އިވެންޓް މޯލްޑިވްސް އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އިވެންޓް މެނޭޖްމެންޓް ކުންފުނި. 2000 ވަނަ އަހަރުގައި މިލޭނިއަމް ޝޯއިން ފެށިގެން ބޭންޑެއް އުފައްދާ މިއުޒިކީ ދާއިރަށް ވަދެ ނުވަ އަހަރު ހޭދަ ކުރުމަށް ފަހު ޑަބްލިއު މޯލްޑިވްސްގެ އިވެންޓެއް މެނޭޖް ކުރަން ލިބުނު ފުރުސަތުގައި މިދްހަތު (މިއްޑެ) ވަނީ ދާއިރާ ބަދަލުކޮށްލާ އިވެންޓް މޯލްޑިވްސް ވުޖޫދަށް ގެނެސްފަ. އެއް ރޭގެ މަތިން 11 ތަފާތު އިވެންޓެއް ބޭއްވިއިރު މިއްޑެ ބުނާގޮތުގައި ކޮންމެ ކަމެއްވެސް ކަމިޔާބު ކުރެވޭނީ އެކަމަށް ރަނގަޅަށް ތައްޔާރުވެ ޒިންމާތައް އުފުލައިގެން. އިވެންޓް މެނޭޖް ކުރުމުގެ އިތުރުން ގެސްޓް ހައުސް ހިންގުމާއި ރިއަލް އިސްޓޭޓްގެ މަސައްކަތް ތަކުގައިވެސް މިއްޑެ އުޅޭ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy