ބަންގްލަދޭޝް އިން ހައްޔަރު ކުރި މީހުން ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
13 ޖޫން 2016 - 13:06
ޑާކާ (ޖޫން 13) - ބަންގްލަދޭޝްގައި އިތުރުވަމުންދާ މީހުން މެރުމުގެ ކުށްތަކާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 8،000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުންގެ ތަރުޖަމާން ކަމުރުލް އަހުސަން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވެސް 3،245 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 8،192 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝް އިން ހައްޔަރު ކުރި މީހުން ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ފުލުހުން މިހާރު ވަނީ 1،000 އަށް ވުރެ ސައިކަލް ވެސް ހިފަހައްޓައިފަ އެވެ. ހަމަލާ ދިނުމަށް ސައިކަލްތައް ބޭނުން ކުރާތީ ސަރުކާރުން ދާދި ފަހުން ވަނީ ސައިކަލަށް އެކަކަށް ވުރެ ގިނަ މީހުން އަރައިގެން ދުއްވުން މަނާކޮށްފަ އެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން ހިންގި ގަތުލުގައި ހިންދޫ އިސް މީހަކު މަރާލުމާ ގުޅިގެން ޕަބްނާ އަވަށުން ވަނީ ޕާޓް-ޓައިމް އިމާމަކު ހައްޔަރުކޮށްފަ އެވެ. ބަންގްލަދޭޝްގެ 160 މިލިއަން މީހުންގެ އާބާދީގައި 90 ޕަސެންޓަކީ މުސްލިމުންނެވެ. ހިންދޫންގެ ނިސްބަތަކީ އަށް ޕަސެންޓެވެ.
މީހުން މެރުމުގެ ސިލްސިލާގައި ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭ ވަނީ 50 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ.
ބަންގްލަދޭޝް އިން ހައްޔަރު ކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށުން ވެހިކަލުން ބާލަނީ. --ފޮޓޯ:އޭއެފްޕީ
ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ ކޮންމެ މަރެއްގެ ވެސް ގާތިލްގެ ފަހަތުން ދުވެ އަތުލައިގަންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެކަމަނާ ވިދާޅުވީ ސަރުކާރު ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އިދިކޮޅު ބީއެންޕީ އާއި އެންމެ ބޮޑު އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތު އިސްލާމް ޕާޓީން އުޅެނީ ގައުމުގައި ހަމަނުޖެހުން އުފައްދާ ހަލަބޮލިކޮށްލަން ކަމަށެވެ ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަނީ މިއީ ސަރުކާރާ ދެކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރަން ފެށި ކެމްޕޭނެއް ކަމަށެވެ. ބީއެންޕީން ބުނެފައި ވަނީ އެ ޕާޓީ އަށް ނިސްބަތްވާ އެތައް ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަލް
14 June 2016
ތިޔަތަނުގަ އަދިވެސް އެބައުޅޭ ދޯ ފިރިހެނުން.. އަހުންނަށް ބަނގްލަދޭޝް އޭ ބުނާ އިރަށް ސިފަވަނީ ހުސް އަންހެނުން އުޅޭ ޤައުމެކޭ އެއީ.. ވެރިކަމަށް އަންހެނަކުލާފަ ހުރިހާ ފިރިހެނުން އެހެން އެކި ޤައުމުތަކުގަ ވަޒީފާގަ ވިއްޔަ އުޅެނީ.
އިންސާނާ
14 June 2016
ބަލަ އަހުމަދު މީހަކު މަރާލުމަކީ ހައްޤުން ކުރިކަމަކައް ވެފަ އެމީހާ މަރާލިމީހާ ފުލުހުންގެ ބެލުމުގެ ދަށައް ގެންދިއުން މިވަނީ ނުހައްޤަކައް މިހާރު އަހަރެމެން ދިވެހިންނައް މިވަނީ ހައްޤާ ބާތިލު އޮޅި ދެދުނިޔޭން ގެއްލި ގޮސްފަ
އަހުމަދު
13 June 2016
ނުހައްގުން މިހުންނަށް އަނިޔާ ކުރުމެއް ނޯވެއެވެ. ފުލުހުން ފެއިލްވީމަ ވާނީ ތިޔަހެންނެވެ.
ޖާރިޔާ އަހުމަދު ދީދީ
13 June 2016
ހަސީނާ ގަދަ އިނގޭ! މިރާއްޖެއަށްވެސް ބޭނުންވަނީ ތިކަހަލަ، ކުށްވެރިން ފަހަތުން ދުވެ، އަތުލާނެ ފަދަ ވެރިއެއް. އިނގިރޭސިވިލާތަށް ފިލާ އަދި ފޮނުވާ ރައީސުންނެއް ނޫން.
ޖާޕިޔާ
13 June 2016
ޖަލައް މީހުން ލެވުނުލެއް މަދުވީތަ؟ 10 13 15 25 އަހަރު