ސެމްސަންގް ގެލަކްސީ އެސް8: ލިބެން ހުރި ކުލަތައް
02 އެޕްރީލް 2017 - 06:38
ފޯނު ކަވަރު އުފައްދާ ކުންފުނިތައް ގޮތް ހުސްވާހާ ގިނަ ކުލަތަކުގައި، ގެލަކްސީ އެސް8 ވަނީ އުފައްދާފަ އެވެ. ފޯނުގައި ތަފާތު ކުލައެއް ޖެއްސުމުގެ ބޭނުމުގައި، ކަވަރެއް ހޯދަން ނުޖެހޭހާ ގިނަ ކުލަތަކުން، އެސް8 ވަނީ ޒީނަތްތެރިކުރެވިފަ އެވެ. އެހެން ނަމަވެސް، އެ ހުރިހާ ކުލައެއް، އެއް ފިހާރައަކުން ނުލިބުމަކީ އޮތް ފުރުސަތެކެވެ.
ސްމާޓްފޯނެއް ގަތުމުގައި ކުލަ އަކީ ނުފޫޒުގަދަ އެހައި މުހިންމު ޝަރުތެކެވެ. ހުރިހާ ފޯނެއްގައި ހަމަ އެކައްޗެއް ހުރި ނަމަވެސް، ކުލައިގެ ސަބަބުން މުޅި ވިސްނުން ބަދަލުވެ އެވެ. އަހަންނަށް އެންމެ ކަމުދަނީ ކަޅު، އަނދިރި ކުލަތަކެވެ. ފިޔާތޮށި އަދި ޕީޗް ކުލައިގެ ސަބަބުން ފޯނުތަކުގެ ޖިންސް ވެސް ތަފާތުވެ ދެ އެވެ.
އެސް8 ގައި ހުރިހާ ކުލައެއް ވެސް ލިބެން އެބަހުރި ކަމަށް ބުނެވިދާނެ އެވެ. ކޮންމެ ކުލައެއް ވެސް ހަދާފައި ވަނީ އެހެން ކޮންމެވެސް ކުލައެއް ނުވަތަ ކުލަތަކެއް އެއްކޮށްގެންނެވެ. އެހެންވެ ކޮންމެ މީހަކަށް ވެސް އެ މީހަކަށް އެންމެ ކަމުދާ ކުލަ ނުވަތަ އެ ކުލަޔަކާ ވައްތަރު ކުލައެއް ލިބޭނެ އެވެ.
ސެމްސަންގް ގެލަކްސީ އެސް8: ކޮރަލް ބްލޫ
އަހަރެމެންގެ "އަވައްޓެރިން" އުޅެނީ ކަނޑުގަ އެވެ. އެ ސޮރުމެންގެ މާހައުލު އަހަރެމެންނަށް ފެންނަނީ ނޫ ކުލައިންނެވެ. އެއިން ކޮންމެވެސް ހިސާބަކުން "ކޮރަލް ބްލޫ" ވާނީ ފެނިފަ އެވެ. މިއީ ދެކެ ފަރިތަ ކުލައެއް ނަމަވެސް، ސެމްސަންގް ގެލަކްސީ އާއިލާ އަށް "ކޮރަލް ބްލޫ" ތައާރުފުވެފައި ވަނީ ނޯޓް 7 އާ އެކު އެވެ.
ސެމްސަންގް ގެލަކްސީ އެސް8: މެޕްލް ގޯލްޑް
ސިފަކުރެވެނީ ކޮން ކުލައަކުންތޯ އަހައިފި ނަމަ، ތަފުސީލުކުރެވޭހާ މުއްސަނދިކަން ބަސްކޮށާރުގައެއް ނެތެވެ. އެކަމަކު އެއީ "ގޯލްޑް" ކުލައެއް ވެސް ނޫނެވެ. "ޕިންކް"އެއް ވެސް ނޫނެވެ. މެޕްލް ގޯލްޑު ކަމަށް ބުންޏަސް މެޕްލް ފަތުގައި ހުންނަ ކުލަޔަކަށް ވެސް ނުވެ އެވެ.
ސެމްސަންގް ގެލަކްސީ އެސް8: މިޑްނައިޓް ބްލެކް
ސްމާޓްފޯނު މާކެޓްގައި "ޖެޓް ބްލެކް" ވެސް އުޅެ އެވެ. އާދައިގެ "ބްލެކް" އަދި "ޑާކް ބްލެކް" ވެސް އުޅެ އެވެ. ތަފާތަކީ ތޮށިގަނޑުގައި ހުންނަ އޮފެވެ. "މިޑްނައިޓް ބްލެކް" އަކީ "ކަނު އަނދިރި" ކުލަ އެވެ. އެއީ އެއްވެސް ކުލައެއް ނޫނެވެ.
