ރޭސްޖެހުމަށް ޝައުގުވެރިކަން ހުންނަ ފަރާގެ ހުނަރުތައް ގިނަ. ޕާޓީތަކާއި ކައިވެނި ހަފްލާތަކަށް ހެދުން ފެހުމާއި މޭކަޕް ކުރުމާއި ލަވަކިޔައި ބޮޑުބެރު ޖެހުމަކީ ވެސް އޭނާގެ ހުނަރުތައް. ފަރާ އަކީ އެމްޕީއެލްގައި ހެވީ ވެހިކަލް ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު. މިހާރު ފޯކްލިފްޓް ދުއްވަމުން އަންނަ ފަރާ އަންނަނީ ލޯޑަރާއި އެކްސްކެވޭޓަރަށް ވެސް ޓްރޭނިން ހަދަމުން. އޭނާ ބުނާ ގޮތުން ހިތްވަރާއި ކެރުން ހުރިއްޔާ ކޮންމެ ކަމެއް ވެސް ކުރެވޭނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy