކޮއްލާފަ މިލިޓަރީ ބޭސްއެއް މުޅި އަތޮޅުގަ ހަދާނީ.
ޝޮކްތެރަޕީ
15 April 2020
ރާއްޖޭންވެސް އެހީ ދެންޖެހޭ. ގަވައިދާ ހިލާފު ބަންގްލަދޭސް މީހުން މަނަވަރަ ލަފަ ފޮނުވާލަން ޖެހޭ.
ގމރ ސޓ
15 April 2020
މާ ބޮޑު އެހީ އަކަށްވާނެ މިތާތިބި ގަވާއިދާ ހިލާފު މީހިން ތި މަނަވަރަށް އަރުވައިގެން ރަށަށް ގެންދިއުން
ޑަބިޔާ
16 April 2020
ގަވާދާ ހިލާފައް މިތަނައް އެތެރެވެވުނީ ކިހިނެއް ސަރުކާރުގެ މައްސަލަތަކުން.
މޯޑް
15 April 2020
ތިމަނަވަރު ހުސްކޮށްދިޔަނުދީ ޤަވައިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝް މީހުން ފޮނުވާލަން ފެނޭ. އެހެންނޫނީ ވައިރަސް ފެތުރިގެންދާލެއް ކޮންމެވެސް ވަރަކަށް އިތުރުވުން ގާތް.