ކުޅިވަރު

ދަނޑަށް ނޭރިއަސް ބައްޕަގެ ފަހަތުން ޗެމްޕިއަނަކަށް

ލުބުނާ --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސޮލައިޓް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ "ކޮކޯ ޗިކް ކްލިނިކް"ގެ ރިހެބިލިޓޭޝަން ރޫމުގެ ދޮރު އަހަރެމެންނަށް ހުޅުވައިދީ، ލުބާނާ ޝާހް ފެށި މި ވާހަކައިގެ ފުރަތަމަ ޗެޕްޓާ ފަށަން ޖެހުނީ ގަލޮޅު ދަނޑުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ ވަރުގަދަ ލެޖެންޑް ޝާހް އިސްމާއީލް (ސާޔާ) ބޯޅަ ހިފައިގެން ހުއްރިއްޔާ ކްލަބުގެ އޭރިއާގެ ތެރެއަށް ވަނުމުން ގޯލާ ރައްޓެހި ޝާހު ހުއްޓުވާނެ އެހެން ގޮތެއް ލެޖެންޑްރީ ކީޕަރު ހުރާގެ އިސްހާގް އީސާ އަށް ނުހޯދުނެވެ. އޭނާ ޖެހުނީ ފައުލްކޮށް ނިއު ރޭޑިއަންޓްގެ އެންމެ އިސް ފޯވަޑް ކަނޑާ ވައްޓާލާށެވެ. ނުރައްކާތެރި އެ ފައުލުގައި ސާޔާގެ ފައިގެ މަސްގަނޑު އިރައިގެން ދިޔައީ އެވެ.

ސްޕޯޓްސް ރިހިބިލިޓޭޝަން، އެންމެ ތަދު އެ ދުވަސްވަރު ސާޔާ އަށް ކުރިމަތިވި އަނިޔާ އަކީ އޭރުގެ އެންމެ ނުރައްކާތެރި އެއް އަނިޔާ އެވެ. ހޮސްޕިޓަލުން ފަރުވާ ދީގެން އޭނާ ގެޔަށް ގެނެސް އެނދު މަތި ކުރި އިރު، އެ އަނިޔާގެ ވޭން، އޭރު އުމުރުން ހަތަރު ފަސް އަހަރަށް ދާ ލުބާނާގެ ހިތަށް ވެސް ކުރި އެވެ. "ޑެޑީގެ ގާލް"ގެ ގޮތުގައި އަބަދުވެސް ފާހަގަވާ ލުބާނާ އަށް ކުރި އަސަރު ބޮޑެވެ. އޭނާ ފެށީ ރޯށެވެ. ބައްޕަ އަށް "ފައުލް ކުރި ކީޕަރު ދެކެ ރުޅި" ވެސް އައެވެ.

އެ ވާހަކަ ކިޔައިދޭން އުނދަގޫ ވިއަސް މިއަދު އެ ދުނިޔެ އަކަށް އޭނާ ނޭވާލާ ސްޕޯޓްސް ރިހިބިލިޓޭޝަންގެ ދުނިޔެ އަށް އޭނާ ގެންގޮސް ލައިދިނީ އެ ދުވަހު ބައްޕަ އަށް ކުރިމަތިވި އެ އަނިޔާ އެވެ.

ލުބާނާ (ވ) އޭނާގެ ބައްޕަ ޝާހް އިސްމާއީލް އާއެކު

އަނިޔާގެ ތެރެއިން ވެސް ބޮޑު ހިތްވަރަކާ އެކު ނުކުމެ ރާއްޖޭގެ ލެޖެންޑަކަށް ސާޔާ ވި އެވެ. ބައްޕަ ގެއަށް ގެނައި މެޑަލްތަކާއި ޓްރޮފީތަކާ މެދު އެންމެ ބޮޑަށް ފަހުރުވެރި ވި ދަރިޔަކީ ވެސް ލުބާނާ އެވެ. ބައްޕަ ޗެމްޕިއަނަކަށް ވީ ދަނޑުގެ ތެރެއިންނެވެ. ދިވެހި ކުޅިވަރުގެ ޗެމްޕިއަނަކަށް ލުބާނާވީ ވެފައި ވަނީ ދަނޑު ބޭރުގައި ހުރެ ދިވެހި ކުޅިވަރަށް އޭނާ ކޮށްދޭ ހިދުމަތުންނެވެ.

ސްކޫލްގައި އިންޓަ ހައުސްގައި ނެޓްބޯޅަ މުބާރާތުން ވަނަ ހޯދިޔަސް، ލުބާނާގެ ސިކުނޑީގެ ތެރޭގައި ހިނގަނީ އެތުލީޓަކަށް ވުމުގެ ވިސްނުމެއް ނޫނެވެ. އޭނާ ވިސްނީ ރާއްޖެ އަށް ޕްރޮފިޝަނަލް މީހުން އެންމެ ބޭނުންވެފައި އެއް ދާއިރާއިން ކުރިއަށް ދިއުމަށެވެ. އަދި އޭނާގެ ޕްރޮފެޝަން ސްޕޯޓްސް ކެރިއާ ގުޅުވުމަށެވެ. މޭޒެއްގެ ކައިރީގައި އިށީންދެގެން އިނދެ އަދާ ކުރާ ވަޒީފާއެއް އޭނާ ބޭނުމެއް ނުވި އެވެ.

"ކުޑައިރު ވެސް އަދި ހައި ސްކޫލް ނިންމިއިރު ވެސް ހިތަށް އެރި ޑެސްކު ޖޮބެއް ބޭނުމެއް ނެތޭ އެކްޓިވްކޮށް ވޯކު ކުރަން ޖެހޭ ޖޮބެކޭ ބޭނުން ވަނީ. އޭރުގައި އޭ ލެވަލް ނިންމާލިރު އެކުގައި އުޅުނު ރައްޓެހިން ވެސް ދިޔައީ ބަޔޯ މެޑިކަލް ދާއިރާއަށް،" ސްޕޯޓްސް ރިހެބިލިޓޭޝަން ދާއިރާ އަށް ވަދެވުނު ގޮތް ލުބާނާ ކިޔައިދިނެވެ.

"ދެން ބޮލުގައި އަބަދުވެސް އިނދޭ ބައްޕަ ކުޅޭތަން ފެނިފަ ހިތަށް އެރި ރާއްޖޭގެ ލެކްވާ ދާއިރާއެކޭ މީ. އޭ ލެވަލްގައި ސްރީލަންކާގައި ކިޔަވަމުން ދިޔައިރު ވެސް ހިތަށް އެރީ މީ ރާއްޖެ އަށް ވަރަށް މުހިންމު ދާއިރާއެކޭ ރާއްޖޭގެ އެތުލީޓުންގެ ކެރިއާ ލޯންޖެވިލިޓީ ބޮޑު ކުރަންށާއި އިންޖަރީ ރިސްކު ކުޑަކުރަން. ރާއްޖޭގެ ވަރަށް ކުޑަކުދިން ވެސް އިންޖަރީ ރިސްކު ވަރަށް ހައި. އެގޮތަށް ދެން އިންސްޕިރޭޝަން އައީ."

ލުބާނާ ކްލިނިކުގައި ހުރެ "މިހާރު" އަށް މައުލޫމާތު ދެނީ --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިނގިރޭސިވިލާތުގެ ލީޑުސް ޔުނިވަސިޓީން "ސްޕޯޓްސް އެންޑް އެކްސަސައިޒް އެންޑް ސައިންސް"ގެ ދާއިރާއިން ޑިގްރީ ހާސިލު ކުރިއަސް އެ ދާއިރާއިން ކިޔެވުން އޭނާ އަދިވެސް ހުއްޓައެއް ނުލަ އެވެ. މިހާރު ވެސް ކޮންމެ އަހަރަކު ވެސް އެ ދާއިރާއިން އެކެޑެމިކް ކޮންމެވެސް އެއް އޭންގަލަކުން އޭނާ ކިޔަވަ އެވެ.

"އެއީ ނޮލެޖު ފުޅާކުރަން. ނޫނީ ދެވޭ ސާވިސްތައް އިތުރަށް ފުރިހަމަ ކުރަން،" ލުބާނާ، 26، ބުންޏެވެ.

ރާއްޖޭގައި އެހާ ބޮޑު ކުރިއެރުމެއް ނުލިބޭނެ ކަމަށް ކުރިން ހީކުރެވުނު ދާއިރާއިން ޗެމްޕިއަނަކަށް ވާން، ލުބާނާ ފެއްޓި ރޭހުގައި ހުރި "އޮބްސްޓަކަލްސް"ތައް އޭނާ ގިރާ ކުރީ ކުރީ ހައި ޖަމްޕެއް ޖަހައިގެންނެވެ. އެ ޖަމްޕުގެ ވާހަކަ ގައުމީ ރެކޯޑެއްގެ ގޮތުގައި ލިސްޓު ނުކުރެވޭކަން އެކަންޏެވެ. ރާއްޖެ އަށް މެޑަލް ހޯދައިދޭން އެތުލީޓުންނާ އެކު އޭނާ އޭނާ ކުރި ދަތުރުގައި އެތުލީޓުން ކަރުގައި އަޅުވާލި ކޮންމެ މެޑައްޔެއްގައި ލުބާނާގެ ގުރުބާނީ އާއި ހިދުމަތް އޮންނާނެ އެވެ.

ލުބާނާ --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރާއްޖޭގެ އެތުލީޓުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިގު މުއްދަތެއް ވަންދެން އެއް ލެވަލްއަކަށް ޕާފޯމް ނުކުރެވުމެވެ. އެކަން އެހެން ދިމާވާނީ ވެސް ރިކަވަރީ އާއި ރިހިބިލިޓޭޝަނާ މެދު އެތުލީތުންގެ ހޭލުންތެރިންކަން ކުޑަ ވުމުންނެވެ. ނުވަތަ އެ ފަދަ ހިދުމަތްތަކަށް އެތުލީޓުންނަށް ވާސިލު ނުވެވޭތީ އެވެ.

"ރާއްޖޭގައި ވަރަށް ސްކިލްފުލް ޕްލޭއާސް އެބަތިބި އެކަމަކު ޕާފޯމަންސާ ހަމައަށް އައިސްފައި އެއްބައި ފަހަރު ޑިކްލައިން ވޭ. ޕާފޯމަންސް ލެވަލް މެއިންޓެއިން ކުރަން އެ ބޭފުޅުން ކުރައްވަން ޖެހޭ ވަރަކަށް މަސައްކަތެއް ނުކުރެވޭ. ކޮންމެވެސް އެއް އޭރިއާއަކުން އެ ލެކު ވަނީ، މިސާލަކަށް ނިއުޓްރިޝަން ނޫނިއްޔާމު ސްޕޯޓްސް ޕާފޯމަންސް ޓްރޭނިން. ސްކިލް ހުރުމާއި ޕާފޯމް ކުރުން އެއީ މުޅިން ތަފާތު ކަމެއް،" އޭނާ ފާހަގަކުރި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލު އައިޖީއެމްއެޗުގެ ފިޒިއޯ ޑިޕާޓްމެންޓަކީ ރާއްޖޭގެ ލޯކަލް މާހައުލުން ލުބާނާ އަށް އެންމެ ގިނަ ފިލާވަޅުކެއް ދަސްވި އެއް ތަނެވެ. އޭރު އޭނާ މަސައްކަތް ފެށިއިރު ރިކަވަރީ އާއި ރިހިބިލިޓޭޝަނާ މެދު ދިވެހިން އެހާ ފަރުވާތެރި ކަމެއް ނުބަހައްޓަ އެވެ. އާންމުންގެ އިތުރު ސްޕޯޓްސްމަނުންގެ ކިބައިގައި ވެސް އެ ހޭލުންތެރިކަމެއް ނެތެވެ.

އޭނާ ވެސް އިސްވެ ކުރި މަސައްކަތުން އެތުލީޓުންނަށާއި އާންމުންނަށް އެ ގެ މުހިންމުކަން ވިސްނައި ދިނުމުގައި ކާމިޔާބުތަކެއް ހޯދިއްޖެ އެވެ. ބަދަލުތަކެއް ވެސް ފެނިއްޖެ އެވެ. ހާއްސަކޮށް އެތުލީޓުންގެ ވިސްނުން އަނބުރާލެވުމަކީ ރާއްޖޭގެ ކުޅިވަރަށް ވެސް ރޭންކުގައި ކުރިއަށް ޖެހިލަން ހޯދުނު އާ ފުރުސަތެކެވެ.

"ރިކަވަރީ އާއި ރިހެބިލިޓޭޝަނަކީ ކިހާ މުހިންމު އެއްޗެއްކަން - އެ މައިންޑް ސެޓް ގެންގުޅުވާ ބޭފުޅުން އެބޯވް 30 ވިއަސް ވަރަށް އިންޖަރީ ރިސްކު ކުޑަކޮށް، އިންޖަރީ ފުރީކޮށް އުޅޭ އެތުލީޓުން ވެސް އެބައުޅޭ،" ލުބާނާ ކިޔައިދިނެވެ.

ލުބާނާ ޝާހް --- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެ ޑިސިޕްލިން އެތުލީޓުންގެ ކިބައިގައި ހަރުލައްވައިފި ނަމަ އެ ކުޅުންތެރިޔެއްގެ ކެރިއާގާ ވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން ލުބާނާ ދެ އެވެ. ރިކަވަރީ އާއި ރިހިބިލިޓޭޝަނަކީ ކުޅިވަރުގެ މުހިން ބައެއް ކަމަށް ގަބޫލު ކޮށްގެން މެއިންޓެއިން ކުރާ ކަމަށް ވާނަމަ އޭގެ ބެލެންސް ފެންނާނެ އެވެ.

"އެގޮތަށް ކުރިއަށް ގެންދަންޏާމު ކެރިއާ ލޯންޖެވިލިޓީ ހިފެހެއްޓިގެން ދޭ،" ލުބާނާ ބުންޏެވެ.

ލުބާނާ ހުުރީ އެހެން އެތުލީޓުންނަށާއި އާންމުންނަށް ވެސް އެ މަގު ކޮށައިދޭން ތައްޔާރު ވެގެންނެވެ.

24 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 12%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 27%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީނާއްތަ

26 July 2021

ރާއްޖޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ ވަރުގަދަ ލެޖެންޑް ޝާހް އިސްމާއީލް (ސާޔާ) - ކޮބާ ލައްޗޭ ؟؟؟ ދޮގުވާހަކަ އެންމެ މޮޅު ??

The name is already taken The name is available. Register?

އިންމަބޭ

26 July 2021

އެންމެ މޮޅީ ޝާހު! އަހަރެންގެ އައިކަން އެއީ!

The name is already taken The name is available. Register?

ކުރަންވީއޭ

25 July 2021

ތިކަން ވިޔަފާރި އަށް ވެގެން ކުރިއަރައިފިނަމަ އެއީ ބޮޑު އިންޑަސްޓްރީއެއްގެ ގޮތުގައި ކުރިއަރައިގެން ހިނގައިދާނެއޭ އެކަމަކު ތިފަދަ ކަންކަން ކުރަން ސަރުކާރުން އެއްގޮތަކަށް ވެސް އެއްބާރުލުމެއް ނުދެއޭ ސަބަބަކީ މާލެ ސަރަހައްދުން މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަފަޅު ހިއްކާ އެތަނުން ބިން ތައް ދޭންވީއޭ މާލެ ސަރަހައްދުގައި ވިޔަފާރި ކުރަން ބޭނުންވާ ކޮންމެ މީހަކަށް އެއިރުން މިފަދަ ވިޔަފާރި ކުރަން ބިން ހުންނާނެއޭ ރާއްޖެތެރެއަށް ކުރާ ޚަރަދު ޓްރިމް

The name is already taken The name is available. Register?

Ibrahim Junaid

25 July 2021

ކޮމެންޓް ކިޔާފާ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ، މިއީ ރާއްޖެއަށް އިންތިހާއަށް ބޭނުން ޖެހިފަ ހުރި ކްލިނިނިކެއް، އެދެނީ މިކުލިނިކަށް އިތުރު ކުރިއެރުން ލިބި މިއަށްވުރެން ބޮޑަށް މިކުލިނިކް ފުޅާވެގެން ދާތަން ދެކެން. ޝާހު ފުޓްބޯލް ކެރިއަރ ނިންމާލީ ދިވެހިންގެ ލޯތްބާއި އިހްތިރާމް ލިބިގެން ހުރެ އެހެންވީމާ ދަރިކަލުން ކާމިޔާބު ހޯދާނެ ކަމާ ދޭތެރޭ ޝައްކު ނުކުރަން. ދުވާއަކީ އަބަދުވެސް ކުރިޔަށްދެވުން.

The name is already taken The name is available. Register?

އިސްމާއީލުކަލޭފާނު

25 July 2021

ދިވެހިން ނިކަން ރުޅިއަންނާނެ ދިވެއްސަކަަށް މޮޅެއްވަންޏާ. ކަނބުލޮ ކަނބުލޮ މަސައްކަތައިގެން ކުރިއަށްދޭ.

The name is already taken The name is available. Register?

ސުރުހީ

25 July 2021

މަށަށް ފުރަތަމަ ސުރުހީ ފެނުނު ގޮތް "ދަނގަނޑޭ ނޭރިއަސް ބައްޕަގެ ފަހަތުން ޗެމްޕިއަނަކަށް"

The name is already taken The name is available. Register?

ގޅޔ

25 July 2021

އަހަންނަށ ފުރަތަމަ ހީވީ "ދަނގަޑަށް ނޭރިއަސް " ޖަހާފަ އިންހެން..

The name is already taken The name is available. Register?

ސަމްސިއްޔާ

25 July 2021

ފަރަންޖީ ބަސްތައް ގިނަކަމުން ކިޔާ ނިމުނުއިރުވެސް ވާނުވާއެއް ނޭންގުނު.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

25 July 2021

ސިސް ސްކޫލަށް ނުދަންތަ؟ ބޮޑެތި މީހުންނަށް އިނގިރޭސި ކިޔަވަދެން.ބޭނުމިއްޔާ އާދޭ.'' ނޭނގުމަށްވުރެ ވަކިން ދެރަކަމެއް ހަމަ ނެތޭ، އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއް ނެތޭ،''

The name is already taken The name is available. Register?

ކޮމެންޓުކިޔާ ކުއްޖާ

25 July 2021

ލުބުނާ އަށް ފުރުސަތު ތަނަވަސްވީ ހަމަ ހުރެލާފަތޯ، ކުލިނިކެއްހިންގުނީ އެއްވެސް ނުފޫޒެއް ނުފޯރުވާތޯ، ނިކަމެތި ދިވެހިންގެ ތެރެއިން ކިތައްލުބުނާތޯ ތިކަންކިޔަވައިގެން ކުލިނިކް ހިންގަން ހުއްދަ ނުދިނީ، ވަކި ލުބުނާ އެއްވީމަ ފުރުސަތު ތަނަވަސްވަންޔާ، އެއީ މާލޭ ބޭފުޅު އާއިލާތަކަށް ދައުލަތުން ވާރުތަވާ ފުރުސަތުތައް ދެއްތޯ. ޢިގޭ

The name is already taken The name is available. Register?

ޟާނު

25 July 2021

ކޮމެންޓްކިޔާ ކުއްޖާ ވަކިރާއްޖެތެރެ މާ ލެ ނުކިޔާ ހިއްވަރާ އެކު މަސައްކަތް ކޮށްފިއްޔާ އެކަން ހުއްޓުވޭނެ މީހެއް ނުހުންނާން ރަށު މޭޒުދޮސުގަ ކޮފީބޯންއިދެ މެމްބަރުން 500 ރުގިޔާދިނީމަ ވޯޓްވިއްކާފަ ކަންކަންކުރަން އުޅުނަސްނުވާނެ

The name is already taken The name is available. Register?

ނއުޓީ

25 July 2021

މާލޭމީހުންނާދިމާއަށް ތިވަރަށް ނުބަވާ. އެމީހުންގެވެސް އޮންނަނީ ހަމަ އެހެން އިންސާނުންފަދަން ހިތެކޭ.

The name is already taken The name is available. Register?

ހަހަ

25 July 2021

އެހެން މި ހިތަށް އެރީ؟ ނިކަމެތި މީހާ ކުރާ ބުރަ މަސައްކަތަށް ޖޯކް ޖެހޭނީ މިހެންވެ. ފުރުސަތަކީ ނިކަމެތި މީހާއަށް ނެތް އެއްޗެއް

The name is already taken The name is available. Register?

ޖުހާނާ

25 July 2021

ލުބާނާގެ ކާފަ (ޝާހުގެ ބައްޕަ) އަކީ ރ.ކަނދޮޅުދޫ އިސްމާޢީލް ޒަކަރިއްޔާ. އެއީ ޑރ.އިބްރާހީމް ޒަކަރިއްޔާގެ ބޭބެ.

The name is already taken The name is available. Register?

ޝައިނާ

25 July 2021

ސާބަސް ކޮން މާ ލެ ބޭފުޅެކޭ ކިޔާކަށް! މިހާރު ރާއްޖެތެރޭ މީހުން އުޅެނީ މާ ތަަނަވަސްކޮށް. އަހަރުން މާ ލެ ކުދިން ގޭގަ ތިބީރު ރާއްޖެތެރޭ އެތަށް ބަޔެއް މި ޕެންޑެމިކް ތެރޭ ތުރުކީގަ!

The name is already taken The name is available. Register?

އާޓިކަލް ކިޔާކުއްޖާ

25 July 2021

ކޮމެންޓު ކިޔަން އަންނަ ގޮލާ ވާނެ ވާއެއް ނުވާއެއް ނޭނގުނަސް އަނގަ ތަޅަން. މީހަކު ކޮސް ވެދާނެ!

The name is already taken The name is available. Register?

ދޮގު ނަހަދާ.

25 July 2021

ނއުޓީ ބުނަންތަ ؟ ތިޔަ ބުނާ މާލޭމީހުންގެ ހިތެއް އޮންނަ ނަމަ އެމީހުން ކިޔާ ގޮތަށް ރާއްޖެތެރޭ މީހާ ނަޖިސްފެނުން ފެންވަރާ ގުއިވަޅުން ފެންބޯން ދޫކޮށްގެން ތިބެންވީ ކީއްވެ ؟ މާލޭ މީހުންނަކީ ތިމާ ނޫންއެހެން ބަޔަކަށް ރަނގަޅެއް އެދޭނެ ބައެއްނޫން.

The name is already taken The name is available. Register?

ކ.އަތޮޅު މާލެ

25 July 2021

މާލޭ މީހުން ނަކީ ރާއްޖޭގެ އެހެން ރަށްރަޑުގެ މީހުން ދެކެ ވަރަށް ރުޅި އަންނަ ބައެއް. ކުޑަ ސިތީ ހަދައިގެން ކ.އަތޮޅު މާލެއަށް އެހެން ރަށްރަށުގެ މީހުން އައުން މަނާކުރީވެސް މާލޭ މީހުން. 2021 ގައިވެސް މިކަން ބަދަލެއް ނުވި. މިހާރުގެ މޭޔަރު އުޅުނީ ޤާނޫނާއި ޙިލާފަށް ދަފުތަރުވެސް އުވާލަން. ވަރަށް ނަސްލީ ތަފާތު ކުރުން ގެންގުޅޭ ބައެއް.

The name is already taken The name is available. Register?

ޟާނު

26 July 2021

މާލެމީހުންވެސް ހިއްވަރުކުރީމަ ކަންކަންވަނީ ކިޔެވި ޔުނިވަރސިޓީއަކުން މާލެތޯ ރާއްޖެތެރެތޯ ނުބަލާ ހޮތްވަރު ކުރާމީހަކަށް މާކެއެއް ރާއްޖެތެރެއެއް ނޯންނާނެ

The name is already taken The name is available. Register?

ފަތްކަމަނަ

25 July 2021

ޢިނގިރޭސި ބަސް އެނގޭކަން ސާބިތުކުރަންތަ ނޫސްވެރިޔާ އާ ތިމަންޖެއާ މަސައްކަތްކުރީ. ލިޔުމުގެ ޗެމްޕިއަނަކަށް ވާވް ބޭނުމިއްޔާ އަމިއްލަ މާދަރީ ބަހުން ލިޔެވޭތޯ ބަލާބަލަ!

The name is already taken The name is available. Register?

ލުބް

25 July 2021

ޢިންގްލިޝް ދަންނަ މީހުންނަށް ވެސް މީގަ އެބުނާ ލޯންޖެވިލިޓީ އަކީ ކޮބާކަން އިގޭ ބާ؟

The name is already taken The name is available. Register?

ގުމްރީ

25 July 2021

ޑޯޓަރ އިޒް ލައިކް ބައްޕަ.

The name is already taken The name is available. Register?

ޑޯޓަރ

25 July 2021

ހަމަ ޝާހުގެ ކޮޕީއެއް ހުރިގޮތަށްހުރި

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

25 July 2021

ޝާހް އެއީ ލެޖެންޑެއް.މަމެންގެ އެންމެ ޒުވާން ދުވަސްވަރު ދަނޑަށް ދަނީ މިފަދަ ކުޅުންތެރިންގެ ކުޅުން ބަލާލަން.ގުޑް ލަކް ލުބާނާ ޝާހް. ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454