ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ދަ ސިލްވާ. --ފޮޓޯ:އީޕީއޭ
20 ޖުލައި 2017 - 12:02
ރިއޯ ޑި ޖެނީރޯ (ޖުލައި 20) - ކޮރަޕްޝަނުގެ ކުށުގައި ޖަލަށްލާން ހުކުމްކޮށްފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ހުރިހާ މުދަލެއް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފި އެވެ.
ފަނޑިޔާރު ސާޖިއޯ މޮރޯ ވަނީ ލޫލާގެ ބޭންކް އެކައުންޓްތަކުން ފެނުނު 200،000 ޑޮލަރު ހިފެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ. މީގެ އިތުރުން ލޫލާގެ ނަމުގައި ހުރި ފްލެޓްތަކާއި ބިންތައް އަދި ކާރުތައް ވެސް ހިފެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކޮރަޕްޝަނުގެ ކުށުގައި ނުވަ އަހަރަށް ޖަލަށްލާން ލޫލާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ. އޭނާ ގެންދަވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ތައްޔާރުވަމުންނެވެ.
ލޫލާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލަގަނޑެއްގެ ރިޝްވަތުގެ ގޮތުގައި އެޕާޓްމަންޓެއް ދިން ކަމަށް ބުނާ މައްސަލަ އެވެ. ލޫލާ ވަނީ މި ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އަދި އެއީ ސިޔާސީ ގޮތުން އުފައްދާފައިވާ މައްސަލައެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިއީ ރައީސް ލޫލާގެ މައްޗަށް ތުހުމަތުކޮށްފައިވާ ފަސް ދައުވާގެ ތެރޭން ފުރަތަމަ މައްސަލަ އެވެ.
ލޫލާގެ މުދާތައް ހިފެހެއްޓި މައްސަލަ އިސްތިއުފާން ކުރެވޭނެ އެވެ. އެ މަރުހަލާ ނާކާމިޔާބުވެއްޖެ ނަމަ ހިފެހެއްޓި މުދާތައް ވިއްކާލާނެ އެވެ. އަދި ލިބޭ ފައިސާ ދޭނީ ކޮރަޕްޝަން ހިންގި ކަމަށް ބުނާ ގައުމީ ތެޔޮ ކުންފުންޏަށެވެ. ލޫލާގެ ބޭންކް އެކައުންޓްތަކާއި މުދާތަކުގެ އަގު 4.3 މިލިއަން ޑޮލަރަށް އަރާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ލޫލާ ވަނީ 2011 ވަނަ އަހަރާ ހަމައަށް ބްރެޒިލްގައި އަށް އަހަރު ވެރިކަން ކުރައްވައިފަ އެވެ. އަދި ވާތު ފިޔައިގެ ވޯކާސް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅު ކުރައްވައިފަ އެވެ.
މި މައްސަލައިގައި ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ލޫލާ އަށް ގާނޫނީ ހުރަހެއް ނެތެވެ. ކޯޓުން ވަނީ ލޫލާގެ މައްސަލަ އިސްތިއުނާފް ކުރަން ބޭނުންވާތީ ހުކުމް ތަންފީޒު ކުރުން ފަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
21 July 2017
ޔާމީނުގެ މުދާތައް ހިފަހައްޓާ ދުވަސް ވަރަށް ކައިރި ވެއްޖެ.
އަދީބް އެންޑް ސަފަރުކައްދަ
20 July 2017
ދެން އަންނަވެރީކަމެއްގައީ ޔާމީނައްވެސް މީހެން ވުމުގެ ފުރުސަތު ވަރައް ބޮޑުކަމައް ލަފާކުރެވޭ..
ޕްރިންސެސް
20 July 2017
އިންޝާ ﷲ މިދުވަސް މިހާރު ވެރިކަމުގައި އެތިބަ މީހުންނަށް އަންނާނެ..
އެމްއެމްޕީއާރުސީ
20 July 2017
ބްރޯގެ މުދާ އެކަންޏެއްނޫން ވަހީދޫ ޔާމީނު އޭބީ ގައްޔޫމުގެ މުދަލާއި ކާރުތަކާއި، އަނބިމީހާވެސް ހިފަހައްޓަންޖެހޭ ބްރޯއާ ހަމައަކުން އެކަމެއް ނުނިމެނޭ!
ވަހީދު
20 July 2017
ރާއްޖޭގެ ބްރޯގެ މުދާ ހިފަހައްޓައިފިއްޔާ ލޮލަށް ނިދި ނާއްނާނެ މީހުން ތިބޭނެ.