ވެމްކޯ އިން މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަން ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: ކްލަބް މޯލްޑިވްސް
16 އޮކްޓޯބަރ 2023 - 09:39
ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަނުންނަށް އިނާމުގެ ފައިސާ ނުދޭ މައްސަލައެއް ބައެއް ކްލަބްތަކުން ފެންމަތިކޮށްފި އެވެ.
ކްލަބް މޯލްޑިވްސް އިން ޗެމްޕިއަން ޓީމަށް ފައިސާ ނުދޭ މައްސަލަ ފެންމަތިވީ، މުޅިން އަލަށް މި އަހަރު އެ މަގާމު ހޯދި ވެމްކޯ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ނަދީމް (ކޮކޯ) ފޭސްބުކްގައި ހިއްސާކުރި ޕޯސްޓާކާ އެކު އެވެ.
"ކްލަބް މޯލްޑިވްސް ކަޕް 2023 ޗެމްޕިއަނަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދޭ. ކޮންމެ ފަހަރަކު ޖެހެނީ މި މީހުން ކައިރީ އާދޭސް ކޮށްގެން ހޯދަން،" ނަދީމްގެ ޕޯސްޓުގައި ވެ އެވެ.
ނަދީމްގެ ޕޯސްޓު ޝެއާކޮށް، މިދިޔަ އަހަރުގެ ޗެމްޕިއަން ފެނަކަ ޓީމުގެ ފޯވާޑް އަޔާޒް އަހުމަދު (އަޔާ) ބުނީ، "ކްލަބް މޯލްޑިވްސް 2022 ގައި ފެނަކައަށް ލިބެންޖެހޭ ފައިސާއެއް ވެސް އަދި ނުލިބޭ" ކަމަށެވެ.
މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް މުބާރާތުގައި މުޅިން އަލަށް ވެމްކޯ ތަށި އުފުލައިލީ މީގެ ދެ މަސް ކުރިން ކުޅުނު ފައިނަލްގައި 5-3 އިން އާރުއާރުސީ ބަލިކޮށްފަ އެވެ. މިދިޔަ އަހަރު ޓީމް ފެނަކަ ފުރަތަމަ ފަހަރަށް ތަށި ހޯދީ ފައިނަލްގައި 2-1 އިން އެމްޕީއެލް ބަލިކޮށްފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ޓީމަށް ދޭން ހަމަޖެހިފައި ވަނީ 65،000ރ. ގެ ފައިސާގެ އިނާމެކެވެ. ނަމަވެސް ޗެމްޕިއަން ޓީމަށް ފައިސާ ނުދީ، މި އަހަރުގެ މުބާރާތް ބޭއްވީ ކުރީ އަހަރުތަކާ ހިލާފަށް، ބަދަލަކާ އެކު އިތުރު ދެ މުބާރާތާ ވެސް އެކު އެވެ. ކޮންމެ މުބާރާތެއްގައި ވެސް ބައިވެރި ކުރީ ރަޖިސްޓްރޭޝަން ފީއެއް ދެއްކުމަށް ފަހު އެވެ.
މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 28 ޓީމަކުން ވާދަކުރީ ކޮންމެ ޓީމަކުން 6،500ރ. ގެ ފީއެއް ދައްކައިފަ އެވެ. އަންހެނުންގެ 18/30 ފިއެސްޓާގައި ބައިވެރިވި ތިން ޓީމުގެ އަތުން ފީއެއްގެ ގޮތުގައި 5،500ރ. ނެގި އެވެ. މި އަހަރު މުޅިން އަލަށް ބޭއްވި ކްލަބް މޯލްޑިވްސް ކްލެސިކް މުބާރާތުގައި 24 ޓީމު ވާދަކުރީ ކޮންމެ ޓީމަކުން 5،000ރ. ގެ ފީއެއް ދައްކައިފަ އެވެ. އަންހެނުންގެ 18/30 ކްލެސިކް މުބާރާތުގައި 8 ޓީމު ވާދަކުރީ ރަޖިސްޓްރޭޝަނަށް 5،000ރ. ދައްކައިފަ އެވެ. މިއީ ޖުމްލަ 63 ޓީމު އަތުން 304،500ރ. އެވެ.
