17 މާޗް 2024 - 11:04
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލް އެވޯޑެއް ތައާރަފުކޮށް، ޖުލައި މަހު އެވޯޑް ދޭން ކްލަބް މޯލްޑިވްސްއިން އިއުލާން ކޮށްފި އެވެ.
ރާއްޖޭގައި ފުޓްސަލްގެ ފޯރި ގަދެ ވެފައިވާއިރު ވެސް، ފުޓްސަލް އަށް އެވޯޑެއް ނެތުމުން، ފުޓްސަލް ކުޅުންތެރިންގެ ގިނަ ޝަކުވާތަކެއް ފެންމަތި ވެއެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް ބޭއްވި ދުވަސްވަރު ފުޓްސަލް އަށް އެވޯޑެއް ނެތުމުން ކަންބޮޑުވުން ފެންމަތިވި އެވެ.
އޭއެފްސީގެ އެވޯޑް ހަފުލާގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވައި އެވޯޑް ދެ އެވެ. އޭޝިއާގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ހޯދީ އިރާނުގެ މުސްލިމް އޮލަދުޣޯބާދެވެ.
ރާއްޖޭގައި ގިނަ ފުޓްސަލް މުބާރާތްތަކެއް ބޭއްވިޔަސް، މުބާރާތް ބާއްވަނީ އައުޓްޑޯ ކޯޓުގަ އެވެ. ފުޓްސަލްއަކީ އިންޑޯ ގޭމެކެވެ. މިދިޔަ ދެ އަހަރު ވެސް އޭއެފްސީ ފުޓްސަލް ކޮލިފައިންގައި ރާއްޖޭން ވާދަ ކުރި އެވެ. މުބާރާތް ކައިރިވުމުން ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ޕްރެކްޓިސް ކުރަން ފުރުސަތު ދެ އެވެ. އެކަމަކު އެތަނަކީ ފީފާގެ ފުޓްސަލް ސްޓޭންޑަޑަށް ފެތޭ ތަނެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުނާ
17 March 2024
ތި ނުދާނެ ރަނގަޅަކަށް
ސަފޯޓަރ
17 March 2024
ކުލަބުމޯލްޑިވުސް އަކީ މުބާރާތް ބާންވާފަ ޗެންފިއަށް ޓީމަށް އިނާމްފައިސާ ނުދޭބައެއް. ތި މީހުން ކުރާ ކަމެއް ރަގަޅެއް ނުވާނެ