18 މެއި 2025 - 15:59
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާ ކަމަށާއި އެކަމަކު އެފަދަ އެއްބަސްވުމެއްގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރުމާއި ޣައްޒާގައި ހަތިޔާރު ގެންގުޅުން ހުއްޓާލުން ހިމެނެން ޖެހޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
"މި ވަގުތު ވެސް މަޝްވަރާ ޓީމުން ދޯހާގައި މަސައްކަތްކުރަމުން ދަނީ އެއްބަސްވެއް ގާއިމުކުރެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބަލަމުން -- [އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު] ވިޓްކޮފްގެ ފްރޭމްވޯކާ އެއްގޮތަށް ނަމަވެސް ހަމަލާތައް ހުއްޓުމަކަށް ގެންނަން. އެއީ ހުރިހާ ރަހީނުން މިނިވަންކުރުމާއި ހަމާސްގެ 'ޓެރަރިސްޓުން' ބޭރުކުރުމާއި ޣައްޒާގައި ހަތިޔާރު ގެންގުޅުން ހުއްޓާލުން ހިމެނޭ ހުށަހެޅުމެއް،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ނަތަންޔާހޫ މިހެން ބުނި އިރު ޣައްޒާއިން ހަމާސް ނައްތާލުމުގެ ފަހު އޮޕަރޭޝަން ކަމަށް ބުނެ މީގެ ދެތިން ދުވަސް ކުރިން ވަނީ އަލުން ހަމަލާތައް ވަރުގަދަކޮށް އެތައް ސަތޭކަ މީހުން ޝަހީދުކޮށްފަ އެވެ. މިއަދު އެކަނި ވެސް 33 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
19 May 2025
ނަތަންޔާހޫ ވެސް ނަތަންޔާހޫގެ ވާހަކަތަކަށް އިތުބާރު ނުކުރޭ. ދެން ކިހިނެއް އަހަރެމެން އިތުބާރުކުރާނީ. މާތްﷲ މީނާގެ މަރު ނުބައި މަރަކުން ހިއްޕަވާންދެއެވެ. އާމީން.
ހަމްދާ
19 May 2025
ކޮން ޝަރުތުތަކެއް. ކަލޭނެން ތިހިންގަނީ ބޮޑު ޖަރީމާއެއް.
އަސް
18 May 2025
އިޒްރޭލަށް އިތުބާރު ނުކުރާނެ އިޒްރޭލު މީހަކުވެސް.
ވެންގަބޯ
18 May 2025
މިގޮތަކަށް މީތި ބަލައިގަނެގެން ނުވާނެއެވެ ޔަހޫދީންނަކީ ޔަހޫދީން ކަން ދަންނަންވާނެއެވެ ބަހާ އަމަލާ ދިމާނުވާ ބައެއްތީ ޔަހޫދީން ނަކީ ބިމަކީ ފަލަސްތީނުގެ ބިން އެންމެ އިންޗިއެއް ވެސް ޔަހޫދީން ނަށް ދީގެންނުވާނެ އަރަބިން އެކަޗެއް ކިޔާގެން އިޒުރޭލަށް ވަރުގަދަ ހަމަލާތަކެއް ދީބަލަ އޭރުން މައިތިރި ވެދާނެއެވެ އެމެރިކާދެކޭބިރު ގަންނާކަށް ނުޖެހޭނެ މުސްލިމު ގައުމުތަކުން. ﷲ ދެކެބިރުގަނެބަލާ އިޒުރޭލު ނުހުއްޓުވުމުން ހުރިހާއަރަބިންނާ މުސްލިމުން ޒިންމާ ނަގަންޖެހޭ
ހީވަނީތަ
18 May 2025
ހަތިޔާރުނެތަސް އޮށްގަލާ ސާޅަނގަ ހުންނާނެ.
ޙަމާސް
18 May 2025
އޯކޭ ކަލޭމެންގެ ޙަތިޔާރުތައްވެސް އިރާންއާއި ޙަވާލްކުރަންޔާ..