މި އަހަރުގެ މުބާރާތް ފެށުމުގެ ކުރިން ކްލަބް މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ބައެއް ކުޅުންތެރިންނާއި ޓީމުތައް ސަސްޕެންޑްކޮށް، ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ފައިނަލް މެޗުގެ ހަމަނުޖެހުންތަކާ ގުޅިގެން ފެނަކަ ޓީމު 10،000ރ. އިން ޖޫރިމަނާ ކުރި އެވެ. އެމްޕީއެލް ޓީމުގެ އަލީ ހައިސަމް (ޗުމްޕު) 3،000ރ. އިން ޖޫރިމަނާ ކުރިއިރު އެމްޕީއެލް ޖޫރިމަނާ ކުރީ 5،000ރ. އިންނެވެ. ސެމީ ފައިނަލްގައި ކުޅުނު އެޗްޑީސީ 10،000ރ. އިން އަދި އެ ޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) 5،000ރ. އިން ޖޫރިމަނާ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިސުސުުސ
17 October 2023
ހުސް ސުކޭމަރުން
އިސްލާހު
16 October 2023
އެކަހަލަ މީހުން މިއުޅެނީ ..... ތީ ގެ އެކަކު އިމިގްރޭޝަނުން ކަނޑާވެސް ލައިފި.... ރިޔާސީ އިންތިޚާބު މުއިއްޒު ކާމިޔާބު ކުރުމާގާތަށް ދިޔަތަނާ ޕާޓީއަށް ސޮއިވެސް ކޮއްލައިފި... މުއިއްޒުގެ ވެރިކަމުގައި މަޤާމަކަށް ފައިނެގީހެން ހީވަނީ.....
ލާމަސީލު
16 October 2023
ހެޔޮނުވާނެ، ފަގީރު ކުންފުނިތަކުން ޗަންދާނަގައިގެން ނުލާހިކު ހާލުގަ ޓީމްތައް ނަގައިގެން އެކުދިން އެކުރާ ބުރަމަސައްކަތް ވެއްޔާ މޮޑެނުލާބަލަ. ރާއްޖޭގެ ފުޓްބޯލް ކުރިއަރުވަން ކްލަބް މޯލްޑިވްސް އިން ކުރާ މަސައްކަތަށް ޝުކުރު. ނަމަވެސް މިފަދަ ކަންކަމުން އެހުރިހާ ރަނގަޅުކަންތައްވެސް އެދަނީ ބޭކާރުވެ މީހުންގެ ނަފްރަތު އިތުރުވަމުން. މިކަންކަން އިސްލާހްކޮށްލަދެއްވާ.
ބަރުލަމާނީ
17 October 2023
ރާއްޖޭގެ ފުޓުބޯޅަ ރަނގަޅުކުރަން ކްލަބް މޯލްޑިވްސް އިން ކުރިކަމެއް ދަށްކަބަލަ. ރާއްޖޭގެ ފުޓުބޯޅަ ހަލާކުވުމުގެ އެއް ސަބަބަކީތ ތިޔަ ކްލަބް މޯލްޑިވްސް އިން ބާއްވާ ފުޓްސަލް މުބާރާތް. ފުޓުބޯޅަ އާއި ފުޓްސަލް އަކީ ތަފާތު 2 ކުޅިވަރެއް
ދީމީމް
16 October 2023
63 ޓީމުން 358500 ރުފިޔާ ޖުމުލަ ދައްކާނެ. ހަބަރުގައިވާ އަދަދު ރަނގަޅެއް ނޫން
ޒޫ
16 October 2023
ލާރިކޮޅު ދީ އަވަހަށް
ނިއްތޫ
16 October 2023
ލަދު. މުބާރައި ބޭއްވޭތޯ ބަލާ. ހައްގު އަދާ ނުކުރެވޭ އިރުވެސް.
ކަސަާ
16 October 2023
މުބާރަތް ހިންގުމުގައި އުޅޭ ބޮޑުންގެ ކޮންމެ މީހެއްގެ ޖީބައް ލައްކައިން ލާރި ނަގާ
އާރީ
16 October 2023
އިމިގުރޭސަން ކުދިން ކޮޅު ކިހިނެއް ތި ހަދަނި.
ސަފޯޓަރ
16 October 2023
ތި މުބާރާތުގެ ދުވަސް ވެސް ތި ދިޔައީ. ހިންގަން ތިބި ހިޔާނާތް ތެރިވީމަ ވާނި ތިހެން
މޯޑް
16 October 2023
ތިހަމަ ހިންގާ ބޮނޑެތި ސުކޭމް. ތި މީހުންނަށް އެޅޭނި ފިޔަވަޅެއް ވެސް ނޯވޭވިންޔާ