ސެމްސަންގް ގެލަކްސީ އެސް8: އާކްޓިކް ސިލްވާ
އެހެން ކުންފުނިތަކުން ވެސް މި ކުލައިން ފޯނު އުފައްދަ އެވެ. ތަފާތަކީ ކިޔާ ނަމެވެ. "ގްރޭ"، "ޑާކް ގްރޭ"، ސިލްވާ"، "މެޓަލް"، "ކްލައުޑް" އަދި "އާކްޓިކް ސިލްވާ" އެވެ. އެކަމަކު ދުރުން ފެންނަ ގަނޑުފެން ފަރުބަދަތަކުގައި ވެސް "އާކްޓިކް ސިލްވާ" ކުލަ ހުރެ އެވެ. ހައްޓަށް ފިނިވާ ކަހަލަ އިހުސާސެއް "އާކްޓިކް ސިލްވާ" ގައި ހުރެ އެވެ.
ސެމްސަންގް ގެލަކްސީ އެސް8: އޯކިޑް ގްރޭ
"އޯކިޑް ގްރޭ" ވާރުތަކުރެވެނީ ފިޔާތޮށި ކުލަ އާއިލާ އަށެވެ. މިއީ ވެސް ކިޔައިދޭން އެނގޭ ކުލައެއް ނޫނެވެ. މަޑު ފިޔާތޮށި ނަމަ ވެސް ކޮންމެވެސް ވަރަކަށް އަޅިކުލަ އިހުސާސްކުރެވެ އެވެ. ވަރަށް، ވަރަށް ލުއި ޖަންބު ކުލައެއް ވެސް ސިފަކުރެވެ އެވެ. މި ނޫން ގޮތަކަށް ބުނެދޭކަށް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްޔެއް
02 April 2017
ކުލަޔަކަށް ނުވާ ކުލަ ވެސް އެބައުޅޭ.....
ބަރާބަރު
02 April 2017
އެއީ އެއްވެސް ކުލައެއް ނޫނެވެ
ފެނޭތޭ
02 April 2017
ކޮބާ އެޕަލޭ މެންނަށް ފެނޭތޭ ގެލެކްސީ އެސް 8 ގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ކުލަ ތައް. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ.
ބެޓަރ
02 April 2017
ގެލެކްސީ އެސް 8 ގެ ކުލަތައް ތައާރަފް ކުރި ކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. މަމެންނަށް އެންމެ ރަނގަޅީ ކޮރަލް ބްލޫ ދެން ކޮރަލް ބްލޫ ނެތް ނަމަ މިޑްނައިޓް ބްލެކް އޯކޭއެވެ. މިފަހަރު މަމެން އުއްމީދު ކުރަނީ ސެމްސަންގް ގެލެކްސީ އެސް 8 ގެ ފޯން ތަކަށް އާފަލޭ މެންނަށް ސަބޯޓާޖް ކޮށްގެން އެމެން ޕްރޮޕެގެންޑާ ފަތުރައިގެން ފޯން ގޮވަނީއޭ ކިޔާ ދައްކާވާހަކަ ތަކަށް ވަރަށް ރަނގަޅަށް ސެމްސަންގް އިން ރައްދު ދޭނެ ކަމަށެވެ. ތިޔާ ޔޫއެސް ގައި އުޅޭ އިންޑިއާ ދަރި ކޮޅު އެމެރިކަނުން ބޮޑުންނަށް ތިބެގެން އުފައްދާ އާފަލޭ އެއީ ދެން ކޯއްޗެއްތޭ. ބަލާލާއިރު ވެސް ހީވަނީ ބަޖާޖް ލޮރީއެއްގެ ކުރިމަތި ދައްކާލާހެން ދޯ. މަހަށް ދޭބަލަ އާފަލޭ ތަމެން. ފެނޭތޭ އެސް 8 ގައި އެވެއިލެބުލް ކުލަތައް. ތަމެން ވެސް މައިތިރިވެ ކޮރަޕްޝަން ނުލާ ވިޔަފާރި ކުރަން އުޅެގަ އާފަލޭ މެންނޭ. އޯއޯއޯ ގެލެކްސީ އެސް 8. އައި ވިލް ސްޓޮޕް ޓައިމް ފޯރ ޔޫ. ދަ ސެކެންޑް އައި ސޭ އައި ލައިކްޑް ޔޫ.. ކޮޒް އައި ނޯ ޔޫކޭން ޓްރީޓް އަސް ބެޓަރ ދެން އާފަލޭ ކޭން..
ޓުވީޓަރޭ
02 April 2017
ކޯޑިނޭޓަރު ރަގަޅު އެއްޗެއް ލިޔުނީމަ ލިއިކުލިބޭ ދޯ ދެންވެސް ވިސްނަބަލަ ގައުމުގެ މީހުން ވިސްނާގޮތް