13 ޖުލައި 2017 - 14:03
ސިންޓް މާޓެން (ޖުލައި 13) - ކެރީބިއަންގެ ރަށެއް ކަމަށްވާ ސިންޓް މާޓެންގެ ޕްރިންސެސް ޖޫލިއާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލި މަތިންދާ ބޯޓެއްގެ އިންޖީނުގެ ވައިގެ ޕްރެޝަރުގައި ވިއްސައިގެން ގޮސް ޖެހުނު އަންހެނަކު މަރުވެއްޖެ އެވެ.
ޖޫލިއާނާ އެއާޕޯޓް އޮންނަނީ ގޮނޑުދޮށާ ވަރަށް ކައިރީގަ އެވެ. އެހެންވެ މަތިންދާ ބޯޓުތައް ނައްޓާލާ އިރު އެއާޕޯޓުގެ ފެންސާ ހަމައަށް ބީޗުގައި ތިބޭ މީހުންނަށް ދެ އެވެ. މަރުވި ނިއު ޒީލެންޑުގެ 57 އަހަރުގެ އަންހެން މީހާ އަކީ ވެސް ބޯޓު ނައްޓާލާ މަންޒަރު ބަލަން ފެންސް ކައިރިއަށް ގޮސް ހުރި މީހެކެވެ. ބޯޓުގެ އިންޖީނުގެ ބާރަށް އެ އަންހެން މީހާ ވަނީ ވިއްސައިގެން ގޮސް ޖެހި އަނިޔާތަކެއް ލިބިފަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ނިއު ޒީލެންޑް ހެރަލްޑް ނޫހުން ބުނީ ބޮއިން 737 ގެ ބޮޑު ކޮމާޝަލް ޖެޓް ނައްޓާލުމާ އެކު އަންހެން މީހާ ވިއްސައިގެން ގޮސް އޭނާގެ ބޯ ޖެހުނީ ކޮންކްރީޓް ގަނޑެއްގައި ކަމަށެވެ.
ނެދަލޭންޑްސް ސިންޓް މާޓެންގެ ގޮނޑުދޮށަކީ ޓޫރިސްޓުންގެ ގާތު ވަރަށް މަގްބޫލް ތަނެކެވެ. އެއާޕޯޓަށް ބޯޓުތައް ޖައްސަން ދަނީ ގޮނޑުދޮށާ ވަރަށް ތިރިންނެވެ. އެއާޕޯޓުގެ ރަންވޭ އޮންނަނީ މާހޯ ބީޗުގެ ފެންސުން ފެށިގެން 50 މީޓަރު (160 ފޫޓު) ދުރުގަ އެވެ. އެއާ ބްލާސްޓެއް ހިނގައިފާނެތީ ފެންސާ ކައިރި ނުވުމަށް ވަރަށް ގިނަ އިންޒާރުގެ ނޯޓިސްތައް ވަނީ ޖަހައިފަ އެވެ. އެކަމަކު އެ އިންޒާރުގެ ލިޔުންތަކަށް ބެލުމެއް ނެތި ވަރަށް ގިނަ ޓޫރިސްޓުން، ބޯޓު ޖައްސާއިރު ފެންސްގައި އެލިގަނެގެން ތިބޭ ވީޑިއޯތައް ވަނީ އޮންލައިންކޮށް ދައުރުވެފަ އެވެ. ބޯޓު ޖައްސާއިރު ފެންސްގައި ހިފަހައްޓައިގެން ތިބޭ މީހުންގެ ފައި ބިމުން ކަޓައިގެން ދެ އެވެ. ސިންޓް މާޓެންގެ ފުލުހުން ބުނީ ޓޫރިސްޓުން ފެންސްގައި ހިފަހައްޓައިގެން ނުތިބުމަށް ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
14 July 2017
ރަންކޮޅާ ތެދެއްތިބުނީ ! މީހަކު ގެއްލުނަސް، މަރުވިޔަސް އިދިކޮޅު ފަރާތުން އަޅުވާނީ ވެރިޔާގެ ބޮލުގަ ދުނިޔޭގެ ޤާނޫނު އެނގޭނަމަ
ބޭބެކާފަ
15 July 2017
އާނ މިރާއްޖޭގެ ތިޖޫރީވެސް ބުރައިގެން ދިޔަހިސާބެއް ނޭނގެ ކުޅުދުއްފުށި ބިއްލޫރި އެއާޕޯޓައް ޖައްސަނިކޮއް ވީގޮތެއް ތޯއްޗެޖ
އަން
14 July 2017
އަންހެނާގެ މައްސަލައެއް ނެތް. ނަމަވެސް މަރުގަޑި ޖެހުމުން މަރުވީ. އެކަމަކު އިންޒާރު ބޯޑެއް ނުން ބަހައްޓަންވީކީ. ވައިގެ ޕްރެޝަރ ފެތުރިގެންދާ ސަރަހައްދަށް އިންސާނަކަށް ކައިރިނުވެވޭގޮތަށް ފެންސުޖަހައި ބަންދުކުރަން އިލްތިމާސް ކުރަން.
ނުރައްކާ
13 July 2017
ތިއީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއޕޯރޓް ތަކުގެ ތެރޭގައި ހިމެނޭ އެއަރޕޯރޓެކެވެ. އިންޒާރުތަކަށް ބެލުމެއް ނެތި، އެ އަންހެން މީހާ ބޮނޑިބުއީ އަމިއްލަ އަށެވެ.
ޒާ
13 July 2017
ތީ މިގައުމުގައި ހިނގިކަމެއްނަމަ ކުށްވެރިވާނީ ބޯޑު ދުއްވި ޕައިލެޓް. އަދި އެކަމަށް އިދިކޮޅުފަރާތްތަކުން ނިކުންނާނެ އިންސާފު ހޯދައިދޭން.