ޚަބަރު / ޖުމްހޫރީ ޕާޓީ

ޖޭޕީން ބަޔަކު ނުކުމެ ޕާޓީއެއް ހެދުމަކީ ލިބުނު ކްރެޑިޓެއް: ގާސިމް

ޖުމްހޫރީ ޕާޓީގެ ތެރެއިން ބަޔަކު ނުކުމެ ޕާޓީއެއް ހެދުމަކީ، އެ ޕާޓީގައި އުޅުމުން ތަޖުރިބާ އާއި ހިތްވަރު ލިބޭކަން ދައްކައިދޭ، އަދި އެ ޕާޓީ އަށް ކްރެޑިޓް ލިބޭ ކަމެއް ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ހެޑްކްއާޓަރު، މ. ކުނޫޒުގައި ރޭ ބޭއްވި މީޑިއާ ބްރީފިންއެެއްގައި ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތެރެއަށް ސިޔާސީ ދާއިރާ އަށް ނުކުންނަ ބަޔަކަށް ކަމެއް ހާސިލުވުމަކީ އޭނާ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެކަމާ އުފާ ކުރައްވަނީ ޖޭޕީން ނުކުުމެގެންދާ ބަޔަަކަށް ހިތްވަރާއި ތަރުބިއްޔަތު ލިބިގެން ދާތީ ކަމަށެވެ.

ޖޭޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެކަމާ ބެހޭ ގޮތުން ރޭ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ އޭގެ ސަބަބުން ޖޭޕީ އަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށެވެ.

"އަނެއްހެން މާބޮޑު ތަފާތެއް ނެތެއްނު؟ އެބޭފުޅުން ބޭނުންވާ ކަންތައްތައް ކުރާނެ ހިތްވަރާއި އަޒުމާއި، ޖޯޝާއި ފޯރިއާ ލިބިގެން މިތަނުގައި އުޅެފައި ނިކުމެގެން ދިޔައިމާ އެއީ އަޅުގަނޑުމެނަށް ލިބުނު ކްރެޑިޓެއް ކަމަށް އަޅުގަނޑު ދެކެނީ،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން އަދި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޖޭޕީ

އެއީ ދެރައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭޕީގައި މަސައްކަތްކުރައްވައިގެން ސިޔާސީ ދާއިރާ އަށް ނުކުންނެވި ބައެއް ސިޔާސީ ވެރިންގެ މިސާލުތައް ވެސް ގާސިމް ދެއްކެވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ވެސް އެހެރީ މި ޕާޓީގެ ބޭފުޅެއް. ދެން ހަމަ އެހެންމެ، ކުރީގެ ސަރުކާރު، ޔާމީންގެ ސަރުކާރުގައި ވެސް މަތީ މަގާމުތަކުގައި [ތިއްބެވި ބޭފުޅުންގެ ތެރެއިން] ރައީސް ޔާމީނަށް ކަމުދިޔަ ބަޔަކު ތިބީ އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ދިޔަ މީހުން،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ތެރެއިން ނުވަތަ ގާސިމްްގެ އިންސްޓްޓިއުޝަންތަކުގެ ތެރެއިން ނުކުމެގެން އަންނަ މީހުންގެ ކޮލިޓީ އެެބަހުރިކަން އެކަމުން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިއަށް ދާން ބޭނުންވާ ފަރާތްތަކުން އެ ޕާޓީއާ ގުޅުމަކީ "ދިއްލިފައި ހުރި ބޮޑު ދަންމަރެއް"ހާ ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށް ގާސިމް ވެސް ގާސިމް ވިދާޅުވި އެވެ.

10 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 4%
icon inlove icon inlove 26%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައްދޫ އިބްރާހީމް

18 August 2021

މިފަހަރު ތިދެއްކެވީ މައުނަވީ އިބްރަތުން އުުތުރިއަރާ ވާހަކަފުޅެއް. ވަ ﷲ ޢައުލަމް. އަދި ޖަޒާ ކަ ﷲ

The name is already taken The name is available. Register?

މޮހޮޑާ

17 August 2021

މިގައުމު މިހާދަށު ފެންވަރަކަށް ގެންދިޔައީ ތިމަނުކުފާނު ޕޯޑިޔަމްތަކުގައި ދެއްކެވި ހަޑިހުތުރުވާހަކައިންނާއި އަމަލުތަކުން ފެނިގެންދިޔަ ސިފަތައް . އަބަދުވެސް އމިއްލައެދުން އިސްކުރުމާއި ރީތިސިފަ އެއްފަރާތްކުރުމުން. ޒިއްމާދާރު މީހަކުނަމަ ތިޕާޓީއިން ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާތަން ފެއްނާނެ. މަޖްލިހުގެ ޖަލްސާތަކަށް ނުގޮސް ރިޔާސީއިންތިހާބް ކައިރިވާތީ ތިބޯކޮޅު ހިއްލާލީ.

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

17 August 2021

އެކަމަކު ޕާޓީއިން ނާޒިމުމެން ނުކުތުމާއެކު މަނިކުފާނު ރުންކުރުވެ ރަގަނޅަށް އެމީހުންނާދިމާއަށް ބަވާލި ޚަބަރުވެސް ޚުދު މިނޫހުން އިހަށްދުހުކު ކުށިން. އެކަމަކު އެކަންވެސް މަނިކުފާނު ހައްނައްފުޅު މިހާރު ހުންނާނެއެކޭ ހިޔެއްނުވޭ.

The name is already taken The name is available. Register?

އައްބެ

17 August 2021

ތިޔަ ޕާޓީ ދެކެ އެމްޑިޕީ، ޖޭޕީ، ޕީޕީއެއް ވަރަށް ޖެހިލުންވޭ އެބަ.

The name is already taken The name is available. Register?

އެމެރިކާ

17 August 2021

ޖޭޕީއަކީ ވިޔަފާރި ކުންފުންޏެ.

The name is already taken The name is available. Register?

އުމަރުނަސީރު

17 August 2021

ތިކަމުގަ މަ އެއްޗެކޭ ނުބުނާނަން.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

17 August 2021

އަހަރެމެން ބަލަނީ އިބޫއަކީ ގާސިމުކަމަށް. މިކޮމެންޓު ފެނިއްޖިއްޔާ ގާސިމު ހާދަ އުފާވާނޭ.

The name is already taken The name is available. Register?

ކާސިމްބެ

17 August 2021

އޭ ކީކޭ. ކުރެޑިޓުކާޑެކޭ. ތޭންކިއު ފޯ ދަލައުރާ

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

17 August 2021

އޮޔާ އެކު ލެއްގި ކުނިބުނި އޮއިވަރު ބަދަލުވީމަ އެހެން ދިމަދިމާލަށް ދާނެ.

The name is already taken The name is available. Register?

ހިރިހިތިލީބެއްޔާގެ މާމަ

17 August 2021

މަނިކުފާނު އަނގަޔަކުން ބައްޔެއްނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454