ޕާލޭ އަކީ ޕްލާސްޓިކުގެ މައްސަލަޔަށް އީޖާދީ ހައްލުތަކެއް ގެންނަން މަސައްކަތް ކުރާ ބައެއް. ޕާލޭން މި މަސައްކަތުގައި އަންނަނީ ވާޖިން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައި އޯޝަން ޕްލާސްޓިކް ރީސައިކަލް ކުރަމުން. ޕާލޭ މޯލްޑިވްސް އިން ވަނީ މިދިޔަ ފަސް އަހަރު ތެރޭގައި 1،700 ޓަނުގެ ޕްލާސްޓިކް ވެށީގެ ތެރެއިން ނަގާފައި. މި މުއްދަތުގައި ބީޗް ސާފުކުރުމުގެ 380 ހަރަކާތެއް ބާއްވައި 400 ޓަނުގެ ޕްލާސްޓިކް ނަގާފައިވޭ. ޝަހީނާ ވަނީ ޕްލާސްޓިކް ކުނީގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަށް ވެސް މި ޕޮޑްކާސްޓްގައި ކިޔައިދީފައި
Copyright © 2025 Mihaaru · Terms and Conditions · Privacy Policy