ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް، ރައްޔިތުންގެ މަޖިލީހުގައި: އޭނާ ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި.
11 މާޗް 2021 - 00:36
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްޕޭން ކުރަން އިދިކޮޅުން ބޭއްވި އެއްވުމެއްގައި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ބައިވެރިވެވަޑައިގަތުމުން، ޖޫމްހޫރީ ޕާޓީގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އޭނާ އެ ޕާޓީން މިރޭ ވަކިވެވަޑައިގެންްފި އެވެ.
މަލީހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ އިޚުލާސްތެރިކަމާ އެކު ކޯލިޝަނުގެ ތެރޭގައި އަޑު އުފުލި މީހާއާ މެދު އެމްޑީޕީން ބޭއިންސާފުން ކަންތައް ކުރި އިރު އެ ޕާޓީން އެެއްްޗެއް ނުބުނާ ކަމަށެވެ. މަލީހު އެ އިޝާރާތް ކުރެއްވީ އޭނާގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު ޖޭޕީން އެކަމާ ދެކޮޅަށް ވާހަކަ ނުދައްކައި އޮތް އޮތުމަށެވެ.
ކުރީގެ ޓޫރިޒަަމް މިނިސްޓަރު އަލީ ވަހީދަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭނާ މަގާމުން ވަކިކުރި އިރު އޭނާއާ ދޭތެރޭގައި ފިޔަވަޅެއް އަޅާފައި ނުވާތީ މަލީހު އެކަމަށް ވެސް ފާޑުވިދާޅުވި އެވެ.
"ކޯލިޝަނުގައި (ޖޭޕީ އޮތީ) ދަލު ބޭރުން. މި ވަގުތު ޖޭޕީއާ ދުރަށް ޖެހިލާނަން،" ޓްވީޓްގައި މަލީހު ވިދާޅުވި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ޖަގަހައެއް މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި މަލީހު ބައިވެރިވެ ވަޑައިގެންނެވި އިރު، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ.
ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ހަނު. ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާ. ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާއި ފެޔަށް ޖެހިލާނަން. https://t.co/ditaemDhMF pic.twitter.com/T65ovBsW6o
— Mohamed Maleeh Jamal (@maleehjamal) March 10, 2021
މަލީހު ވިދާޅުވި ގޮތުގައި އެ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ފުވައްމުލަކުގެ ޒުވާނުންގެ ދައުވަތަކަށެވެ.
ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރުކަން ހޯއްދެވި މަލީހްގެ މި އަމަލު، އެ ޕާޓީއަކަށް ކަމަކު ނުދިޔަ އެވެ. ސަރުކާރުު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ކެމްޕޭން ހަރަކާތުގައި މަލީހް ބައިވެރިވެ ވަޑައިގެންނެވީ އެ ޕާޓީއަށް އެނގިގެން ނޫން ކަމަށާއި އެއީ ޕާޓީން ތާއީދު ވެސް ކުރާ ކަމެއް ނޫން ކަމަށެވެ.
"މަލީހުގެ އެ އަމަލު ޖޭޕީއަކަށް ބަލައެއް ނުގަނެވޭނެ. އެކަން ހިނގައި ދިޔަ ގޮތް އަޅުގަނޑުމެން މިދަނީ ބަލަމުން،" ކޮމިއުނިކޭޝަންސް މިނިސްޓްރީގައި މަލީހްއާ އެކު މަސައްކަތް ކުރެއްވި، އެތަނުގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އިދިކޮޅުގެ ހަރަކާތުގައި ބައިވެރިވެެ ވަޑައިގެންނެވީ ފުވައްމުލަކު ޒުވާނުންތަކެއްގެ އެދުމުގެ މަތިން ކަމަށް މަލީހް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން އަލީ ވިދާޅުވީ އެ ރަށުގައި ޖޭޕީގެ ކެންޑިޑޭޓުން ވެސް އުޅޭ ކަމަށާއި އެ މީހުންނަށް ކެމްޕޭން ކުރުން މާރަނގަޅު ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
12 March 2021
ކުއްތާ ކޮށިން ދޫކޮށްލީމަ އެންމެ ފުރަތަމަ ދާނީ އެސޮރުގެ ސާހިބާ އަރިހަށް. އެއީ މަލީހުއަށްވެސް ވީގޮތަކީ !
ފޮނިޓައްޕު ހަސަނު
11 March 2021
މަލީހު، ޖަމީލު، ގައްދޫ އަމީނު، ފޭދޫ ހަސަން ސައީދު މީ ހައްތާވެސް ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ، ރައްޔިތުން ބަލައި ނުގަންނަ އަދި ސިޔާސީ އުރަތްޕެއް ލިބިފައި ނެތް ބައެއް. ހަސަން ސައީދަށް ވިސްނިގެން އެހެރީ އޭނާގެ ޕްރޮފެޝަންގަ މަސައްކަތް ކުރަމުން ދަނީ.
އަރުތަ
11 March 2021
"ކޯލިޝަނުގައި (ޖޭޕީ އޮތީ) ދަލު ބޭރުން. މި ވަގުތު ޖޭޕީއާ ދުރަށް ޖެހިލާނަން،" އަޅެ މިނިސްޓަރުކަމުގަ ހުރިއިރު ކޯލިޝަނުގަ ޖޭޕީ ނެތް ގޮތަކަށް މިނިސްޓަރުކަން ގެއްލުމުން ފެނުނީމަ ކަޑައޭ މަލީހޫ، މަލީހުމެން ހީކުރަނީ ވިސްނުމާ ސިކުނޑި ހުރީ މިމީހުންގެ އެކަނި ކަމަށް، ލަދެއްވެސް ގަންނަ މީހެއްނޫނޭމީ.........
ަަައއއ.އަހުމަދު
11 March 2021
އަދި ކިރިޔާ މިފެނުނީ ސިޔާސީ ނެރުމަތީ ބުރޮޅިން
ހަބޭސް222
11 March 2021
މައްސަލައަކީ ޤާސިމަށް އެޔެއް މިޔެއް ވަކިނުވާތީ.......! ތަނެއްގަ މީހަކު ހުއްޓަސް މިނިސްޓަރ ކަން ޙަވާލުކުރާކަށް ނުވާނެ ނު...! އެހެންވީމަ ވާގޮތް މިވަނީ.......!
ކޮލަމާފުށި
11 March 2021
ލާހުޜޭ މީހުން އުޅޭގޮތަށް ނޫޅެބަލަ..ޔާމީނަށް ހިތު ހުރި އެއްޗެއްކިޔާފަ މިހާރު އޭނަ ދިފާއުކުރަން..މީހެއްވިއްޔާ ގޮތެއް ހުންނަން ޖެހޭނެ.
ފެނުގެ ނިޒާމް
11 March 2021
މަލީހަކީ މާކުރިންވެސް ވަކިވެ ހުރި މީހެއް
ސަމަރޭ
11 March 2021
ސިޔާސީ ތުންފުހި ކިޔަނީ މިހެންވެ. މީގެ އެކި ބްރީޑުގެ 30ހަކަށް މީހުން ރާއްޖޭގެ ސިޔާސީ ދާއިރާގަ އުޅޭ. ހަމަ ނެރެ އެއްލާލީ އަނެއްކާ އަނެއް ޕާޓީއަށް އެހިސާބުން ކުރިން ހުރި ޕާޓީއަށް ދުލަށް އައިހާ އެއްޗެއް ގޮވާނެ. އަނެއްދުވަހު އަނެއްކާ ފަހުން ދިޔަ ޕާޓީން ބޭރުކޮށްލީމަ އަނެއްކާ އަނެއް ދިމާލަށް. ދުނިޔޭގެ ލަދަށްވެސް ނުވިސްނޭ ލިބިދާނެ ފައިސާކޮޅަކާ މަގާމަކަށް. ލޮލަށް ނިދި ނާދޭ މިމީހުންގެ މިހެން ނޫޅެވެންޏާ.. ކޮންމެ މީހަކުވެސް މި ހީ ކުރަނީ ތިމަންނަ މީ ސިޔާސީ ލެޖެންޑެކޭ...
ޝޮކްތެރަޕީ
11 March 2021
ޖޭޕީ އަކީ ވިޔަފާރި ކުރާ ޕާޓީއެއް. އެމްމެ ބޮޑައް އާމްދަނީ ލިބެނީ ސިޔާސީ ދާއިރާއިން ލިބޭ ލާރި. ފަޅުފަޅާ ފަޅުރައްތަ ރިސޯޓްހަދަން ލިބޭ މިޔަފާރިން.
ހށނ
11 March 2021
އުމަރު އެބަ އުޅޭ ޕާޓީއެއް އުފަން ކުރަން މީހުން ނުވެގެން. ހުސްހަށިބައި ކޮށް ނުހުރެ އުމަރަށް ބައިއަތު ހިފާ.